ވޭތުވެދިޔަ 8 މަސްތެރޭ ޗައިނާއަށް ދަތުރުކުރި މި ސަރުކާރުގެ ވެރިންގެ އަދަދު 14 އަށް

Loading

Facebook
Twitter
WhatsApp

ވޭތުވެދިޔަ 8 މަސްތެރޭގައި ޗައިނާއަށް ދަތުރުކުރި މިސަރުކާރުގެ އޮފިޝަލުންގެ އަދަދު 14 އަށް އަރައިފެެއެވެ.

ެއެގޮތުން 15 ޑިސެމްބަރ 203 ގަައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ޗައިނާއަށް ދަތުރެެއް ކުރެއްވިއެވެ.

މީގިތުރުން 08 ޖެނުއަރީ 2024 ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ދަތުރެެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި އަރިހުގައި ގިނަ ވަޒީރުން ހިމެނޭ ގޮތަށް 25 ބޭފުޅުންގެ ވަފުދެއް ވަޑައިގެންނެވިއެވެ.

25 ޖޫންގައި ހެލްތު މިނިސްޓަރ ޑރ. ޚަލީލު, އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް, އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު, އެޓޯލްސް މިނިސްޓަރު ޝަރީފް ދަތުރުފުޅެއް ކުރެއްވިއިރު, 7 ޖުލައި ގައި ޖެންޑަރ މިނިސްޓަރ ޑރ. އައިޝަތު ޝިހާމް, ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މާރިޔާ, މެމްބަރު އަނާރާ ނައީމް, މެމްބަރު ސައުދާ, މެމްބަރު އަސްމާ ވެސް ދަތުރުފުޅެއް ކުރެއްވިއެވެ.

ހަމައެއާއެކު މިއަދު ފޮރިން މިނިސްޓަރ މޫސާ ޒަމީރު, ފިނޭންސް މިނިސްޓަރ ޝަފީގު, އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުއްތަލިބު ވަނީ ޗައިނާއަށް ފުރާވަޑައިގެންފައެވެ.

މި ހުރިހާ ދަތުރުތަކަށް ޚަރަދުގެ ގޮތުގައި ދައުލަތުގެ މާލިއްޔަތުން ވަނީ 22 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

Loading

2 Responses

  1. 22 މިލިއަން ރުފިއާ ޙަރަދުކޮއް ގެން ކުރިދަތުރުތަކުން ރާއްޖެއަށް ލިބުނު އެއްޗެއްގެ ތަފުސީލު ދެއްވަބަލަ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް