އެމްއެމްއޭއިން ބޭންކިން ނިޒާމު ރަނގަޅަށް މޮނީޓާނުކުރޭ

Loading

Facebook
Twitter
WhatsApp

ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގަށް ރާއްޖޭގެ ބޭންކުތަކުން މައުލޫމާތު ހޯދުން ވަރަށް ދަތި ކަމަށާއި, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކިން ނިޒާމު ރަނގަޅަށް މޮނީޓާކުރާކަމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު އުފައްދައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ބޭންކުތަކުން ލިބޭ މައުލޫމާތު ހޯދުމަށްޓަކައި އެތައް ފަހަރަކު އެ ކޮމިޝަނުން ކުރި މަސައްކަތުން ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި ރާއްޖޭގެ ބޭންކިން ނިޒާމު, އެމްއެމްއޭ އިން ރަނގަޅަށް މޮނީޓާ ކުރަމުން ނުދިއުމަކީ އޭގެ އެންމެ ބޮޑު ސަބަބު ކަމަށެވެ.

ޝާމިލް ވިދާޅުވީ އެމްއެމްއޭއިން މުޅި ބޭންކިން ނިޒާމު ބަލަަހައްޓަމުން ދަނީ އެންމެ ރަނގަޅު ގޮތުގައިތޯ ބަލަން އެބަޖެހޭ ކަމަށެވެ. އަދި ތަހުގީގީ އިދާރާތަކަށް އެ ލިބެންޖެހޭ މައުލޫމާތު ނުލިބުން އެއީ ވަރަށް ބޮޑު މައްސަލައެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

“މުޅި ބޭންކިން ނިޒާމު ބަލަަހައްޓަމުން އެމްއެމްއޭއިން އެދަނީ އެންމެ ރަނގަޅު ގޮތުގައިތޯ, އެބަޖެހޭ ބަލަން. ބަލައިގެން ނޫނިއްޔާ ތަހުގީގީ އިދާރާތަކަށް އެ ލިބެންޖެހޭ މައުލޫމާތު ނުލިބެންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް.“

ބޭންކުތަކުން މައުލޫމާތު ހޯދަން ދަތިވުމުން އެކަން ހައްލުކުރަން އެތައް ބައްދަލުވުންތަކެއް ބާއްވައިފައިވާނެ ކަމަށާއި އެކަމަށް ހައްލު ލިބުމަކީ އޭސީސީގެ ތަހުގީގުތައް އަވަސްވުން ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ލިބިފައިވާ މާލީ މަންފާތަކާއި, ނުހައްގު މުއްސަނދިކަން ހޯދާފައިވާ ގޮތް ދެނެގަންނަން ޖެހޭ ކަަމަށާއި ނަމަވެސް އެކަން ކުރެވޭނީ އެ ބޭފުޅުންގެ ބޭންކް ޓްރާންސެކްޝަން ހިންގާފައިވާ ގޮތުގެ އެނަލިސިސްއެއް ހެދިގެން ކަމަށެވެ.

Loading

One Response

  1. މޮނީޓަރ ކުރަނީކީ ނޫން ބިރުދައްކަނީ.އެކައުންޓް ހިފަހައްޓަނީ.އެމްއެމްއޭ އަކަށް މޮނީޓަރުކުރަން ކުރްވީ ކޮންކަމެއްކަމެއް ނޭގޭ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް