ރައީސް ޑރ. މުޢިއްޒު, އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަންނަ އޮގަސްޓުމަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ރައީސް ޑރ. މުޢިއްޒު އެ ގައުމަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބައެއް އެގްރީމަންޓްތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާތީ އެކަން ރައްޔިތުންގެ މަޖިލީހަށް އެޕްރޫވަލް ހޯދަން ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިއީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅާބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް އެންމެ ފަހުން ވަޑައިގެންނެވީ އިންޑިއާއަށެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް ލަންކާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާއިރު, ސަރުކާރުގެ ބައެއް މިިނިސްޓަރުންނާއި އިސް ބޭފުޅުން މިހާރު ވެސް ތިއްބެވީ ރަސްމީ ދަތުރުފުޅުތަކުގައި ބައެއް ގައުމުތަކަށް ވަޑައިގެންނެވެ. ރާއްޖޭގެ މާލީ ހާލަތު ނާޒުކު ފައްތަރެއްގައިވާއިރު, މިދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހޭދަވެގެންދާނީ ކިހާވަރެއް ކަމެއް އަދި ނޭނގެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް