އެއްމާބަނޑު ދެބެންގެ އުފަން ސެޓްފިކެޓް ހަދަން ގޮސްހުއްޓާ ދެކުދިން ޝަހީދު ކޮށްލައިފި

Loading

Facebook
Twitter
WhatsApp

ޣައްޒާ އަށް އިސްރާއިލުން ދިން އިތުރު ވައިގެ ހަމަލާއެއްގައި މަރުވި މީހުންގެތެރޭގައި އަލަށް އުފަންވެފައިވާ އެއްމާބަނޑު ދެބެން ހިމެނިއްޖެ އެވެ.އިސްރާއިލް އަސްކަރިއްޔާގެ އެންމެ ފަހުގެ ހަމަލާ ދިންއިރު ދެކުދިންގެ ބައްޕަ ހުރީ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލޯކަލް ގަވަންމަންޓް އޮފީހަށް ގޮހެވެ.

އުމުރުން އެންމެ ހަތަރު ދުވަސް ވެފައިވާ އައްސަރު ގެ ނަމުން ނަންދީފައިވާ ފިރިހެން ކުއްޖަކާ އައިސެލް ގެ ނަމުން ނަންދީފައިވާ އަންހެން ކުއްޖާ އާއި އެކު އޭނާގެ މަންމައާއި މާމަވެސް ވަނީ މިހަމަލާގައި މަރުވެފައެވެ.

އެއްތަނުން އަނެއް ތަނަށް ބަދަލުވަމުން އައި މިއާއިލާއިން އުޅެމުން އައީ ވަރަށް ދަތި ހާލުގައި ކަމަށް ޚަބަރުތައް ބުނެއެވެ. އެންމެ ފަހުން އުޅެމުން އައީ ދައިރް އަލް ބަލާހް ގައެވެ. މިހިތާމަވެރި ޚަބަރު ލިބުމާއިއެކު ކުދިންގެ ބައްޕަ މުހައްމަދު އަބޫ އަލް ގުމްސަން ބުނީ ދެބެން ލިބިގެން އުފާފާޅުކުރުމުގެ ހަރަކާތެއްވެސް އަދި މިއުޅުނީ ނުބޭއްވިގެން ކަމުގައެވެ. ކުދިން ނާއި އާއިލާގެ މީހުން މަރުވާން ދިމާވިގޮތުގެ މައުލޫމާތެއް ނެތްކަމަށާ ޚަބަރުލިބެނީ އެމީހުން ހިޔާވަހިކަން ހޯދަމުން ދިޔަ ގެޔަށް ބޮންއެޅީކަމަށް ރޮވިފައިހުރެ އޭނާ ބުނެފައިވެއެވެ.

މިހަމަލާއާބެހޭ ގޮތުން ކޮމެންޓެއް ހޯދުމަށް ނޫސްޗެނެލް ތަކުން މަސައްކަތް ކުރިނަމަވެސް އިސްރާއިލުން އަދި އެއްޗެއް ނުބުނެއެވެ.

ހަމާސް ޖަމާއަތުން ހިންގާ ޣައްޒާގެ ހެލްތުމިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ހަނގުރާމައިގައި މިހާތަނަށް އަލަށް އުފަންވެފައިވާ 115 ކުދިން ވަނީ ޝަހީދު ވެފައެވެ.

އޭޕީ ނިއުސް އެޖެންސީން މައުލޫމާތުދޭ ގޮތުގައި އިސްރާއިލް-ޣައްޒާ ހަނގުރާމައިގެ ކުރީކޮޅު ޣައްޒާސިޓީ ހުސްކުރުމަށް އެންގިއެންގުމާއިގުޅިގެން މުހައްމަދުގެ އާއިލާއިން އައީ އެހެންވެސް އާއިލާތަކެކޭ އެއްފަދައިން އެއްތަނުން އަނެއްތަނަށް ބަދަލު ވަމުންނެވެ.

ޣައްޒާގެ އާންމު ރައްޔިތުން ވަކިތަނަކަށް ބަދަލުވުމަށް އެންގުމަށްފަހު އެފަދަ ޝެލްޓަރ ތަކަށް ބޮންއަޅާ ގިނަބަޔަކު ޝަހީދުކޮށްލުމަކީނަ ދުވަހު އިސްރާއިލް-ޣައްޒާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 39،700އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

ޣައްޒާގެ އާންމު ރައްޔިތުން ވަކިތަނަކަށް ބަދަލުވުމަށް އެންގުމަށްފަހު އެފަދަ ޝެލްޓަރ ތަކަށް ބޮންއަޅާ ގިނަބަޔަކު ޝަހީދުކޮށްލުމަކީ އިސްރާއިލް އަސްކަރިއްޔާއިން އާންމުކޮން ހިންގާ ޖަރީމާއެކެވެ.  

ހޮނިހިރު ދުވަހުވެސް ޣައްޒާ ސިޓީގެ ސްކޫލް އިމާރާތަކަށް އިސްރާއިލުން ބޮން އެޅުމުގެ ސަބަބުން 70އަށް ވުރެ ގިނަމީހުން ވަނީ މަރުވެފައެވެ.
އިސްރާއިލްގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެސްކޫލަކީ ހަމާސް ޖަމާއަތާ އަދި އިސްލާމިކް ޖިހާދުގެ މިލިޓަރީ ގޮފިން ގަވާއިދުން ހަރަކާތްތަކެއް ހިންގަމުން އައި ތަނެއް ކަމުގައެވެ.
އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއިލް-ޣައްޒާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 39،700އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް