އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރު ބޮޑުވުމާއި ގުޅިގެން ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޙް ހަސީނާ މަގާމުން އިސްތިއުފާދެއްވާ ގައުމު ދޫކުރައްވާ ފުރާވަޑައިގެންފިއެވެ.ޚަބަރު ލިބޭ ގޮތުގައި މުޒާހަރާކުރަމުން އައި ފަރާތްތަކުން ވަނީ ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެގަނެފައެވެ.އަދި ބައެއް ތަންތަނާ ތަކެއްޗަށް ގެއްލުން ދޭންވަނީ ފަށާފައެވެ.
އިދިކޮޅު ފަރާތްތަކުން ގަނޑުވަރާ ހަމަޔަށް ފޯރުމުގެ ކުރިން ޝޭޙް ހަސީނާއާއި އަރިސް ބައެއް ބޭފުޅުން ވަނީ ރައްކާތެރި ތަނަކަށް ބަދަލު ކޮށްފައެވެ.އަދި ފަހުން ވަނީ ހެލިކޮޕްޓަރެއްގައި އިންޑިޔާގެ އަގަރުތާލާ ކިޔާ ސިޓީ އަށް ވަޑައިގަތުމަށް ދަތުރު ފައްޓަވާފައެވެ.
ޝެއިޚް ހަސީނާގެ އިސްތިއުފާއާއި ގުޅިގެން ބަންގްލާދޭޝްގެ އާމީ ޗީފް ވަނީ ގައުމާ މުޚާތަބް ކުރެއްވުމަށް ހަމަޖެހިފައެވެ. ނަމަވެސް މިކަން ލަސްވަމުން ދާކަމަށް ޚަބަރުލިބެއެވެ.
ޝެއިޚް ހަސީނާ ގެ އިސްތިއުފާއަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން ގެންދާތާ ދެހަފްތާއެއްހާދުވަސްވަނީ ވެފައެވެ. މިމުޒާހަރާ ތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 280އަށް ވުރެގިނަ މީހުން ވަނީ މަރުވެފައެވެ