އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިން ބިދޭސީއަކަށް ހަރުކަށި ފިޔަވަޅު އަޅާ ޑީޕޯޓް ކުރަނީ

Loading

Facebook
Twitter
WhatsApp

އިމިގްރޭޝަންގެ މަސައްކަތަށް ހުރަސްއަޅާ ވެހިކަލަށް ގެއްލުން ދިން ބިދޭސީއަކަށް ހަރުކަށި ފިޔަވަޅު އަޅާ ޑީޕޯޓް ކުރާނެ ކަން ހާމަކޮށްފިއެވެ.

އިމިގްރޭޝަންގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ރޭ ހިންގި އޮޕަރޭޝަންގައި މާލޭގައި ޓޭކްއަވޭ ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން 6 ބިދޭސީ ފިރިހެނަކާއި ބިދޭސީ އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މީގެތެރެއިން 3 ބިދޭސީން ހިންގަމުންދިއަ ކެފޭއެއް ވަނީ ބަންދުކޮށްފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން އިމިގްރޭޝަންގެ މަސައްކަތަށް ހުރަސްއަޅާ ވެހިކަލަށް ގެއްލުން ދިނުމުގެ ސަބަބުން ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީއެއް ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

 އަދި އެ ފަރާތާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި ވީ އެންމެ އަވަހަކަށް އިމިގްރޭޝަން ގާނޫނުން ހަރުކަށި ފިޔަވަޅު އެޅުމަށްފަހު ޑީޕޯޓް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.  

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ފަސް ޖެހުމެއް ނެތި ބިރަކަށް ސިހުމެއް ނެތި ކުރިއަށް ދާނެ ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް