ފަސްހާސް ކިލޯމީޓަރު ދުރުގައި ސާޖަން ހުރެގެން ފުއްޕާމޭގެ ޓިއުމަރު ނެގުމުގެ އޮޕަރޭޝަނެއްކޮށްފި  

Loading

Facebook
Twitter
WhatsApp

ޗައިނާގެ ހޮސްޕިޓަލެއްގައި އޮޕަރޭޝަން ކުރެވުނު ޕޭޝަންޓާއި 5000ކިލޯމީޓަރު ދުރުގައި ސާޖަން ހުރެގެން ފުއްޕާމޭގެ ޓިއުމަރެއް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއްކޮށް ޚާއްސަ ރެކޯޑެއް ގާއިމް ކޮށްފިއެވެ.

އައު ޓެކްނޮލޮޖީ އާއި އަދި ރިސަރޗްގެ މައްޗަށް ބިނާކޮށް ޑޮކްޓަރުން ވަނީ މި އޮޕަރޭޝަން ކުރުމަށް ޚާއްސަ މެޝިނެއް ބޭނުންކޮށްފައެވެ. އަދި މި މެޝިން ބޭނުން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ މާދުރުގަ،ޝަންގހާއީގައި ހުރި ސަރޖަންއެކެވެ.ގަޑިއެއްހާއިރުން ފުރިހަމަ ކޮށްލެވުނު މިސަރޖަރީގެ ވީޑިއޯ އެއް މިހާރު ސޯޝަލް މީޑިޔާގައި ދައުރު ކުރަމުން ދާކަމަށް ވެއެވެ.އަދި އެކިފަރާތްތަކުން ދަނީ ވީޑިއޯއަށް ކޮމެންޓް ކުރަމުންނެވެ.

އޮޕަރޭޝަން ކުރި ޑޮކްޓަރު ޝަންގހާއީގައި ހުރި އިރު ބަލިމީހާ އޮތީ ޗައިނާގެ އަނެއްފަޅީގައިވާ ކަޝްގަރު ކިޔާ ހިސާބެއްގައެވެ.އޮޕަރޭޝަން ކުރުމުގައި ބޭނުންކުރި ޚާއްސަ މެޝިން ނުވަތަ ސަރޖިކަލް ރޯބޮޓް ބޭނުންކޮށްފައިވަނީ،ޓީމްގެ އެހީތެރިކަމާއެކު ރިމޯޓް ބޭނުން ކޮށްގެންނެވެ.

މި ޚާއްސަ ކާމިޔާބީ ހޯދާފައިވަނީ ޝެންގހާއީގެ ޗެސްޓް ހޮސްޕިޓަލުންނެވެ.

މި ކާމިޔާބީއަށްފަހު އިސް ސަރޖަން ޑރ.ލުއޯ ބުނެފައިވާ ގޮތުގައި ދުރު، ރަށްފުށުގެ ހިސާބުތަކުގައިވެސް ކާމިޔާބު ކަމާއެކު މިފަދަ ސަރޖަރީތައް ހެދުމުގައި އެގައުމުގައި އުފައްދާފައިވާ ސަރޖިކަލް ރޯބޮޓްތައް ކާމިޔާބު ކަމާއެކު ބޭނުން ކުރެވޭނެކަން މިކަމުން ވަނީ ހާމަވެގެން ގޮސްފައެވެ.އަދި މިއީ މިހާރު އަހަރުމެންނާއި އަރާ ހަމަވެފައިވާ ސަރޖަރީގެ މުސްތަގްބަލް ކަމަށް އޭނާ ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް