ފެނަކައިގެ ކުރީގެ މެނޭޖުމެންޓާ ގުޅޭ ކޮރަޕްޝަންގެ ބޮޑު 6 މައްސަލައެއް ތަހުގީގުކުރަނީ

Loading

Facebook
Twitter
WhatsApp

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖުމެންޓާ ގުޅޭ ގޮތުން ކޮރަޕްޝަނުގެ ބޮޑު 6 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފިއެވެ.

ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ފާހަގަކުރެވިފައިވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މިއަދު ވަނީ އޭސީސީގެ ބޭފުޅުން ހާޒިރުކޮށްފައެވެ.

އެ ގޮތުން ފެނަކައިގެ މައްސަލަތަަކާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަަށް ޖަވާބުދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފެނަކައިގެ ކުރީގެ މެނޭޖުމެންޓާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތައް އާދަޔާ ޚިލާފަށް ގިނަ ކަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގުކުރުމަށް އާދަޔާ ޚިލާފަށް ގިނަ ވަސީލަތްތަކާއި ވަގުތު އެ ކޮމިޝަނުން ހޭދަކުރަންޖެހުނު ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

މީގެއިތުރުން ޝާމިލް ވިދާޅުވީ މިހާރު ވެސް ފެނަކައިގެ ކުރީގެ ވެރިންނަށް ތުހުމަތުވާ ބޮޑު 6 މައްސަލައެއް އޭސީސީން ބަލަމުންދާ ކަމަށެވެ. އެއީ ވަކި 6 މައްސަލައެއް ކަމުގައިވީ ނަމަވެސް, އޭގެތެރޭގައި ހުރި އެއްބާވަތުގެ މައްސަލަތައް އެއްކޮށްލާފައިވާ ކަމަަށް ޝާމިލް ވިދާޅުވިއެވެ.

އެގޮތުން ފެނަކައަށް ފައިދާވާން އޮތް ކަމެއްގައި ވަކި ގޮތަކަށް އަމަލުކޮށް, ނާޖައިޒު ފައިދާ ހޯދަން މަސައްކަަތް ކޮށްފައިވާ މައްސަލަތައް އެއްކޮށްގެން ބަލަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

Loading

One Response

  1. އަޅުގަނޑު ހަމަ އަޖައިބުވެއްޖައިން. ކީކޭތޯ ބުނާނީ.
    1. ބޮޑެތި ވައްކަން ކޮއްގެން ނުވަތަ ޚިޔާނާތް ވެގެން ހުރި މީހަކު މިގައުމުގާ އެބަހުރޮތޯ ؟ އެފް.ޕީ.އައި.ޑީ ގެ މައްސަލަ.
    އެމް.އެމް ޕީ.އާރ ސީ ގެ މައްސަލަ. ވިންޓިލޭޓަރ . އަދި ޕާޓީ މީހުންނާ ގާތް މީހުންނަށް ގެއްލުމުގެބަދަލޭ ބުނެ ދައުލަތުގެ ބައިތުލްމާލު ބަހާ ރައްޔިތުން 69 ބިލިއަނަށް ދަރުވާލި ޚާއެިނުގެ މައްސަލަ.
    ގައުމުގެ ވެރިކަމާ ހަވާލުވި އެއްވެސް ވެރިއެއްގެ ތެދުވެރިކަމާ އަމާނާތްތެރިކަން ނެތުމުން ކުރިއަށް ނުގެންދެވިފަ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް