އެމްއެމްޕީއާރްސީ ޚިޔާނާތަކީ "ސިޔާސީ ވަރުގަދަ މަސައްކަތަކަށް ކުރި އިންވެސްޓްމެންޓެއް'' : ޔާމީން

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތަކީ އެމަނިކުފާނުގެ ވެރިކަމުގައި ”ސިޔާސީ ވަރުގަދަ މަސައްކަތަކަށް ކުރި އިންވެސްޓްމެންޓް“ އެއް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާނެ ކަމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ދާދިފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެ މައްސަލައިގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

ޔާމީން ވިދާޅުވީ ދައުލަތުގެ ބޮޑުންގެ ތެރެއިން މަދު މީހަކު ނޫނިއްޔާ ޚިޔާނާތުގެ ލިސްޓުން އުންޏެއް ނުވާނެ ކަމަށެވެ.

“އެމްއެމްޕީއާރުސީގެ މައްސަލަ ހިނގީކީ އެއްގޮތަކަށް ވެސް މީހަކަށް ހެޔޮހިތުން ލާރި ދޭކަށެއް ނޫން. އެއީ ސިޔާސީ ވަރުގަދަ މަސައްކަތަކަށް ކުރި އިންވެސްޓްމެންޓެއް. އެހެންވީމަ އޭގައި ހުންނާނީ ރައްޔިތުންގެ މަޖިލިސް މެންބަރުން އޭގައި ގިނައިން ނަގާފައި ހުންނާނީ އެމްޑީޕީއާ ޕީޕީއެމްގެ. އެއީ އެކަން ހިނގާފައި އޮތް ގޮތް“ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުން އޭގެތެރޭގައި ދެން ހިމެނެނީ ދައުލަތުގެ ބޮޑެތި މުއައްސަސާތަކުގެ މީހުންނަށް ލިބުނު ފައިސާ ކަމަށާއި އެ މަންފާ ލިބުނު ފަރާތްތައް މިވަގުތު ވެސް ރައީސް އޮފީހުގެ އިސް މަގާމުތަކުގައި އެބަ ތިއްބެވި ކަމަށެވެ.

މީގެއިތުރުން ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގީ އޭރުގެ ޓޫރިޒަމް މިނިސްޓަރަލު އަދި ފަހުން އެމަނިކުފާނުގެ ނައިބަކަށް ހުންނެވި އަޙްމަދު އަދީބު ކަމަށެވެ. އަދި އެކަމާ ގުޅޭ ހުރިހާ ކިތާބީ ހެކިތައް އޭނާގެ އަތުގައި ހުންނާނެ ކަމަށާއި އޭނާގެ އަތުގައި ހުރި ހުރިހާ މައުލޫމާތެއް, ފުލުހުންގެ އަތުގައި ވެސް ހުރި ކަމަށް ޔާމީން ވިދާޅުވިއެވެ.

”އަދީބު މިކަން ކޮށްފައި ހުރީ ވަރަށް ރަނގަޅަށް. އެއީ އޭނާ ފައިސާ ދިން މީހަކަށް ފައިސާ ފޮނުވާއި އެވަރުން ނިންމައެއް ނުލާ. އޭނަ އެގްރީމެންޓެއް ނުކުރާނެ. ހަމަ ވަޓްސްއެޕް އެސްއެމްއެސްއަކުން ފޮނުވައިލާނީ, އޭ ބްރޯ މިވެނި ވަރަކަށް ފައިސާ ފޮނުވީމޭ ލިބުނުހޭ. މި ލިބުނު މީހާ އެބަ ބުނޭ, އޭ ބްރޯ ތެންކިޔޫ އޭ, ތިވަރު ލިބިއްޖެޔޭ,“

ޔާމީން ވިދާޅުވި ގޮތުން އެކަން ހިނގާފައިވާ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ފުލުހުންނަށެވެ. އަދި އޭގެ މައްސަލައަކީ ހުރިހާ މައުލޫމާތެއް ހުރެ ދައުލަތުގެ ސިއްރެއްގެ ގޮތުގައި އޮތް ލިސްޓެއް ގެންދިޔުން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ލިސްޓު ގެންދެވި ކަމަށާއި އެ މައުލޫމާތު އެ ބޭފުޅުންގެ އަތުގައި ހުންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Loading

4 Responses

  1. މުއީޒްގެ ކިބައިގައި ތިޔަމައްސަލަ ބަލާލެވޭވަރުގެ ގާބިލްކަން ހުރިކަމަށް ފާހަގަވޭ، މިހާރު ޖަލްވެސް ހާވައިލީނުން. ބަންގާޅީންވެސް ހިފަންފެށީނުން. އެއީވާ ވެރިއެއް.

  2. ނެތެނު ތިކަންވާކައް ހުސްވެރިން ނިކަމެއްޗެ ކުރިނަމަ މިހާރު ތިކަން ނިންމާނެ ގޯއްޗާ އަނބިދަރިން ވެސް ދައުލަތައް ނަގާނެ…🙏🇲🇻❤️😭

  3. ރައްޔިތުންގެ ފައިސާ ޚިޔާނާތުގެ ގޮތުގައި ބަހައިގެން ނުވަތަ ދީގެންވިޔަސް ސިޔާސީ މަސައްކަތަކަށް އިންވެސްޓްކުރުމުގެ އިޚްތިޔާރު ރައްޔިތުންގެފަރާތުން ދީފައެއް ނުވާނެ. ރައީސް ބައިޑްން ފަދައިން މާގިނައިން ދޫ އޮޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން

  4. މީރާއަށް ފައިސާ ޖަމާނުކުރަންހަމަޖެއްސމީހާ އާއި ޗެކް މާރުކުރަން ބުނިމީހާ އާއި އަމިއްލަ އެކައުންޓަށް މާރުކޮށް ހެދި ޗެކް ޖަމާ ކޮށް ގެން މަންފާ ހޯދި ކަމަށް ސަރީއަތް ކުރެވޭ މީހާވެސް ޒިންމާ އުފުލަންވާނެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް