އޮލިމްޕިކްސް މުބާރާތް ހުޅުވުމާއި ދިމާކޮށް ޕްރާންސްގެ ރޭލު ނިޒާމަށް ބަޔަކު ގެއްލުންތަކެއް ދީފި

Loading

Facebook
Twitter
WhatsApp

ޕެރިހުގައި ހުކުރު ދުވަހު ރަސްމީކޮށް ފަށާގޮތަށް އޮތް އޮލިމްޕިކްސް މުބާރާތުގެ އޯޕަނިންގ ސެރެމަނީއާ ދިމާކޮށް އެ ގައުމުގެ ހައިސްޕީޑް ރޭލު ނެޓްވަރކަށް ބަޔަކު ހަމަލާތަކެއް ދިނުމުގެ ސަބަބުން ދަތުރުތައް ހުއްޓިއްޖެއެވެ. ރޭލްވޭ ނިޒާމް ހިންގާ ފަރާތުން ބުނެފައިވާ ގޮތުގައި ނިޒާމަށް ގެއްލުން ދިނުމަށް ބަޔަކު ގަސްތުގައި އެކި ތައްތަނެއްގައި ރޯކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން އަށް ލައްކައެއްހާ ދަތުރުވެރިން ގެ ދަތުރު ތަކަށް ވަނީ ބުރޫއަރާ ސްޓޭޝަން ތަކުގައި މީހުން ފުނިޖެހޭ ގޮތް ވެފައެވެ.

ޔޫކޭ އާއި ފްރާންސްއާ ދެމެދުގެ ދަތުރުތަކަށް އަދިވެސް ބުރޫ އަރާނެ ކަމަށް ބަލާ ޔޫރޯސްޓާރ އިން މިހާރު ދަނީ ދަތުރު ފަސްކުރުމަށް ނުވަތަ ކެންސަލް ކުރުމަށް ގޮވާލަމުންނެވެ.

އޮލިމްޕިކްސް މުބާރާތުގެ ބައެއް ކުޅިވަރުތައް 24 ވަނަ ދުވަހު ފެށިފައިވީ ނަމަވެސް މުބާރާތް ރަސްމީކޮށް ހުޅުވާގޮތަށް އޮތީ ހުކުރު ދުވަހުއެވެ.

އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި އޮލިމްޕިކްސްގެ އެތުލީޓުންގެ ކެއުމުގެ ޚިދުމަތަށް ވެސް ވަނީ ބުރޫއަރާ ގޮތް ވެފައެވެ. މިގޮތުން ބިހާ އެއްގަމު މަސްފަދަ ޕްރޯޓީން ލިބިދޭ ކެއުމުގެ ބައެއް ބާވަތްތައް ލިބުގައި ދަތިތަކެއް އުޅޭތީ މި ތަކެތި ކޮންޓްރޯލްކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

އެތުލީޓުންގެ ކެއުމާއި ހަވާލުވެފައިވާ ފަރާތުން ބުނެފައިވާ ގޮތުގައި ބައެއް ބާވަތްތަކަށް އޮތް ޑިމާންޑް އިތުރު ވެފައިވާތީ ސަޕްލައި މަދުވެފައި ވަނީ އެވެ. އަދި ސްޓޮކް އާ ކުރާނެ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

އޮލިމްޕިކްސް ގޭމްސް ކުރިޔަށް ދާއިރު ދުވާލަކު 13 މިލިއަނެއްހާ ކެއުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ ގޭމްސްގައި 208 ގައުމަކުންނާއި ޓެރިޓަރީއަކުން 15 ހާސް އެތުލީޓުން ވާދަ ކުރެއެވެ. މި އެންމެންގެ އިތުރުން އޮފިޝަލުންނާއި ވޮލަންޓިއަރުން ނަށް ކެއުމުގެ ކަންތައް ހަމަޖެއްސުމަކީ ކުޑަކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް ފަރަންސޭސި، އޭޝިއަން،އެފްރިކަން،ކެރީބިއަން އަދި ވަރލްޑް ކުޒީން އަށް ފެތޭ 500 ތަފާތު ރެސިޕީއަށް ކެއުން ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް ވަނީ ހަމަ ޖެހިފައެވެ

Loading

One Response

  1. ތިއީ ޖާސޫސްކުރަން އައިމީހުން ފޮނުވާލީމާ އެމީހުނަށް ތާއިދުކުރާ ނިރުބަވެރި މީހުންގެ ޢަމަލަކަށް ވާނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް