ގަވަރުނަރު ވަކިކުރަން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ،އެމްއެމްއޭގެ ގަވަރުނަރު ކަމުން އަލީ ހާޝިމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ގަވަރުނަރު މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ލަފާ އެރުވުމަށް ހުށަހެޅުއްވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ރައީސް އަހްމަދު ނާޒިމް އެވެ.

އެގޮތުން ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ އަރުވަނީ ޤައުމުގެ އިގުތިޞާދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

ގަވަރުނަރު ވަކިކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައި ވަނީ އެ މައްސަލައިގައި ޖަވާބުދާރީވާން، މާލިއްޔަތު ކޮމިޓީއަށް ހާޒިރުވުމަށް ތާވަލުކުރި ތިން ދުވަހު ވެސް ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ހާޒިރުވެވަޑައިގެންފައި ނުވާތީ، ލިޔުމުން ފޮނުއްވި ޖަވާބަށް ރިއާޔަތް ކުރުމަށްފަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް