ސިޔާސީ ކަންކަމުގައި އަނިޔާވެރިކަމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ, ޓްރަމްޕަށް ދިން ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ސިޔާސީ ކަންކަމުގައި އަނިޔާވެރިކަމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑޮނާލްޑް ޓްރަމްޕަށް ބަޑިން ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުށްވެރި ކުރައްވައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރައީސް ޓްރަމްޕަށް މި ހަމަލާ ދީފައިވަނީ ކެމްޕޭނު އިވެންޓެއްގައި ވާހަކަ ދައްކަން ހުއްޓައެވެ. ވައިރަލްވެފައިވާ ފޮޓޯތަކުން މި ހަމަލާ އޭނާގެ ކަންފަތަށް އަމާޒުވެފައިވާ މަންޒަރު ފެންނައިރު ކަންފަތުން ލޭ ފައިބާ މަންޒަރު ވެސް ފެނިފައިވެއެވެ.

އެގޮތުން ރައީސް މުޢިއްޒު މި ހަމަލާ ކުށްވެރި ކުރައްވާކަން ހާމަކުރައްވާފައި ވަނީ މިއަދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕާއި އެ މަނިކުފާނުގެ އާއިލާގެ އިތުރުން ހަމަލާގައި ޒަޚަމްވި އެހެން ފަރާތްތަކަށްވެސް ހަމްދަރުދީ އާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

ހަމައެހެންމެ ސިޔާސީ ކަންކަމުގައި އަނިޔާވެރިކަމަށް ޖާގަ ދެވިގެން ނުވާނެ ކަން ފާހަގަކުރައްވާ ހުރިހާ ތަނެއްގައި ހިންގާ މިފަދަ އަނިޔާވެރި އަމަލުތައް ކުށްވެރި ކުރައްވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް