ކުރީގެ ރައީސް ޓްރަމްޕަށް ދިން ކުއްލި ޙަމަލާ:ފަރީދު ޒަކަރިއްޔާގެ ދުރުމިން

Loading

Facebook
Twitter
WhatsApp

އިއްޔެގެ ވަގުތެއްގައި ސީއެންއެންގެ ޖީ ޕީއެސް ފަރީދު ޒަކަރިއްޔާ ފެނުނީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދިން ކުއްލި ޙަމަލާގައި އީރާނާއި ގުޅުން ހުރިކަމަށް އެމެރިކާއަށް ލިބިފައިވާ ސިއްރު މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް އީރާނުގެ ޚާރިޖީ ވަޒީރު އަލީ ބާޣެރީ ކާނީ އަށް ފިއްތުން ކުރިމަތި ކުރަމުން ގެންދިޔަ މަންޒަރެވެ.

ފަރީދު ޒަކަރިއްޔާގެ ވާހަކައިގާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ނުރައްކާތެރިކަން މެދުވެރި ވެދާނެކަމުގެ މަޢުލޫމާތު މާކުރިންވެސް އެމެރިކާގެ އިންޓެލިޖެންސަށް އޮތީ ލިބިފައިކަމަށެވެ. އަދި އެއަށްފަހު ރައީސް ޓްރަމްޕަށް އިތުރު ހަށިފާރަވެރިން ހަމަޖެއްސި ކަމަށް ވެއެވެ.                                            

އެމެރިކާގެ ތުޙުމަތުތަކަށް ނިއު ޔޯރކުގައިހުންނަ އީރާނުގެ ދާއިމީ މިޝަނުން ވަނީ އެއްފަރާތަށް ޖެހިފައެވެ. އަދި އެމެރިކާގެ ތުޙުމަތަކީ އެއްވެސް ބުރަދަނެއްނެތި އިރާނަށް އޮންނަ ޙަސަދަވެރި ދުޝްމަނީއެއްގެ ރުޅީގައި ބުނެ ވީއްލާލި ބަހެއް ކަމަށެވެ.                                           

ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދިން ކުއްލި ޙަމަލާއާއި ގުޅޭގޮތުން  ސީ އެން އެން އިން ކަމާ ގުޅުންހުރި ވަރަށް ގިނަ ފަރާތްތަކުން މަޢުލޫމާތު ހޯދި ކަމަށް ވެއެވެ. އެހެންނަމަވެސް އެއިން އެއްވެސް މަޢުލޫމާތެއްގައި ޓްރަމްޕަށް ޙަމަލާދިން ތޯމަސް މެތިއު ކުރޫކް އަކީ އީރާނާ އެއްވެސް ގުޅުމެއް އޮތް މީހަކުކަން އެނގޭކަށް ނެތެވެ.

މަޢުލޫމާތު ރަނގަޅަށް އެނގޭ އެމެރިކާގެ 3 އޮފިޝަލަކު ސީ އެން އެން އަށް ކިޔާދީފައިވަނީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އީރާނުން ނުރައްކާ ކޮށްފާނެ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ބައިޑްން ސަރުކާރަށް ލިބިފައިވާ ކަމަށެވެ. އަދި އެއަށްފަހު ޓްރަމްޕުގެ ހަށިފާރަވެރިން އިތުރުކުރެވުނެވެ.

އެހެންނަމަވެސް ޕެންސިލްވާނިޔާގެ ކެމްޕޭނު ޖަލްސާއެއްގައި ހުންނަވަނިކޮށް ތޯމަސް މެތިއު ކުރޫކް ދިން ޙަމަލާގައި ބޭރުގެ އެއްވެސް ގުޅުމެއް އޮތް ކަމަކަށް ނުބެލެވެއެވެ. އަދި އެމެރިކާގެ ތަޙްގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ތޯމަސްގެ ޙަމަލާއަކީ އޭނާގެ ޒާތީ ކަމެކެވެ.                                                                 

އެމެރިކާގެ އިންޓެލިޖެންސުން ބުނިބަސް ހިފޭއްޓުމުގެ ބޭނުމުގައި އެހެން އޮފިޝަލަކު ބުނެފައިވަނީ އެމެރިކާގެ އޮފިޝަލުންނާއި މިލިޓްރީގެ އިސް ބޭފުޅުންނަށް ގެއްލުން ދިނުމުގެ ވިސްނުން އިރާނުން ގެންގުޅޭކަން އެއީ ފާޅުކަން ބޮޑު ޙަގީގަތެކެވެ.

ކުރީގެ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން އާއި ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އާއި އީރާނުގައި ހުންނެވި އެމެރިކާގެ ސަފީރު ބްރައިއަން ހޫކް އަށް ކޮންގްރެސްގެ ހުއްދައާއެކު އިތުރު ޚަރަދު ކުރެވޭގޮތަށް އިތުރު ހަށިފާރަވެރިން ހަމަޖައްސާފައި ވުމަކީ އެކަމުގެ ދަލީލެއްކަމަށް ފުދޭނެއެވެ.

އިސްލާމިކް ރިވޮލިއިޝަނަރީ ގާރޑުންގެ ކޮމާންޑަރ ގާސިމް ސުލައިމާނީ ޝަހީދުކޮށްލެވުނުއިރު އެމެރިކާ ސަރުކާރުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވީ އެބޭފުޅުންނެވެ. އެމެރިކާ އަބަދުވެސް ދެކެނީ އެހެންގައުމުތަށް ދުނިޔޭގެ ހަމަޖެހުމާއި ތޮޅޭކަމަށެވެ. ނަމަވެސް ޚަގީގަތަކީ ދުނިޔޭގެ ހަމަނުޖެހުމުގެ ހުރިހާ ނުބައެއްގެ އެދުރަކީ އެމެރިކާ ކަމެވެ. މިއީ މިއަދު ދުނިޔެ ގަބޫލުކުރާ ޙަގީގަތެވެ.                                          

ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދިން ޙަމަލާއަކީ ރައީސް ޓްރަމްޕުގެ ރިޔާސަތުގައި އީރާނުގެ އެންމެ އިސް މިލިޓްރީ ކޮމާންޑަރ ގާސިމް ސުލައިމާނީއަށް ހަމަލާދީ ޝަހީދުކޮށްލުމުގެ ބަދަލު ހިފުން ކަމުގައި އެމެރިކާގެ އިންޓެލިޖެންސަށް އެނގިފައިވާ ކަމަށްބުނެ ފަރީދު ޒަކަރިއްޔާގެ ހުނަރުވެރި ސުވާލުތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ދެއްވީ ވަރަށް ކުރު ޖަވާބެކެވެ.

އީރާނަކީ މަގުފޭރޭ އުސޫލުން ކަންތައް ކުރާނެ ގައުމެއް ނޫނެވެ. ގާސިމް ސުލައިމާނީ ޝަހީދުކޮށްލުމުގެ ބަދަލު އީރާނުން ހިފާނީ ބައިނަލް އަގްވާމީ ގާނޫނުތަކުގެ ތެރެއިންނެވެ. ޓްރަމްޕަކީ ޖިނާއީ ބޮޑު ކުށްވެރިއެކެވެ. އަދާލަތުގެ އިންސާފު ޑޮނާލްޑް ޓްރަމްޕާވެސް އަރާ ހަމަކުރާނެ ކަމަށެވެ.

ލިންކް: https://www.youtube.com/watch?v=f5POpErCzGk

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް