ރައީސް ޓްރަމްޕަށް ދިން ހަމަލާގެ ފަހަތުގައި ''އެފްބީއައި'' ތަ ؟

Loading

Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސްގެ ކުއްލި ޚަބަރުގައި ސޯޝަލް މީޑިއާގެ ޕޯސްޓްތަކަށް ބެލުމަށްފަހު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ޕެންސިލްވާނިޔާގައި ދިން ހަމަލާއާއި އެފްބީއައިގެ އެސިސްޓެންޓް ޑިރެކްޓަރ ޖަނީން ޑިގިސިއްޕީ ގެ ބައިވެރިވުމެއް އޮތްތޯ ސުވާލު އުފައްދައިފިއެވެ.

އެ ހާދިސާގެ ވަގުތުގައި ޑޮނާލްޑް ޓްރަމްޕުގެ ފަހަތުގައި އިނީ ޖަނީން ޑިގިސިއްފީކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެފް ބީ އައި އިން ބުނަމުން ގެންދަނީ އެ އަންހެންމީހާގެ މޫނު ޖަނީންއާއި ތަފާތު ކަމަށެވެ. އަދި ޖަނީން ޑިގިސިއްޕޭއަށް އަޅުވާފައިވަނީ ދޮގު އިލްޒާމެއް ކަމަށާއި އެކަމަނާ އެ ބައްދަލުވުމުގައި ބައިވެރިވެސް ނުވާކަމަށެވެ.

އެފްބީއައި އިން އިތުރަށް ބުނެފައިވަނީ މިބާވަތުގެ ދޮގު އިލްޒާމް އެޅުވުމުން އެމީހަކަށާއި އެމީހެއްގެ އާއިލާއަށް ނުރައްކަލާ ކުރިމަތިލާން ޖެހުމަކީވެސް ނުވެ ނުދާނެކަމެކެވެ. އެފްބީއައި އިން ހާމަކޮށްފައިވާ ގޮތުގައި އެ ޖަލްސާއަށް އެކަމަނާ ނުދެއެވެ.

އަދި އެ ދުވަހު އެކަމަނާ ޕެންސިލްވާނިޔާގައި ނުވެސް އުޅޭނެއެވެ. މިއަށްވުރެން އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

އެސޯޝިއޭޓެޑް ޕްރެސްގެ ކުއްލިޚަބަރަށް ކޮމެންޓް ކޮށްފާހުރި ބައެއް މީހުން ބުނެފައިވަނީ އެ ހަމަލާދިން ވަގުތު ޓްރަމްޕް ފަހަތުގައި އިނީ ޖެނީންކަން ކަށަވަރު ކުރެވޭ ކަމަށާއި އެފް ބީ އައި އިން އެހެންގޮތަކަށް ބުނާއިރު އެއީ ދެން ކާކުކަން ބުނެނުދެވިގެން އުޅޭ ސަބަބެއް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ.

މީޑިއާއަށް ތިލަވެފައިވާ ވީޑިއޯ ބެލި ގިނަ ބަޔަކު ބުނެފައިވަނީ ޓްރަމްޕުގެ ފަހަތުގައި އިނީ އެފް ބީ އައި ގެ އެސިސްޓެންޓް ޑިރެކްޓަރ ޖަނީން ޑިގިސިއްޕޭ ކަމަށާއި އެ ކަމަނާގެންދިޔައީ ޓްރަމްޕަށް ހަމަލާދިން މީހާއަށް ހަދަންވީގޮތް އަންގަމުން ކަމަށެވެ. އެކްސް ގައި ހުރި ޕޯސްޓުތަކުގައި ޓްރަމްޕުގެ ފަހަތުގައި ލޯކަޅު އަވި އައިނަކާއި އަދި ކަޅުކުލައިގެ ތޮތްޕެއް އަޅައިގެން އިން އަންހެންމީހާއާއި ޖަނީން ޑިގިސިއްޕޭގެ ތަފާތެއް ހުރިތޯވެސް އަޅާކިޔާފައިހުރި ކަމަށް ވެއެވެ.

ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ސޯޝަލް މީޑިއާއަށް އެ ވީޑިއޯ އެންމެ ފުރަތަމަ ތިލަކޮށްލާފައިވަނީ ކިޔޫ އޭ-ނޮން ޕްރޮމޯޓިން ސޯޝަލް މީޑިއާ އިން “ ޑޮމް ލޫކަރ “ ގެ ވަގުންނަން ބެނުންކުރާ އެކައުންޓަކުން ކަމަށާއި އެ އެކައުންޓުން ދޮގު މައުލޫމާތާއި ކުޑަކުދިންގެ ނުރަނގަޅު ފޮޓޯ އާންމު ކުރުމުގެ ސަބަބުން އެކްސް އިން މީގެ ކުރިންވެސް ބޭރުކޮށްފައިވާ ކަމަށެވެ. އޭގެ ހަފުތާއެއް ފަހުންވެސް ބައެއް ދޮގު މައުލޫމާތު ފަތުރާ މީޑިއާތަކުންވެސް އެކްސްގައި އެ ވީޑިއޯ ޝާއިއު ކޮށްފައި ވެއެވެ.

އެހެން ޕޯސްޓެއްގައި ބުނެފައިވަނީ ނިއު ޔޯރކުގެ އަލްބޭނީގައި އެފް ބީ އައި ގެ ފީލްޑް އޮފީސް ގައި އިސްކޮށް ހަރަކާތްތެރި ވުމާ ގުޅިގެން 2023 ގައި ޖަނީން ޑިގިސިއްޕޭއަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަމަށާއި އެކަން “ އެކަމަނާއަށް އެނގޭ “ ކަމަށެވެ. އަދި އެހެން ޕޯސްޓެއްގައި އެކަމަނާއަކީ ހުރިގޮތަށްހުރި ދޮގުވެރިއެއްކަމަށްވެސް ބުނެފައި ވެއެވެ.

ކުރީގެ ރައީސް ޓްރަމްޕަށް ހަމަލާދިނީ ތޯމަސް މެތިއު ކްރޫކްސް ކަން އެފް ބީ އައި އިން ވަނީ ކަށަވަރު ކޮށްދީފައެވެ. ތަހްގީގަށް މިހާތަނަށް ހާމަވެފައިވާގޮތުގައި އޭނާގެ ހަމަލާއަކީ އޭނާގެ ފަރުދީ ހަމަލާއެކެވެ. އެހެން އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތެވެ.
އެ ވީޑިއޯގައި އިޝާރާތްކޮށްފައިވާ “ ކަޅު އަވިއަނާއި ކަޅު ތޮފި އަޅައިގެ އިން އަންހެންމީހާއަކީ ކާކުކަން އެސޯޝިއޭޓެޑް ޕްރެސްއަށް ކަށވަރުކުރެވޭގޮތެއް ނުވިއެވެ. އޭނާގެ ތޮފީގައި “ އީސާގެފާނަކީ އަހަރެންގެ ކަލާންގެ ކަމަށާއި ޓްރަމްޕަކީ އަހަރެންގެ ރައީސް “ މިހެން ލިޔެފާއޮތެވެ.

ކޮންމެއަކަސް އެ ވީޑިއޯއިން ފެންނަ އަންހެންމީހާގެ ކޯކަށިގަނޑާއި ކަންފަތް ޖަނީން ޑިގިސިއްޕޭއާއި ތަފާތު ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެސޯޝިއޭޓެޑް ޕްރެސްއިން ބުނެފައިވަނީ މިއީ އެހެންބައެއްގެ ވީޑިއޯއެއްގައި ހުރި މައުލޫމާތު ތަކެއް ކަމަށާއި އެ މައުލޫމާތުގެ ތެދު ދޮގަކީ އެއްވެސް މިންވަރަކަށް އޭ އެފް ޕީ އާއި ގުޅުން ހުރި ކަމެއް ނޫނެވެ.

އޭއެފްޕީއެކޭ އެއްފަދައިން ސަންދާނުންވެސް އެ މައުލޫމާތުގެ ތެދު ދޮގުން ބަރީއަވެގަންނަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް