ޕޭވްމަންޓްގައި ހެދުނު ވަޅުގަނޑަކަށް ވެއްޓުނު އަންހެންމީހާ އަދިވެސް ނުފެނޭ

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި މަގެއްގެ ޕޭވްމަންޓްގެ ތަންޑަނޑެއް އަޑިޔަށް ގޮސް ހެދުނު ވަޅުގަނޑަކަށް އަންހެނަކު ވެއްޓުމާއި ގުޅިގެން އޭނާ ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރިޔަށް އެބަގެންދެއެވެ.
26 ފޫޓުގެ ފުން ވަޅުގަނޑަށް ވެއްޓިފައިވަނީ އުމުރުން 48 އަހަރުގެ އިންޑިޔާގެ ރައްޔިތެއް ކަމަށް ޚަބަރުލިބެއެވެ.ހުކުރު ދުވަހު މި ހާދިސާ ހިނގާފައިވަނީ ޖަލަން އިންޑިޔާ މަސްޖިދް ކިޔާސަރަހައްދުގައިވާ ބެންޗެއް ގައި އިދެފައި ތެދުވެ އޭނާ ހިނގައިގަތް ތަނާ ބިންމަތީގަ ބޮޑު ވަޅުގަނޑެއް ހެދިގެންކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.


އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ހަރުގަނޑުތަކާ އެހެނިހެން ސާމާނުހިފައިގެން ވަޅުގަނޑު ކައިރީ އުޅޭތަން ސޯޝަލް މީޑިޔާ ވީޑިއޯ ތަކުން ފެނެއެވެ.
އެހެން ނަމަވެސް ހޮނިހިރު ދުވަހު މެންދުރެއް ހާއިރުވީ އިރުވެސް އަންހެން މީހާ ގެ ނިޝާނެއް ފެންނަން ނެތް ކަމަށް ޚަބަރުލިބެއެވެ.


ކުއާލަލަންޕޫރު ފަޔާ އެންޑް ރެސްކިއުޑިޕާޓްމަންޓުން މައުލޫމާތު ދީފައިވާ ގޮތުގައި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ހުއްޓާނުލާ ކުރިޔަށް އެބަގެންދެއެވެ.އަދި އެކި އިދާރާތަކުން ޖުމްލަ ނުވަދިހައެއްހާ މީހުން މިމަސައްކަތުގައި މިހާރު ދަނީ ހަރަކާތްތެރި ވަމުން ކަމަށް ބުނެފައި ވެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި އެހިސާބުގެ ސީސީޓީވީ ފުޓޭޖް ބަލައިގެންނާއި މަންޒަރު ދުށް މީހުންގެ ހެކިބަހުން ކަންތައް ހިނގިގޮތް އިތުރަށް ދަނީ ސާފު ކުރަމުންނެވެ.
ޚަބަރުތައް ބުނާގޮތުން ބެލެވޭ ގޮތުގައި އަންހެންމީހާ ވަނީ ފަސްތައް ފައިބައިގަތް ވަގުތު ވަޅުލެވިފައެވެ.ނަމަވެސް އޭނާ ފެންނަންދެން މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.
އަންހެންމީހާ ވެއްޓުނު ފަދަ ”ސިންކް ހޯލް“ތައް ހެދެނީ ބިމުއަޑީގެ ފެންގަނޑަށް އަންނަ ބަދަލެއްގެ ސަބަބުން ވެލިގަނޑު ދަމައިގަނެ ހުސްޖާގަ ހެދުމުގެ ސަބަބުންނެވެ.
2010 ވަނަ އަހަރު ކެނެޑާގެ މޮންޓްރިއޯލްގައި ގެއެއް އެއްކޮން ވެއްޓޭވަރުގެ ބޮޑުވަޅުގަނޑެއް ހެދި، ގެ އަޑިޔަށް ދިއުމާއި ގުޅިގެން ހަތަރުމީހުންގެ އާއިލާއެއް އެއްކޮން މަރުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް