އެމްއެމްޕީއާރްސީ ޚިޔާނާތުން ގެއްލުނު ފައިސާ ހޯދައި ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދޭނަން: ރައީސް

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުން ގެއްލުނު ފައިސާ ހޯދައި ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ެަެއެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީއިން މިރޭ ބޭއްވި އެ ޕާޓީގެ ޖަހަގަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ މިހާރު ގާނޫނުތައް ހުރި ގޮތުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ގެއްލުނު ފައިސާ ހޯއްދެވުމަކީ އެމަނިކުފާނުގެ ވައުދުފުޅެއްކަން ފާގަގަކަރައްވަމުން ރައީސް ވިދާޅުވީ އެ ފައިސާ އަނބުރާ ހޯދުމަށް ގާނޫނެއް ފާސް ކުރުމަށްޓަކައި އެސެޓް ރިކަވަރީ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ އެއް މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުން ގެއްލުނު ފައިސާ ހޯދައި ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޚިޔާނާތުގެ ފައިސާ 281 ބޭފުޅަކަށް ލިބިވަޑައިގެންނެވިކަމަށް މައްސަލަ ތަހުގީގުކުރާ އިދާރާތަކުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

އޭގެތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރުންނާއި، 19 ވަނަ މަޖިލީހުގެ 16 މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްކޮށް ތިއްބެވި 5 ބޭފުޅުންނާއި މިދިޔަ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި 07 ބޭފުޅުންނާއި 07 ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކުގައި ތިއްބެވި 23 އޮފިސަރުންނަށް ވެސް މި ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް ވެއެވެ.

ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުވާ ބައެއް ބޭފުޅުން:

އަހުމަދު ސަލީމް – އޭދަފުށި ދާއިރާގެ މެންބަރު (26.57 މިލިއަން ރުފިޔާ)

އަހުމަދު ޝިޔާމް – ފިޝަރީޒް މިނިސްޓަރު (1 މިލިއަން ރުފިޔާ)

އަހުމަދު ޠާރިގް- މަހިބަދޫ ދައިރާގެ މެމްބަރު (4.7 މިލިއަން ރުފިޔާ)

ހުސެއިން މުހައްމަދު ލަތީފް – ނައިބު ރައީސް (1.8 މިލިއަން ރުފިޔާ)

މުހައްމަދު ޣައްސާން މައުމޫން – ޑިފެންސް މިނިސްޓަރު (2.5 މިލިއަން ރުފިޔާ)

މުހައްމަދު ސައީދު – އިކޮނޮމިކް މިނިސްޓަރު (8.31 މިލިއަން ރުފިޔާ)

އިބްރާހިމް ޝުޖާއު – ބާރަށު ދާއިރާގެ މެންބަރު ( 8.6 މިލިއަން ރުފިޔާ)

ޢަބްދުއްރަޙީމް – ރައްޔިތުންގެ މަޖިލިހުގެ ރައީސް ( 1.7 މިލިއަން ރުފިޔާ)

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް – (23 މިލިއަން ރުފިޔާ)

މުހައްމަދު ހުސެއިން ޝަރީފް (މުންދު) – (579،286 ރުފިޔާ)

ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު ޖިހާދު (200،000 ރުފިޔާ)

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ( 200،000 ރުފިޔާ )

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން (200،000 ރުފިޔާ)

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ( 5،900،000 ރުފިޔާ)

ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ (2،231،300 ރުފިޔާ)

ފޮރިން މިނިސްޓަރު މޫސާ ޒަމީރު (ފައިސާ ލިބުނު އަދަދެއް ނޭނގެ)

އެންވަޔަަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހިމް (ފައިސާ ލިބުނު އަދަދެއް ނޭނގެ)

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ( 33،000 ޑޮލަރު)

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެތެރެއިން 35 މިލިއަން ރުފިޔާއާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހަވާލުވެވަޑައިގެންނެވި ކަމަށް ވެސް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.

އޭރު އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނެވި ރައީސް ޞާލިޙް ފައިސާއާއި ހަވާލުވެވަޑައިގެންނެވީ ރެހެންދި ފުލެޓުގައި ކަމަށާއި، ފައިސާ ހަވާލުކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

”ކަޅު ދަބަސް އުފުލި ރައީސް ޞާލިޙު ވެސް. އެ ވީޑީއޯތައް ވެސް ހުންނާނެ. ތަހުގީގީ ބަޔާނުގައި ވެސް އެ ވާހަކަތައް ހުންނާނެ. ޕޮލިސް ރިކޯޑިންގ އެ އެއްޗެހި ފޮހެލީ މުޙައްމަދު ރިޔާޟް.“ މިދިޔަ ސަރުކާރުގައި އޭނާގެ މައްޗަށް ޖިންސީ ކުށުގެ ދައުވާތަކެއް ކުރުމާ ގުޅިގެން ޝަރީއަތަށް ފިއްލަވަން އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވިއިރު ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.

Loading

2 Responses

  1. ތެދެއް ނުބުނާނެ ދޮގެއް ހެދެން ނެތިގެންނޫނީ. ތިޔަ ލިސްޓް ބަލާލީމާ އެނގޭ ވާނެގޮތް.. ނިހާނު މަޖިލިސް އިދާރާއަށް ލާފާ އެހުރީ ތިކަން ބަލަން ވެގެން. އެ އުޅެނީ އަދިވެސް ރޔ ފަހަތުން ދުވެވޭތޯ. ދެންހަމަ ހާޑްވަނީ. ދޮގު ބުނުން ހުށްޓުވަންވީ

  2. މީނާ މިހާރު ބޯހަމަ ޖެހޭބާ؟ ހަނީމޫން ނިމިއްޖެ. ވީ ހުސް ދޮގު ވައުދުތައް. މިހާރު ރައްޔިތުންނަށް ވީގޮތާއި ވާނުވާ އެނގިއްޖެއެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް