ބުޅާމަސް އަޅައިގެން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް މަރައިގެން އޭގެ މަސްއަޅައިގެން ކާއެއްޗެހި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާންކޮށްފި އެވެ.

މިކަމުގެ ތުހުމަތުގައި އިމިގރޭޝަނުން ހޯދަން އިއުލާންކޮށްފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްް ކަަމަށްވާ،ބަންގްލަދޭޝް އަށް ނިސްބަތްވާ އަރްފާތް ހޮސެއިން 32އ، އެވެ.

އެނގިފައިވާ ގޮތުގައި އެ ބިދޭސީމީހާ ހޯދަން އިއުލާނުކޮށްފައި ވަނީ މާލޭގައި އުޅޭ ބުޅާތައް މަރައިގެން ކާނާ ތައްޔާރު ކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.

އެހެންކަމުން އިމިގްރޭޝަނުން ވަނީ 5 ދުވަހުގެ ތެރޭގައި އޭނާ އެ އިދާރާއަށް ހާޒިރުވުމަށް އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން އެ ބިދޭސީ މީހާ މޭރީ ބްރައުން ސަރަހައްދުގައި ޕްލާސްޓިކް ކޮތަޅުތަކެއް ހިފައިގެން ހުންނަ މަންޒަރު ވަނީ އާންމުވެފައެވެ. އަދި އެއީ ކީއްކުރާ ކޮތަޅުތަކެއްތޯ ދިވެއްސަކު ސުވާލުކުރުމުން އެއީ ބުޅާ ހިފައިގެން ގެއަށްގެންދަން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ބިދޭސީ މީހާ ދިރިއުޅޭގޭގެ ކައިރީ ދިރިއުޅޭ ފަރާތްތަކާ ހަވާލާދީ ދިވެހި މީހާ ބުނީ ބުޅާ ރޯ އަޑު އެގޭތެރެއިން އިވޭ ކަމަށާއި އެގޭ ތެރެއިން ބުޅަލުގެ އެކި ގުނަވަންތައް ފެނިފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް