ހޫތީންގެ ހަމަލާގައި ތެޔޮ ޓޭންކަރެއްގައި ރޯކޮށްލައިފި

Loading

Facebook
Twitter
WhatsApp

ހޫތީ މުޖާހިދުންގެ މީޑިއާ (އެމްއެމްވައި)އަށް ތިލަކޮށްލާފައި ވީޑިއޯއެއްގައި ރެޑްސީގެ  ތެރެއިން ރޯކޮށްލާފައިވާ ތެޔޮ ޓެންކަރެއްގެ ފޮޓޯތައް ހާމަކޮށްފިއެވެ.

ހޫތީ މުޖާހިދުން އާރމްޑް ފޯސަސްގެ ޑިރެކްޓަރުގެ އޮފީހުން އަމީން ހައްޔާން ވިދާޅުވެފައިވަނީ ގާތްގަނޑަކަށް 750 ފޫޓު ދިގު އެއްލައްކަ ޓަނުގެ ސާފު ނުކުރާ ތެޔޮއުފުލާ ޓޭންކަރ ކިއޯސް ލަޔަން އަށް ޙަމަލާދޭންޖެހުނީ އިސްރާއީލުން ގަދަބަދަވިކަމުން އަތުލައިގެންފައިވާ ފަލަސްތީނުގެ ބަނދަރަކަށް ދަތުރު ކުރުމަށް އެ ބޯޓުގެ ވެރިފަރާތުން އަންގާފައިވާތީއެވެ.

އަދި އެބޯޓަށް ޙަމަލާދީފައިވާނީ ޑްރޯން ބޭނުން ކޮށްގެންނެވެ. މުޖާހިދުންގެ ވީޑިއޯގައި ޙަމަލާދިނުމަށް ބޭނުންކުރި ޑްރޯން ބޯޓު ކިއޯސް ލަޔަން ކައިރީގައި އޮވެފާ ގޮއްވާލާ މަންޒަރު ފެނެއެވެ.                           

އެމެރިކާގެ ސެންޓްރަލް ކޮމާންޑުންވެސް ހޫތީ މުޖާހިދުންގެ ޑްރޯން ބޯޓެއްގެ ޙަމަލާގައި މާރޝަލް އައިލޭންޑަށް ނިސްބަތްކުރެވޭ ލައިބީރިއާގެ ދިދައިގެ ދަށުން ގްރީކު ކުންފުންޏަކުން ދުއްވަމުން ގެންދާ ކިއޯސް ލަޔަންއަށް ގެއްލުންތަކެއް ލިބިފައިވާކަން ހާމަކޮށްފައި ވެއެވެ.                                        

އިތުރު އެހެން ބޯޓަކަށްވެސް ހޫތީ މުޖާހިދުން ވަނީ 2 ޑިންގީ އާއި އަދި މީހުންނާ ނުލައި ދުއްވާ ކުޑަ އުޅަނދެއް ބޭނުންކޮށްގެން ޙަމަލާ ދީފައެވެ. ބެންޓްލޭ 1 ގެ ނަން ދީފައިވާ އެ ޓޭންކަރަކީ އިސްރާއީލަށް ނިސްބަތްކުރެވޭ ޕެނަމާ ދިދައިގާ މޮނާކޯގެ ކުންފުންޏަކުން ދުއްވާ ބޯޓެކެވެ.

އެ ބޯޓަށް ޙަމަލާ ދީފައިވަނީ އެންޓި-ބެލެސްޓިކް މިސައިލަކުން ކަމަށާއި އެހެންނަމަވެސް އެބޯޓުގެ އެއްވެސް ފަޅުވެރިޔަކު މަރުވެފައި ނުވާކަމަށް ސެންޓްރަލް ކޮމާންޑުން ބުނެފައި ވެއެވެ.                                              

އާންމު ދަތުރު ކުރާ ކޮމާރޝަލް ބޯޓުފަހަރަށް ޙަމަލާ ދިނުމުގައި ފަހަކަށް އައިސް ހޫތީ މުޖާހިދުން ނޭވަލް ޑްރޯން ބޭނުންކުރުން ވަނީ އިތުރު ކޮށްފައެވެ.                                               

މިހުސްވި ޖޫންމަހުގެ ތެރޭގައިވެސް ލައިބީރިޔާ ދިދައިގާ ދުއްވާ ގުރީކުގެ އެމް. ވީ. ޓިއުޓަރ ކިޔާ  ބަލްކް ކެރިއަރަކަށް ޙަމަލާދީފައިވާ ކަމަށް ސެންޓްރަލް ކޮމާންޑުން ވަނީ މައުލޫމާތު ހާމަކޮށްފައެވެ. ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ ހޫތީ މުޖާހިދުންގެ ގިނަ ޑްރޯންތައް އަމާޒަށް ވާސިލުވުމުގެ ކުރިން ނައްތާ ލެވެމުންދާ ކަމަށެވެ.      

ސެންޓްރަލް ކޮމާނޑުގެ ރިޕޯރޓަށް ބަލާއިރު މިދިޔަ އަހަރު އޮކްޓޯބަރުން މިއަހަރު އޭޕްރިލް އާއި ހަމަޔަށް ހޫތީ މުޖާހިދުން 53 އުޅަނދަކަށް ޙަމަލާދީފައިވެއެވެ. އަދި މިދިޔަ އަހަރު ޑިސެމްބަރުން ފެށިގެން މިއަހަރު މާރޗް މަހާ ހަޔަށް 19 ބޯޓަށް ހަމަލާދީ ހަލާކުކޮށްލާފައި ވެއެވެ.                                      

ޝިޕިންގ ތަޖުރިބާކާރުން ބިޒްނަސް އިންސައިޑަރަށް މަޢުލޫމާތު ހިއްސާ ކޮށްފައިވާ ގޮތުގައި އެމެރިކާއާއި ގުޅިފައިވާ ކަނޑުގެ ލަޝްކަރުތަކުން ރެޑް ސީ އާއި ގަލްފް އޮފް އަދަންގައި ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރަން ރެޔާ ދުވާލު މަސައްކަތް ކުރަމުން ދެއެެވެ.

ނަމަވެސް އެވަރުންވެސް ބައެއްފަހަރު ހޫތީ މުޖާހިދުންގެ ޙަމަލާތައް ދަތުރުކުރާ ބޯޓުފަހަރަށް ވާސިލު ވުމުގައި އެމީހުންނަށް ހެދޭ ގޯސްތަކުން ލިބެމުންދާ ތަޖްރިބާއާއި އީރާނުގެ މަދަދު ވަރަށް މުހިންމު ބައެއް އަދާކުރާ ކަމަށް ބުނެފައިވެއެވެ.

 ކޮންމެ ޙަމަލާއަކުން ހޫތީ މުޖާހިދުންނަށް ރަނގަޅު ފިލާވަޅުތަކެއް ދަސްކުރެވެއެވެ. އެމެރިކާގައި ހުންން ބޮޑެތި ނުރައްކާ ދެނެގަތުމުގެ އިންސްޓިޓިއުޓުގެ ފަރާތުން ބްރައިއަން ކާރޓަރ ބިޒްނަސް އިންސައިޑަރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ސަލަފީ ވިސްނުމުގެ މުޖާހިދުންނަށް ދަސްކުރެވޭ ފިލާވަޅުތަކަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ސަޕޯރޓަރުންގެ އެހީ މެދު ނުކެނޑި ދަނީ ލިބެމުންނެވެ. 

ހޯމަދުވަހުގެ ޙަމަލާއާއި ގުޅިގެން ހޫތީ ޖަމާއަތުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އިސްރާއީލުން ގައްޒާއަށް ދެމުން ގެންދާޙަމަލާތައް ކުރިޔަށް ގެންދާހާ ދުވަހަކު ރެޑް ސީ އާއި ގަލްފު އޮފް އަދަންގެ ތެރެއިން ފާހަގަކޮށްފައިވާ ގައުމުތަކުގެ އުޅަނދު ފަހަރަށް އަމާންކަމާއި އެކު ދަތުރު ނުކުރެވޭނެ ކަމަށެވެ.                       

Loading

3 Responses

  1. ޢަރަބީންހެން މުނާފިގުވެގެން ތިބޭނެކަމެއް ނެތެވެ. އިޒްރޭލުންވަނީ މި ހަނގުރާމަޔަކީ އެމީހުންގެ ދީނީ ހަނގުރާމައެއްކަން ޢިއުލާނު ކޮށްފައެވެ. ނަތަން-ޔާހޫ އާއި ޒައިނިސްޓް ޖަމާޢަތުގެ ވެރީންވަނީ ތައުރާތު ފޮތް ބުނާގޮތުން އެ ސަރަޙައްދުގެ ބިންތަކަކީ ޔަހޫދީންގެ ބިންތައްކަމަށް ބުނެ މިހާރުގެ ސަޢޫދީ އަރަބިޔާގެ ބަޔަކާއި އެކު ގްރޭޓަރ އިސްރޭލުގެ ޗާޓް ހަދައި އެ ޗާޓް ދައްކާފައެވެ. ޔޫ. އެން. ގައިވެސް އެވަނީ ދައްކާފައެވެ. އެ ކާފަރުން ޔަހޫދީންނެއް އެކަން ކުރަނީ ސިއްރަކުން ނޫނެވެ. ލައިވް ޓީވީގައި ޔޫ. އްން. ޖެނެރަލް އެސްމްބްލީގައި އަޑު ހަރުކޮށް ބުނެފައެވެ. ވީމާ އިސްލާމް ދީނަށްޓަކައި މި ޔަހޫދީންތައް ނައްތާލަން ޖެހެއެވެ. މިއީ ދީނީ ހަނގުރާމައެކެވެ.
    މުސްލިމުން މާ ހެޔޮބަޔަކަށް ހެދިގެން އުޅޭނެކަމެއް ނެތެވެ. އަސްލު ހެޔޮބަޔަކަށް ވުމަށްވުރެ ކަމީނާއީ އެވެ. އެހެންވީމާ ހޫތީން. ހިޒްބުއްލާ، ޙަމާސް، ފަދަ އިސްލާމީ ޖިހާދު ޖަމާއަތްތަކަށް ހިތްވަރުދީ ވެވުނުގޮތަކުން މި ހަގުރާމައިގާ ބައިވެރިވާން ވީއެވެ. ސަޢޫދީ ވެރީންނާއި ޢަރަބި ކުކުޅުތަކަކަށް އިސްލާމް ދީނަށްޓަކައި ޖިހާދެއް ނުކުރާނެއެވެ. އެމީހުން ބަލަނީ ހޮލީވުޑް އާއި ބޮލީވުޑްގެނައިސް ފޮށާތަލުވާ އަންބޮނޑި ބޮޑުކުރާންށެވެ.
    ދައްކާނީ ﷲ އާއި ރަސޫލާގެ އާއި ސަޙާބީންގެ ވާހަކައެވެ. ކޯލިޝަން ހަދާނީ އަބޫލަހަބާއި ޝައިތާނީ ޖަމާޢްތްތަކާއެވެ.

  2. ހަމަ ވެވުނުގޮތަކުން ހޭ އަރުވާލަންވީއެވެ. ޓެރަރިސްޓް އެމެރިކާއިން އިސްލާމް ދީން އަޅުވެތިކޮށްފަ ބޭއްވުމަށް ކުރާ ދީނީ ހަނގުރާމައެކެވެ. މިއަދި އެމެރިކާ ބޭނުވިޔަސް އިސްރާއީލުން ހަނގުރާމަ ހުށްޓާނެއެވެ. އެހެނީ އެމެރިކާއިން އެދޭހާ ބަރު ހަތިޔާރާއި ފައިސާ ދިނުން ހުށްޓާލާއިރަށް އިސްރާއީލު ސައިޒްވީއެވެ. ގަބޫލު ކުރައްވާށެވެ! މިއީ އެމެރިކާމީހުން މެދުއިރުމަތީ ހިންގާ ގަތުލު އާންމުއެކެވެ. ހަމަ އެގޮތުން ޔޫކުރެއިންގައިވެސް ރަޝިޔާއާއި ދެކޮޅަށް އެ ސަކަރާތް ޖަހަނީ އެމެރިކާ އާއި ޔޫރަޕްގެ މަންފާއަށެވެ. ކިތަންމެ މީހަކު މަރާ ތަންތަން ސުންނާފަތި ކޮށްލިޔަސް އޯ ކޭ އެވެ. ދެރައީ މުސްލިމުން މު ޖައްބާރު މީހުނާއި އެއް ސުފުރާމަތީ ކައިގެން ވަރަށް ދިލިފާ ފޮޓޯނަގައި އެ އާންމުކުރާތީއެވެ. ޖައްބާރު ނުލަފާ ޚާއިނުންތަކެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނެއުޅެނީ އެހެންވެގެނެވެ.

  3. ތިޔަ ބޭފުޅުން ތިޔަ ވިދާޅުވާ ގޮތަކަށް ތިޔަ ކަމެއް ނުވާނެ. މުޅިދުވަހު ވަރުބަލިވާންދެން މަސައްކަތްކޮށްފާ ނިދަން އެނދަށް އަރާއިރު ކައިރީގައި އޮންނަނީ ތިޔަ ވިދާޅުވާ ގައުމުތަކަށް ނިސްބަތްކުރެވޭ އަންބެކެވެ. އެ ހިނދުން ބުނާގޮތް ނުހަދައިފިއްޔާ އެންކިޔޮޅު ގެންގުޅޭ އެންވަށި މަތިން ހަނދާންކޮށްދޭނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް