ނޮޅިވަރަމްފަރުގެ ފުޓުސަލް ދަނޑު ތަރައްޤީކޮށް،ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދޭން އެދިއްޖެ

Loading

Facebook
Twitter
WhatsApp

ހދ.ނޮޅިވަރަމްފަރުގެ ފުޓުސަލް ދަނޑު ރަނގަޅު ފެންވަރަކަށް ހަދައި،ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދޭން އެ ރަށު ކައުންސިލުން އެދިއްޖެއެވެ.

އެ ރަށު ކައުންސިލުން މިގޮތަށް އެދިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލު ކުރެއްވުމުގައެވެ.  

މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

‎މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި އަލަށް ހަދާފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާ ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ބޭނުންވާކަމާއި، ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

 މީގެ އިތުރުން މަގު ހެދުމާއި ސުކޫލުގެ އާ އިމާރާތުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަމާއި، މިހާރު ހުރި ޕޮލިސް ސްޓޭޝަން އެހެން އިމާރާތަކަށް ބަދަލުކުރުމާ، އޭ.ޓީ.އެމްގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށާއި ރަށުގެ ބަނދަރުގެ ނެރު ފުންކުރުމާއި، ރަށުގައި ކުނި މެނޭޖުކުރާނެ ގޮތެއްނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސިއްޙީ މަރުކަޒް ޚިދުމަތްތައް ރަނގަޅު ކުރުމާއި ބޭސްލިބުމުގައި ކުރިމަތިވާ ދަތިތައް ފާހަގަ ކުރެއްވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާ ކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ކައުންސިލުގެ މެންބަރުންނަށް ދެއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް