އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން އައްޔަންކުރަން ރުހުން އޮތްތޯ ބަލަނީ

Loading

Facebook
Twitter
WhatsApp

 މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ނައިބު ރައީސަކަށް ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭއެސްސީގެ ރައީސްކަން ކުރެއްވި އަލްއުސްތާޛާ ހިސާން ހުސެއިން އައްޔަންކުރަން ޕާޓީގެ ގައުމީ މަޖިލިހުގެ ރުހުން އޮތްތޯ ބެލުމަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ރައީސް ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެ ޕާޓީއަށް މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވަމުންގެންދަވާ، ޕާރޓީގެ ލީގަލް ޑިރެކްޓަރު ހިސާން އައްޔަން ކުރުމަށް ގަސްތުކޮށްފައިވާ ކަމަށެވެ.   

އެގޮތުން އެ ކަމަނާ އެ މަޤާމަށް ޢައްޔަނު ކުރުމަށް ޤައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައި ވާގޮތުގެމަތިން މިއަދު އެ ޕާޓީން ހުށަހަޅާފައިވާ ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.

އަދި ހިސާން އެމްޑީޕީއަށާއި، އެ ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިޙްލާސްތެރި ގިނަގުނަ ޚިދުމަތްތަކަށް ބަލާއިރު، އެ ކަމަނާއަކީ މި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް ދެކޭ ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.  

އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުކަމާއެކު އެ ނިންމުމުގައި އެކަމަށްވެސް ވިސްނުންބަހައްޓާފައި ވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް