މިފަހަރު ވައިޓް ހައުސްއަށް 2 އަންހެނުންތަ!

Loading

Facebook
Twitter
WhatsApp

މިހާރު ދުނިޔޭގެ އެންމެ ރަތް ކުލަގަދަ ސުރުޚީއަކީ އެމެރިކާގެ އިންތިޚާބެވެ. ދުނިޔޭގެ ހަމައެކަނި ސްޕަރ ޕަވަރ ގެ ތަޚުތުގައި އިށީނދެވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމަކީ އެމެރިކާގެ ރައްޔިތުންނަށް މާބޮޑު ކަމަކަށް ނުވިޔަސް ދުނިޔޭގެ ކުރިމަތީގައި އާދައިގެ ކަމެއް ނޫނެވެ.

އެންމެ ފަހުގެ ޑިމޮކްރެޓިކް ޕާޓީގެ ޕޯލްތަކުގައި އަދިވެސް ކުރީގެ ރައީސް ޓްރަމްޕާއި ދެކޮޅަށް ނުކުންނަވާނެ ބޭފުޅަކު އަދި އޮތީ ނުނިމިއެވެ.

ޕާޓީގެ ތެރޭގައި ޓްރަމްޕްއާއި ދެކޮޅަށް ރައީސް ބައިޑްން އަދިވެސް ހުންނެވީ ހަމަ ގަދަކޮށެވެ. ޑިމޮކްރެޓުންގެ މަދު ބޭފުޅުންކޮޅެއް ފިޔަވައި އެއްވެސް އިތުރު ކެންޑިޑޭޓަކު އިންތިޚާބަށް ނެރެން ބޭނުން ނުވާކަހަލައެވެ.

މީގެކުރިން ބޭއްވި ރިޔާސީ ބަހުސްގައި ރައީސް ބައިޑްން ހެއްދެވި ގޯސްތަކަށްފަހު ވަރަށް ފަހުން ޕޮލިޓިކޯއާ ގުޅިގެން ބެންޑިކްސަން އެންޑް އަމަންޑީން މުޅި އެމެރިކާއަށް ހުޅުވާލައިގެން ބޭއްވި ޕޯލެއްގައި ބައިޑްންއަށް %42 ލިބިވަޑައިގެންފައިވާއިރު, ޓްރަމްޕަށް ވަނީ %43 ލިބިވަޑައިގެންފައެވެ.

ވޯޓުގައި ބައިވެރިވި %85 ރައްޔިތުންގެ ތެރެއިން %61 ރައްޔިތުންގެ ރައުޔަކީ ރައީސް ބައިޑްންގެ ވިސްނުންފުޅާއި އާންމު ސިއްހަތު ރައީސްކަމަށް ތަންނުދޭ ކަމަށެވެ.

ރައްޔިތުންގެ ވިސްނުން ހުރިގޮތަށް ބަލާއިރު ނައިބު ރައީސާ ކަމަލާ ހަރިސްއަށް އޮތް ތާއީދު %42 އަށް ވަނީ އިިތުރުވެފައެވެ. އެކަމަނާއަށް އޮތް ތާއީދާއި ޓްރަމްޕަށް އޮތް ތާއީދާ އަޅައިބަލާއިރު, ޓްރަމްޕަށް އޮތް ތާއީދު ވަނީ %41 އަށް ދަށްވެފައެވެ.

މިހާރުގެ ހާލަތަށް ބަލާއިރު, ޑިމޮކްރެޓުންގެ ތެރޭގައި ސީރިއަސްކޮށް މި ވާހަކަ ދެކެވެމުންނުދާ ނަމަވެސް, ކުރީގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަނާއި ކަމަލާ ހަރިސް އެކުގައި ނިކުމެވަޑައިގެންފިނަމަ, ޓްރަމްޕް ބަލިކޮށްލެވިދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެ ބޭފުޅުންގެ ނަޒަރުގައި ހިލަރީ ކްލިންޓަނަކީ ޚާރިޖީ ސިޔާސަތުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ހިލަރީ ކްލިންޓަން ރައީސާކަށް އަދި ކަމަލާ ހަރިސް ނައިބު ރައީސާއަކަށެވެ.

މިހާރު އަންދާޒާކުރެވޭ ގޮތުން, މި ދެބޭފުޅުންގެ ޓީމް އުޅުއްވަނީ ޓްރަމްޕަށްވުރެ %3 ކުރީގައެވެ. 2016 ވަނަ އަހަރު ހިލަރީ ކްލިންޓަންގެ ފެއިލްވުމަށް ބަލާއިރު, މިއަދު އަނެއްކާ ވެސް އެކަމަނާއަށް ފުރުސަތު ހުޅުވިގެންދާތަން ފެނުމަކީ ހައިރާންވާންޖެހޭ ކަމެކެވެ.

ބެންޑިކްސަން- އަމަންޑީ ގެ ޕޯލުން ހާމަވެގެންދިޔަ އަނެއް ހަގީގަތަކީ ބައިޑްންގެ ރިޔާސަތަށް ޑިމޮކްރެޓުންގެ ތިންބައިކުޅަ އެއްބައި މެމްބަރުން ރުހި ވަޑައި ނުގަންނަވާކަމެވެ.                                                      

ބެންޑިކްސަން-އަމަންޑީގެ ޕޯލުގައި ޑިމޮކްރެޓުންގެ އިސް ސަފުގެ ބައެއް ބޭފުޅުންގެ ރުހުން ލިބިވަޑައިގެން ތިއްބެވި ކެލިފޯނިޔާގެ ގަވަރުނަރު ގާވިން ނިއުސަމްއާއި މިޝިގންގެ ގަވަރުނަރު ގްރެޗަން ވިޓްމަރ ވެސް ރަނގަޅު ކާމިޔާބީއެއް ހާސިލު ކުރައްވާފައިވެއެވެ.

މި މަޝްވަރާތަކާއި ރައްޔިތުން ދެކޭ ގޮތް ބަލަމުންގެންދާއިރު, މިހާރުގެ ރައީސް ބައިޑްން ގަދަ ހައްދަވަމުން ގެންދަވަނީ ރިޔާސީ ރޭހުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށާއި ރިޔާސަތު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެއެވެ.

ރައީސް ބައިޑްންގެ އެންމެ ވަރުގަދަ ސަޕޯޓަރުންނަކީ އެމެރިކާގެ ކަޅު ނަސްލުގެ މީހުންނެވެ. ކުރީގެ ރައީސް ޓްރަމްޕަކީ އިންތިހާއަށް ކަޅު ނަސްލުގެ ރައްޔިތުންނަށް ނަފުރަތު ކުރައްވާ ބޭފުޅަކަށްވެފައި, މިހާރުގެ ރައީސްގެ ޒައާމަތުގައި ކަޅު ނަސްލުގެ މީހުންނަށް ގިނަ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.

މިހާތަނަށް ހާމަވެފައިވާ ގޮތުގައި އުމުރުން ދުވަސްވުމުގެ ސަބަބުން އެނދުން ނުތެދުވެ ރައީސްކަން ކުރަން ޖެހިވަޑައިގަތް ކަމުގައިވިޔަސް ކަޅު ނަސްލުގެ ރައްތިޔުން ވޯޓު ރައީސް ބައިޑްންއަށް އޮތީ ކަށަވަރުކޮށްދީފައެވެ.

ބެންޑިކްސަން އެންޑް އަމަންޑީގެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ ތެރެއިން %53 މީހުން ބުނެފައިވަނީ ކުރީގެ ރައީސް ޓްރަމަޕަކީ އެމެރިކާގެ ޑިމޮކްރެސީއަށް ކުރިމަތިވެފައިވާ “ބޮޑު މުސީބާތެއް“ ކަމަށެވެ. އެހެންނަމަވެސް %37 ރައްޔިތުން ބުނެފައިވަނީ ރައީސް ޓްރަމްޕް މިއަދު ދައްކަވާ ވާހަކަފުޅު މާދަމާ ހަނދާން ނުހުންނާނެ ކަމަށެވެ.

މި ހުރިހާ ޕޯލްތަކަކާއި ބަހުސްތަކެއްގެ ތެރެއިން ނިކުންނަ ނަތިޖާ އެމެރިކާގެ ރައްޔިތުންނަށް އެނގެން އެބަ ބޭނުންވެއެވެ. ކަންދިމާވާ ގޮތަކުން ރައީސް ބައިޑްން އަމިއްލަފުޅަށް ރިޔާސީ ރޭހުން ބޭރަށް ނިކުމެވަޑައިގަތުން އިޚްތިޔާރު ކުރައްވައިފިނަމަ, މުސްތަގުބަލް އޮތީ ޓްރަމްޕްގެ ރިޔާސަތަކަށް ހެއްޔެވެ. ނޫނީ ދެން ކާކު ހެއްޔެވެ؟

އެންމެ ފަހުގެ ނަތީޖާއަކީ ހިލަރީ ކްލިންޓަން-ކަމަލާ ހަރިސްއެވެ. އެ ދެބޭފުޅުންގެ ޓީމު އުޅުއްވަނީ ޓްރަމްޕަށްވުރެ ކުޑަތަންކޮޅެއް ނަމަވެސް ކުރީގައެވެ.

Loading

One Response

  1. އަންހެނުން ބާރުވެރިކުރުވުގައުވެސް ނަމޫނާއަކަށް މިވަނީ ހަމަ އެމެރިކާއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް