ނޭޕާލުގެ ބޮޑުވަޒީރުގެ މަޤާމާ ކޭ.ޕީ. ޝަރްމާ އޮލީ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ނޭޕާލުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ރައީސް މުޢިއްޒު ހިއްސާ ކުރެއްވި ޕޯސްޓުގައި ނޭޕާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ނޭޕާލުގެ ބޮޑުވަޒީރުގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއާ ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 އޯގަސްޓް 1980 ގައެވެ.