ކާރަކުން ހަ ކޭސް ބަނގުރާ ފެނުނު މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޓަފްޖޮލް މިޔާ (23އ) އެވެ.

ފުލުހުން ބުނީ ޓަފްޖޮލް މިއާ ހޯދަމުންދަނީ، 2024 ޖުލައި 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއް ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރު ކުރުމަށް ކަމަށެވެ.

އެހެންކަމުން ޓަފްޖޮލް މިޔާ އާ ބެހޭ އެއްވެސް މައުލޫމާތެއްވާނަމަ ހުޅުމާލެ ފޭސް ދޭއް  ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް