ޕާކިސްތާންގެ ޕާލަމެންޓް އިމާރާތުގައި ބުޅާ ބިރުގަންނަވަރު ބޮޑެތި މީދާ

Loading

Facebook
Twitter
WhatsApp

ޕާކިސްތާންގެ ޕާލަމެންޓަށް އައު މައްސަލައެއް ކުރިމަތި ވެއްޖެއެވެ.ނަމަވެސް އެއީ ސިޔާސީ މައްސަލަ އެއްނޫނެވެ.
އެ މައްސަލަ އަކީ މީދަލުގެ އުނދަގުލެވެ.ވަރަށް ބޮޑެތި މީދަލެވެ.އެގޮތުން އެތަނުގައި އުޅޭ ބައެއް މީދާ ސައިޒުން ބޮޑުކަމުން ބުޅާވެސް ބިރުގަންނަވަރުވާ ކަމަށް ބީބީސީ އަށް މައުލޫމާތު ދިން އެތަނުގެ އޮފިޝަލަކު ބުނެފައި ވެއެވެ.


މައްސަލަ މިހިސާބަށް ހިގައްޖެކަން ހާމަވެފައިވަނީ ކުރީގެ ބައްދަލުވުން ތަކެއްގެ ރިކޯޑްތައް ބެލުމަށް ކޮމިޓީ އަކުން އެދުނު ހިސާބުންނެވެ.މިގޮތުން 2008ން ފެށިގެން ބޭއްވުނު ބައެއް ބައްދަލުވުންތަކުގެ ރިކޯޑްތައް ގެނެވުނުއިރު ފައިލްތައް ވަނީ މީދާ ވަރަށް ބޮޑަށް ކައިފަކަން ވަނީ ހާމަވެފައެވެ.
މަޖިލީސް ކުރާގޭގައި މީދަލުގެ އުނދަގޫ ބޮޑުވެގެންގޮސް މިހާރުވަނީ މީދާނައްތާލުމަށް 1.2މިލިއަން ރުޕީސްގެ ބަޖެޓެއް ކަނޑައަޅާފައެވެ.
މީދާ އެންމެ ގިނައިން އުޅެނީ އިމާރާތުގެ ފުރަތަމަ ފަންގިފާގައެވެ. މިތަނަކީ ސެނެޓްގެ އިދިކޮޅު ލީޑަރުގެ އޮފީހުގެ އިތުރުން ސިޔާސީ ޕާޓީ ތަކުގެ ބައްދަލްވުންތަކާ އަދި ސްޓޭންޑިންގ ކޮމިޓީ ތަކުގެ ބައްދަލްވުންތައް ބާއްވާތަނެވެ. މީގެ އިތުރުން ކެއުމުގެ ޚިދުމަތްދޭ ހޯލް ވެސް ހުންނަނީ ފުރަތަމަ ފަންގިފިލާގައެވެ.


މަޖިލީސް އިމާރާތުގަ އުޅޭ މީދާތައް އާންމުކޮން ދުވާލު ގަޑީގައި ނިކުމެ ނޫޅޭ ކަމަށް ވެއެވެ.ހަވީރު އެންމެން ދިއުމުން މީދާތައް މުޅިތަނުގައި މެރަތަން ދުވާ ގޮތަށް ދުވާ ކަމަށް އޮފިޝަލް ބުނެފައި ވެއެވެ.ތަނުގެ މުވައްޒަފުން މިހާރު މީދަލަށް ހޭނިފައިވާ ކަމަށާ ނަމަވެސް އަލަށް އެތަނަށް ދާމީހުން ބިރުން އުޅޭ ކަމަށްވެސް އޮފިޝަލް މައުލޫމާތު ދީފައި ވެއެވެ.
ޕާކިސްތާންގެ މަޖިލީސް އިމާރާތުން މީދާ ނައްތާލަދޭނެ ފަރާތެއް ހޯދުމަށް މިހާރުވަނީ ނޫސްތަކުގައި އިޝްތިހާރު ޖަހާފައެވެ. ނަމަވެސް މިކަމަށް އަދި ކުރިމަތިލީ އެންމެ ދެފަރާތުން ކަމަށް ޚަބަރުތައް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް