ސިޔާސީ މަގާމުތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Loading

Facebook
Twitter
WhatsApp

ސިޔާސީ މަގާމުތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ގޮވާލާ އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ.

އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހަޅާފައި ވަނީ ސިޔާސީ ގިނަ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއްނެތި މުވައްޒަފުން އިތުރުކޮށް، އާދައިގެ މަގާމު ތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނާތީ އެކަން ހުއްޓުވުމަށް ގޮވާލައެވެ.

އެގޮތުން ހާޒިރުވެ ތިއްބެވި 70 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު މި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައިވާއިރު މި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ތާއީދު ކޮށްފައިވަނީ އެންމެ 12 މެންބަރުންނެވެ.

ރައިސުލްޖުމްހުރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށް ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކުރުމުގައި ރައީސްއަށް ލިބިދީފައިވާ ބާރަކަށް ވީ ހިނދު މި ދަނޑިވަޅުގައި އެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުން އަންނަ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ރައީސްގެ ވައުދުފުޅާ ހިލާފުވެ ސަރުކާރުން ދަނީ ހައްދެއްނެތި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަސައްކަތާ އެކަށީގެންނުވާ ގިނަ އަދަދަކަށް ބޮޑެތި މުސާރައާއި އެކު މުވައްޒަފުން އައްޔަނުކޮށް އިދާރާތަކަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރަމުން ކަމުގައި މައޫރޫފް ވަނީ ތުހުމަތު ކުރައްވާފައެވެ.

Loading

One Response

  1. ސިޔާސީ މަގާމުތައް މަދުކުރުމާއި މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމާއު ކައުންސިލަރުން މަދުކުރުންވެސް ބޭރުކޮށްލާތި.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް