ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިފްތިތާޙުކޮށްފި

Loading

Facebook
Twitter
WhatsApp

ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

އެންވަޔަަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ޖުމްލަ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތަކެއް ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން 1.9 މެގަވޮޓު ކަރަންޓް އުފައްދާ ބެޓަރީ ސްޓޯރޭޖް ސިސްޓަމްތަކެއްވެސް ވަނީ ބަހައްޓާފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި އިތުރުކުރެވުނު ކެޕޭސިޓީއާއެކު، ރާއްޖޭގައި މިހާރު ޖުމްލަ 67.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ވަނީ ޤާއިމުކުރެވިފައި ކަމަށާއި މި މަޝްރޫޢުގެ ސަބަބުން އަހަރަކު 1.2 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މީގެ ސަބަބުން އަހަރަކު 3,300 ޓަނުގެ ކާބަން ޑައިއޮކްސައިޑް ތިމާވެއްޓަށް ބޭރުވުން ކުޑަކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ސަބަބުން ތ. އަތޮޅުގެ ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި 12 ރަށަކީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ”ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް“ (ޕޮއިސްޑް) މަޝްރޫޢުގެ ދަށުން މަސައްކަތް ކުރެވުނު ރަށްތަކެކެވެ.

ޕޮއިސްޑް މަޝްރޫޢުގެ ދަށުން ރާއްޖޭގެ 160 ރަށެއްގައި ޑީސަލް އިންޖީނުގެތައް ބެޓަރީ ސްޓޯރޭޖް ހިމެނޭ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކަށް ގެންދަނީ ބަދަލުކުރަމުންނެވެ. މިހާތަނަށް މި މަޝްރޫޢުގެ ދަށުން 72 ރަށެއްގައި މަސައްކަތް ނިމި، ޖުމްލަ 13.4 މެގަވޮޓްގެ ސޯލާ ޕީވީ އާއި ގަޑިއަކު 9.8 މެގަވޮޓް ބެޓަރީ ސްޓޯރޭޖް ގާއިމުކުރެވިގެންދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް