ޑޭޓިންގ އެޕްތައް މެދުވެރިކޮށް ފިރިހެނުން ހައްލާލައިގެން ގެންގޮސް ލަނޑުދޭ އަންހެނުންތަކެއް

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ މުމްބާއީގައި ޑޭޓިންގ އެޕްތައް މެދުވެރިކޮށް ފިރިހެނުން ހައްލާލައިގެން އަގުބޮޑު ރެސްޓޯރަންޓް ތަކަށް ގެންގޮސް އެމީހުންނަށް ލަނޑުދޭ އަންހެނުން ތަކެއްގެ މައްސަލަ ފެންމަތިވެ އެކަން ބަލަން ފަށައިފިއެވެ. މިމައްސަލަ ފުރަތަމަ ހާމަކޮށްފައިވަނީ ދީޕިކާ ނަރާޔަން ކިޔާ އެކްޓިވެސްޓެކެވެ.އޭނާ އެކްސްގައި ހާމަ ކޮށްފައިވާ ގޮތުގައި މިފަދަ އަންހެނުންގެ މަޅީގައިޖެހޭ ފިރިހެނުން ގެންދަނީ އަދޭރީ ވެސްޓްގައި ހުންނަ ”ގޯޑް ފާދާ ކްލަބް“ ކިޔާ ވަކި ރެސްޓޯރަންޓަކަށެވެ.އެތަނަށް ގެންދިއުމަށް ފަހު ފިރިހެން މީހާއަށް މެނޫ ދެއްކުމެއްނެތި ކާއެއްޗިއްސާ ޑްރިންކް ތަކަށް އޯޑަރު ދެއެވެ. މިތަކެއްޗަކީ އާދައިގެ ގޮތެއްގައި އެހާ އަގުބޮޑު ތަކެއްޗަށް ނުވި ނަމަވެސް މިފަދަ ޑޭޓް ތަކުގައި ގެންނަ ބިލަށް އޮންނަނީ ވިހި ހާހުން 60ހާހުން ފައިސާ އަރާފައެވެ.މިސާލަކަށް ފަސްހާސް ރުޕީސް އަށްދޭ ދެ ކޮކްޓެއިލް ޑްރިންކް ނެގި މީހެއްގެ ބިލަށްވެސް 61ހާސް ރުޕީސް އަރާފައި ވެއެވެ.


މި ސްކޭމްގައި މިހާތަނަށް ޖެހުނު މީހުންގެ ތެރެއިން 12 މީހަކުވަނީ މައުލޫމާތު ހިއްސާ ކޮށްފައެވެ.
މި ސްކޭމްގައި ބައިވެރިވާ އަންހެނުންގެ އަދަދު ސާފެއް ނޫނެވެ.ނަމަވެސް އެއް އަންހެނަކާ ދިމާވި ތިން މީހުން މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.
ސްކޭމް ޖައްސާ އަންހެނުން ފުރަތަމަ ”ޓިންޑާ“،“ބަމްބްލް“ ފަދަ ޑޭޓިން އެޕްތަކުން ފިރިހެނުންނަށް ”އެޕްރޯޗް“ ކުރެއެވެ. އަދި ބައްދަލް ކުރުމަށް ގަޑިއަކާ ތަނެއް ކަނޑައަޅައެވެ.ފުރަތަމަ ”ޕިއްޒާ އެކްސްޕްރެސް“ ނުވަތަ މެޓްރޯ ކަހަލަ އާދައިގެ ތަނަކުން ބައްދަލު ކުރުމަށް ފަހު ދެން ބައްދަލް ކުރާއިރު ބާ ތަކާ އަގުބޮޑު ރެސްޓޯރަންތަކަށް ގެންދެއެވެ.
ބޮޑެތި ބިލް ތަކަށް ފައިސާ ހޯދުމަށް ފަހު އަންހެންމީހާ އެތަނުން ފިލާ ކަމަށް ވެއެވެ.ފިރިހެނުން ބިލް ނުދައްކަން އުޅެފި ނަމަ އަންހެންމީގެ ފަރާތުން ބަޔަކު ނިކުމެ ފިރިހެން މީހާއަށް ތަޅާ އަނިޔާ ކުރާކަމަށް ވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ގޯޑްފާދާ ކްލަބް ކަހަލަ މަޝްހޫރު ރެސްޓޯރަންޓެއްގައި މިކަން ހިންގި ނަމަވެސް ސީދާ އެތަނުން މިކަމުގައި ބައިވެރިވާ ކަމަކަށް ނުބެލެވެއެވެ.މިއީ ”އިނޮސެންޓް“ ފިރިހެނުން މަޅީގައި ޖައްސާ ލޫޓުވާލުމަށް އެތައް ޕަބް ތަކެއް ގުޅިގެން ހިންގާ ސްކޭމް ނެޓްވާކް އެއްކަމަށާ ޚާއްސަކޮން މިމަސައްކަތަށް ވަޒީފާ ދީފައި ތިބޭ ބަޔަކުވެސް ތިބޭ ކަމަށް ވެއެވެ.
އެކްޓިވިސްޓް ދީޕިކާ ނަރާޔަން ގެ ޕޯސްޓަށް ކޮމެންޓް ކުރި މީހުން ބުނެފައިވާ ގޮތުގައި މިގޮތަށް ފިރިހެނުން މަޅީގައި ޖައްސާ ފައިސާކޮޅު އަތުލުމުގެ ސްކޭމްތައް މުޅިއިންޑިޔާގައިވެސް ކުރިޔަށް ދެއެވެ. މިގޮތުން ޑެލްހީ،ގުރުގާއުން،ބެންގަލޫރު އަދި ހައިދަރުއާބާދު ފަދަ ސްޓޭޓް ތަކުގައިވެސް މިކަން ހިންގައެވެ.
ޖޫންމަހު ސްކޭމްއެއްގައި ޖެހުނު މީހެއްގެ އަތުން ރެސްޓޯރަންޓް ބިލަކަށް 1.2ލައްކަ ރުޕީސް އަތުލައިގެންފައި ވާކަމަށް ވެއެވެ.
(ވިއޯން ޗެނެލް ރިޕޯޓް)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް