''މެނިންގޯކޮކަލް'' ގެ އިތުރު ކޭސްއެއް ރިޕޯޓު ކޮށްފައެއްނުވޭ: އެޗްޕީއޭ

Loading

Facebook
Twitter
WhatsApp

ނުރައްކާތެރި ބައްޔެއް ކަމަށްވާ “މެނިންގޯކޮކަލް“ ގެ އިތުރު ކޭސްއެއް ރިޕޯޓު ކޮށްފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މެނިންގޯކޮކަލްގެ ކޭސްއެއް ރާއްޖެއިން ފެނުނީ މިދިޔަ ޖޫންމަހުގައެވެ.

އޭރު މި ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން އެޗްޕީއޭއިން ކަމާބެހޭ މައުލޫމާތު އެއްކޮށް، “ކޮންޓެކްޓް ޓްރޭސިންގ“ ހަދައި، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ “ޕްރޮފައިލެކްޓިކް“ ބޭސް ދޭން ފެށިއެވެ.

އެ އެޖެންސީއިން މިއަދު ބުނީ މެނިންގޯކޮކަލް ބައްޔާ ގުޅިގެން ކުރެވުނު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި “ކްލޯޒް ކޮންޓެކްޓުންނަށް“ ބޭސްދީފައިވާ ކަމަށް ވެސް އެ އެޖެންސީއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މި ބަލީގެ އިތުރު ކޭސްއެއް އެ އެޖެންސީއަށް ރިޕޯޓް ކުރެވިފައިނުވާ ކަމަށެވެ.

މެނިންގޯކޮކަލް ބައްޔަކީ ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ “ނެއިސެރިއާ މެނިންގްޓިޑިސް“ ނުވަތަ އާންމު ނަމުންނަމަ “މެނިންގޮކޯކަސް“ ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ.

މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެެއްދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

މި ބަލި ޖެހުމުން ފެންނާނެ ބައެއް އަލާމާތްތައް:

ގަދަޔަށް ހުންއައުން.
ގަދަޔަށް ބޮލުގައި ރިއްސުން.
ކަރާއި ކަނދުރާއަށް ތަދުވެ ބާރުވެފައި ހުރުން.
ހޮޑުލެވުން.
ފައިގައި ރިހުން.
އަތްފައި ފިނިވުން.
އަވަސްއަވަހަށް ނޭވާލެވުން.
ހަށިގަނޑުގައި ރަތް އަދި ދަނބު ކުލައިގެ ފިތްގަނޑު ނެގުން.

މި ބަލި ޖެހިފައިވާކަން އެނގުމުން އެންޓިބައިޓިކް ދީ ވީހާވެސް އަވަހަށް ފަރުވާދިނުން މުހިންމެވެ. އަދި އަވަހަށް ފަރުވާ ނުކުރެވިއްޖެނަމަ މި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް