ބަންގްލާދޭޝްގައި އިދިކޮޅުފަރާތްތަކުން ކުރަމުން އައި މުޒާހަރާތައް އަދިވެސް ކުރިޔަށް ގެންދާއިރު ، އާދީއްތަ ދުވަހު ސަރުކާރު ހިންގާޕާޓީ އަވާމީ ލީގުން ވެސް އޮތީ މުޒާހަރާތަކެއް ކުރާ ގޮތަށެވެ.އެހެން ކަމުން މަޝްރަޚް އޮތީ ވަރަށް ވެސް ހޫނުވެފައެވެ.
ވަޒީފާގެ ކޯޓާ ގެންގުޅޭތީ އެކަމާ ދެކޮޅުހަދާ ކިޔަވާކުދިން ފެށިމުޒާހަރާތައް ވަނީ ފުޅާވެގެން ގޮސްފައެވެ.އަދި ދުއިސައްތަޔަށް ވުރެގިނަ މީހުން ވަނީ މަރުވެފައެވެ.
މުޒާހަރާތައް މައިތިރިކުރުމަށް ސިފައިން ނިކުމެވަނީ ކިޔަވާކުދިންނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައެވެ. އަދި ފާއިތުވި ދެހަފްތާތެރޭ ދިހަ ހާހެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެތެރޭގައި ހިމެނެނީ އިދިކޮޅު ލީޑަރުންނާއި ކިޔަވާކުދިންނެވެ.
ސަރުކާރާ އިދިކޮޅު މުޒާހަރާތައް އިންތިޒާމްކުރާ ފަރާތްތަކުން ދަނީ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާދެއްވުމަށް ގޮވާލައްވަމުންނެވެ. އަދި އާދީއްތަދުވަހުން ފެށިގެން ފުޅާ ދާއިރާއެއްގައި މަދަނީ ބަސްނޭހުމުގެ ހަރަކާތެއް ކުރިޔަށް ގެންދާނެ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.އަދި ޓެކްސް ނުދެއްކުމަށާ އެއްވެސް ޔުޓިލިޓީ ބިލެއް ވެސް ނުދެއްކުމަށް އާންމުންނަށް ދަނީ އަންގަމުންނެވެ.މީގެ އިތުރުން ކިޔަވާކުދިން ވަނީ ހުރިހާ ފެކްޓަރީތައްވެސް ބަންދުކޮށް އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލުމަށް ގޮވާލާފައެވެ.
އިދިކޮޅުގެ ހަރަކާތްތައް މިހެން ހުރިއިރު، އަވާމީލީގުން އިންތިޒާމްކޮށްގެން އާދީއްތަދުވަހު ވަނީ އެއްވުންތަކެއްބާއްވަން ފަށާފައެވެ. މިއާއެކު ހަރުކަށި ހަރަކާތްތައް އިތުރުވެގެންދާނެކަމަށް ދަނީ ބެލެމުންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވުމުން އެކަނިވެސް ނުފުދޭނެ ކަމަށާ މަރުވި ކިޔަވާކުދިންގެ މަރަށް އިންސާފުވެސް ލިބެމްޖެހޭނެ ކަމަށެވެ.
ޝެއިޚް ހަސީނާ ހަތަރުވަނަ ދައުރަކަށް ހޮވިފައިވަނީ މިއަހަރުގެ ޖެނުއަރީމަހު ބޭއްވި އިންތިޚާބުންނެވެ. މިއިންތިޚާބް އިދިކޮޅުން އޮތީ ބޯއިކޮޓް ކޮށްފައެވެ.
ބަންގްލޭދޭޝް މީޑިޔާ ބުނެފައިވާ ގޮތުގައި މަރުވި ގިނަ މީހުން މަރުވެފައިވަނީ ފުލުހުން ބަޑިޖެހުމުގެ ސަބަބުންނެވެ.މިކަމާ އިދިކޮޅު ފަރާތްތަކުން ތިބީ ވަރަށް ރުޅިގަދަވެފައެވެ.
އިދިކޮޅު މުޒާހަރާތައް ފެށުނީ 1971ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ބައިވެރިވި މީހުންގެ އާއިލާތަކަށް ގިނަ ވަޒީފާތަކެއް ބަހައްޓާ ގޮތަށް އޮންނަ އޮތުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. މުޒާހަރާތަކުގައި އެތައް ޕޮލިސް ސްޓޭޝަން އަކާ ސަރުކާރުގެ އިމާރާތް ތަކެއްގައިވަނީ ރޯކޮށްފައެވެ. މިއާގުޅިގެން ”ޝޫޓް އޮން ސައިޓް“ ނުވަތަ ފެންނަ އިރަށް ބަޑިޖެހުމަށް އަމުރުކޮށް ސިފައިންވަނީ ނެރެފައެވެ.
One Response
މިއޮށް އަނގައެއް ބަލާބަލަ