ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން "ފެންޑާ މައުރަޒު" ނަމުގައި ފޮތް މައުރަޒެއް

Loading

Facebook
Twitter
WhatsApp

މި އަހަރުގެ ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ”ފެންޑާ މައުރަޒު 2024“ ގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީން ފޮތް މައުރަޒެއް ހުޅުވައިފިއެވެ.

މި ފޮތް މައުރަޒު ހުޅުވައިދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމެވެ.

މި ފޮތް މައުރަޒު އޮންނާނީ މިއަދުން ފެށިގެން މާދަމާއަށް ކޮންމެ ދުވަހަކު ހެނދުނު 10 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށް ދިވެހިބަހުގެ އެކެޑަމީގައެވެ.

މި މައުރަޒުން ދިވެހިބަހުގެ އެކެޑެމީއާއި ދިވެހި ލިޔުންތެރިން ލިޔެފައިވާ ފޮތް ލިބެން ހުންނާއެވެ. މިގޮތުން މި މައުރަޒުން ލިބެން ހުރި ބައެއް ފޮތްތަކުގެ ތެރޭގައި ދިވެހިބަހުގެ ގަވާއިދު  1،2،3،4 އާއި ފަހުބަސް، ރަހުންނާއި ރަނީން، ބަހުގެ ހަމައިގެ އަތް މަތީ ފޮތް، އަދި ޖަމީލުގެ ޑްރާމާތައް ހިމެނެއެވެ.

މިއީ ދިވެހި ބަހުގެ އެކަޑަމީއާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ލިޔުންތެރީންގެ ގުޅުމާ ގުޅިގެން ކުރިއަށްގެންދާ ފޮތް މައުރަޒެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް