ވީޑިއޯ ހަދަން އުޅެނިކޮން ގެނބިގެން 7 ޒުވާނުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ރާޖަސްތާންގައި، ވެހެމުން ދިޔަ ބޯވާރޭގައި ކޯރަކަށް އެރި ފަތަމުން ވީޑިއޯ ނަގަން އުޅުމުގެ ތެރޭގައި ގެނބިގެން 7 ޒުވާނުން މަރުވެއްޖެ އެވެ.މިހާދިސާ ހިނގާފައިވަނީ ރާޖަސްތާންގެ ޝްރީނަގަރު ކޯރުގައި ކަމަށްވެއެވެ.

މިދުވަސްކޮޅު އެހިސާބަށްވެސް މޫސުންގޯސްވެ ބޯކޮން ވާރޭ ވެހެމުން ދިއުމާއިއެކު ކޯރުގެ ފެންގަނޑު ވަނީ ވަރަށް ބޮޑަށް އުފުލިފަ ކަމަށް ޚަބަރުތައް ބުނެއެވެ.

ޕީޓީއައި އާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ހާދިސާ ހިނގި އާދީއްތަ ދުވަހު އެހިސާބަށް އެރިފައި ވަނީ 8 ޒުވާނުންނެވެ.މީގެ ތެރޭގައި ދެބެންގެ ދެދަރި ތިން ކުދިންވެސް ހިމެނެއެވެ.ފަތަން ދިޔަ އަށް ޒުވާނުންގެ ތެރެއިން ސަލާމަތް ވެފައި ވަނީ އެންމެ ކުއްޖެކެވެ.އޭނާ ސަލާމަތް ވުމާއެކު އަވަށަށް ގޮސް އާއިލާތަކަށާ ފުލުހުންނަށް މައުލޫމާތު ދިނެވެ.އެއާއެކު އަވަށުމީހުންގެ އެހީތެރިކަމާއެކު ހަށިތައް ހޯދާ އެއްގަމަށް ގެނެސްފައި ވެއެވެ.

މިހާދިސާގައި މަރުވެފައިވަނީ 16 އަހަރާއި 22 އަހަރާ ދެމެދުގެ ހަތް ޒުވާނުންނެވެ.

އިންޑިޔާގެ ޖައިޕޫރުގައިވެސް ހަމަ އެދުވަހު ފެން ޖަމާކުރާ ޑޭމް އަކަށް އެރުނު ފަސް މީހުން އޮއިގައި ޖެހި ދަމައިގަނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް