އޮންލައިން ލައިބްރަރީއަކާއެކު އިސްލާމިކް މިނިސްޓްރީގެ އައު ވެބްސައިޓް ޖުލައި 26 ގައި ލޯންޗު ކުރަނީ

Loading

Facebook
Twitter
WhatsApp

އޮންލައިން ލައިބްރަރީއަކާއެކު އިސްލާމިކް މިނިސްޓްރީގެ އައު ވެބްސައިޓް ޖުލައި 26 ގައި އިފްތިތާޙު ކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް މިރޭ ވިދާޅުވީ މި މަހުގެ 26 ވަނަ ދުވަހު އެ މިނިސްޓްރީގެ އައު ވެބްސައިޓް އިފްތިތާހު ކުރާނެ ކަމަށެވެ.

އެގޮތުން މި ވެބްސައިޓުގައި އޮންލައިން ލައިބްރަރީއެއް ހިމެނޭނެ ކަމަށާއި އެ ފޮތްތައް ޑައުންލޯޑް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އަދި 2008 ފެށިގެން މިހާތަނަށް އެ މިނިސްޓްރީން ނެރެފައިވާ ހުރިހާ އިސްލާމިކް ރެފެރެންސް ފޮތްތައް ހުންނާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވެއެވެ.

މިގޮތުން ކީރިތި ރަސޫލާގެ ސިޔަރަތުގެ ދިވެހި ބަހުން ވީޑިއޯއިން ރިޕޯޓްތަކުގެ ސިފައިގައި ބަލައި އަޑު އަހާލަން ޚާއްޞަ ޔުނިޓެއް ހުންނާނެ ކަމަށާއި އަދި ރިސާލަތު ޕްރޮގްރާމްގެ ހުރިހައި މައުޟޫއެއް ދިވެހި އަދި އިނގިރޭސި ބަހުން ލިބެން ހުންނާނެ ޚާއްޞަ ޔުނިޓެއް ވެބްސައިޓްގައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އިދާރީ ހުރިހައި މުޢާމަލާތަކާ ގުޅޭ މައުލޫމާތާއި އުޞޫލުތަކާއި ފޯމްތައް ވެސް ސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް