އިސްލާމިކް މިިނިސްޓްރީގެ "މީޑިއާ މައުރަޒު" މާދަމާ އާއްމުންނަށް ހުޅުވާލަނީ

Loading

Facebook
Twitter
WhatsApp

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ ”މީޑިއާ މައުރަޒު 2024′  މާދަމާ އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ.

އެ މިނިސްޓްރީން ކުރިއަށްގެންދާ މީޑިއާ މައުރަޒު އިފްތިތާހު ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މި މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފުތިތާޙުކޮށްދެއްވީ މިއަދު މެންދުރުފަހުއެވެ.

މީޑިއާ މައުރަޒު 2024 އަކީ ފާއިތުވި 8 މަސް ދުވަހުން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައިވާ އިސްލާމީ ދާއިރާއިން ހާސިލްކުރެވިފައިވާ ކަންކަން މީޑިއާއާއި ހިއްސާކުރުމަށްޓަކައި ބާއްވާ މައުރަޒެކެވެ.

މި މައުރަޒު ކުރިއަށްދާނީ މާދަމާ 22 ޖުލައި 2024 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 6 ޖަހަންދެނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މައުރަޒު މާދަމާ އާއްމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

މި މައުރަޒު އިފުތިތާޙުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ވަކިވަކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މައުލޫމާތު ސާފުކުރައްވާފައެވެ.

އެގޮތުން މި މައުރަޒުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކޮންމެ ސެކްޝަނެއްގެ ވަކިވަކި ސްޓޯލް ތައްޔާރުކޮށްފައިވެއެވެ. އަދި ޤުރުއާނާބެހޭ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސް އަދި ފަތުވާ މަޖިލިސް ހިމެނޭހެން ޖުމްލަކޮށް މި މައުރަޒުގައި ހިމެނެނީ 9 ސްޓޯލެވެ.

މިގޮތުން މީގެން ކޮންމެ ސްޓޯލަކުންވެސް އެ ދާއިރާއަކުން ކުރަމުންދާ މަސައްކަތްތަކާއި މިހާރު ހާސިލްކުރެވިފައިވާކަންކަމާއި އަދި ކުރިއަށް ރޭވިފައިވާ ކަންކަން ހިއްސާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި މައުރަޒުގައި ”ސްޓެޓިސްޓިކްސް“ ނުވަތަ ތަފާސްހިސާބު ދައްކައިދިނުމަށާއި މައުލޫމާތު ކުރުކޮށް ފަސޭހަކޮށް ފޯރުކޮށްދިނުމަށް ޕޯސްޓަރުތައް ބަހައްޓާފައިވެއެވެ.

މިއީ މިފަދަ ގޮތަކަށް މީޑިއާއަށް ޚާއްޞަކޮށް މައުރަޒެއް މިނިސްޓްރީއަކުން ބާއްވާ ފުރަތަމަ ފަހަރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް