ސުރުޚީއަކީ އިއްޔެ ބިޒްނަސް އިންސައިޑަރ ގެ އެންމެ ހިޓް ސުރުޚީއެވެ. ސަބަބުތަކެއް އޮވެގެންނެވެ. ދުނިޔޭގެ ހަމައެކަނި ސުޕަރޕަވަރ އަށް ހުޅަނގުގެ އެތައް ގައުމަކުން އެއްވެސް ހިފޭއްޓުމެއް ނެތި އެއްބާރުލުން ދެމުން ދަނިކޮށް ހޫތީ މުޖާހިދުންފަދަ ބަޑަށް ޖައްސާފައިވާ ޖަމާޢަތަކާ ދެކޮޅަށް ހަނގުރާމައެއް ކުރުމުގެ ގާބިލުކަން ލިބިފައިވޭތޯ އަމިއްލައަށް ސުވާލު އުފެއްދުމަކީ ބޮޑުވެގެންވާ ސަބަބެކެވެ.
އެހެންނަމަވެސް އެއީ މިއަދުގެ ޙަގީގަތެކެވެ. އެ ސުވާލު އުފައްދާފައި ވަނީ ރެޑްސީގެ ތެރޭގައި ހޫތީންނާ ދެކޮޅަށް ޙަރަކާތްތެރި ވަމުން ގެންދާ އެމެރިކާގެ ކަނޑު ސިފައިންގެ ލަޝްކަރުގެ ކޮމާންޑަރެވެ. ބިޒްނަސް އިންސައިޑަރަށް އޭނާ ކިޔާދީފައި ވެއެވެ.
ހޫތީ މުޖާހިދުންނާއި ދެކޮޅަށް އެތައް މަސްދުވަހަކަށް ދެމިގެން ކުރެވެމުންމިދާ ހަނގުރާމާގައި އެމެރިކާ ސިފައިން ދަސްކުރަންޖެހޭ ވަރަށްގިނަ ފިލާވަޅުތަކެއް އަދިވެސް އެބަހުރިކަން އެނގިއްޖެއެވެ.
ޑްރޯން ބޭނުން ކޮށްގެން ކުރާ ހަނގުރާމައެއްގައި އެމެރިކާ ސިފައިންނަށް އެނގެނީ ކިހާ މިންވަރެއް ހެއްޔެވެ؟
ރެޑް ސީގެ ތެރެއިން ދަތުރުކުރާ ބޯޓުފަހަރަށް އަމާން ވެއްޓެއް ކަށަވަރު ކޮށްދިނުމަށްޓކައި އެމެރިކާއާއި ބައިވެރި ކުރަމުން ގެންދާ މި ހަނގުރާމާގައި ކުރިމަތިލާން ޖެހިފައިވާ ނުރައްކާ ވަރަށްވެސް ބޮޑެވެ. ހަމަ އެއާއި އެކު އެ ނުރައްކާތެރި ކަމުން އެމެރިކާގެ ސިފައިންނަށް ދަސްކޮށްދޭ ފިލާވަޅުތަކުގެ އަގުވެސް ވަޒަން ނުކުރެވޭނެއެވެ.
އެމެރިކާ ކަނޑު ސިފައިންގެ ލަޝްކަރުގެ ކުރީގެ ކޮމާންޑަރ އަދި ދެ ފަހަރެއްގެމަތިން ޔޫ އެސް އެސް ޑްވައިޓް ޑީ. އައިޒެންހާވަރގެ ކޮމާންޑަރުގެ ހައިސިއްޔަތުން ރެޑް ސީގައި ދުވަސްތަކެއް ހޭދަކުރި ރެއަރ އެޑްމިރަލް މާރކް މިގްއޭޒް މިހެން ލިއެފައިވެއެވެ.
އެމެރިކާއާއި ބައިވެރިންގެ ލަޝްކަރުތަކުން ހޫތީ މުޖާހިދުންގެ މިސައިލް އާއި ޑްރޯން ޙަމަލާތައް ދެނެގަނެ އެތަކެތި އަމަޒަށް ވާސިލުވުމުގެ ކުރިން ބައެއް ފަހަރު ނައްތާލައި ހަދަމުން ގެންދާތާ ހަތް މަސްދުވަސް ވެއްޖެއެވެ.
ނިއުކްލިއަރ ޕަވަރުން ދުއްވާ 5.3 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު އެއަރކްރާފްޓް ކެރިއަރ ޑްވައިޓް ޑީ. އައިޒެންހާވަރަކީ އާދައިގެ އުޅަނދެއް ނޫނެވެ. އެ ބިޔަ އުޅަނދު ބޭނުންކޮށްގެންވެސް ޙާސިލުކުރެވުނު ނަތިޖާއަކީ ހަމައެކަނި ހޫތީ މުޖާހިދުންގެ ޙަމަލާތަކުން ދަސްކުރެވުނު ފިލާވަޅުކެކެވެ.
މިސައިލް އާއި ޑްރޯން ޙަމަލާތަކުން ދިފާއު ވުމަށާއި އަދި އެތަކެތި އަމާޒަށް ވާސިލުވުމުގެ ކުރިން ނައްތާލުމަށްޓަކައި މިހާރު ލިބިފައިހުރި ވަރަށްވުރެން އަދި މާގިނަ ތަމްރީނުތައް ފުރިމަ ކުރަންޖެހޭކަން އެނގިގެން ހިނގައްޖެކަމަށް އޭނާ ބުނެފާވެއެވެ.
ތަފާތު ޙާލަތު ތަކުގައި ބޭނުން ކުރަމުން ގެންދަން ޖެހޭ ހުނަރުތަކާއި އުކުޅުތައް އޮތީ ދަސްކުރަން ޖެހިފައިކަން އެނގިއްޖެއެވެ.
ހޫތީ މުޖާހިދުންގެ އުކުޅުތަކަށް ބަލާއިރު މިސައިލުން ދޭ ޙަމަލާތަކާއި އެކު ވައިގެމަގުން ޑްރޯން ބޭނުންކުރުމާއި އަދި މިހާރަކަށް އައިސް ކަނޑުމަތިން ދުއްވާ ޑްރޯން ( ޑްރޯން ބޯޓުތައް ) ބޭނުންކުރުން އެއީ މީގެކުރިން ދެކިފައި ނުވާ ތަޖްރިބާއެކެވެ. އެންމެފަހުން ކަނޑުއަޑިން ދުއްވާ ޑްރޯންވެސް ބޭނުންކުރަން ފެށީއެވެ.
އަހަރެމެންނަށް ތަޖްރިބާކުރެވޭ މިއިން ކޮންމެ ޙާލަތެއްގެ މަޢުލޫމާތު ދިފާއީ ވުޒާރާގެ މާހިރުންނަށް ފޯރުކޮށްދީ ކަނޑު ސިފައިންގެ ލަޝްކަރު ތަކަށް ބޭނުންވާ އިތުރު ތަމްރީނުތައް ދެނެގަނެ އަދި މުސްތަގްބަލަށްޓަކައި އެ ތަމްރީނުތައް ފުރިހަމަ ކުރަން ޖެހޭނެއެވެ.
މިދިޔަ ޖޫންމަހު 22 ވަނަދުވަހު ޔޫ އެސް އެސް ޑްވައިޓް ޑީ އައިޒެންހާވަރ ރެޑް ސީ އިން ނިކުމެ އެމެރިކާއަށް މިސްރާބު ޖެހުމުގެ ކުރިން ރެއަރ އެޑްމިރަލް މިގްއޭޒް ގެ ބަދަލުގައި ރެއަރ އެޑްމިރަލް ކެވޯން ހަކީމްޒާދާ އެ އުޅަނދާ ޙަވާލު ވެއްޖެއެވެ.
މިވަގުތު ރެޑްސީގެ ތެރޭގައި އެ ފެންވަރުގެ އުޅަނޑެއް ނެތުމުން ހޫތީ މުޖާހިދުންގެ އިތުރު ޙަމަލާތަކެއް ރެޑް ސީގެތެރެއިން ދަތުރުކުރާ ބޯޓުފަހަރަށް އަމާޒުވެގެން ދާނެއެވެ.
މި ފާއިތުވީ ޖޫން މަހުގެ ތެރޭގައިވެސް ހޫތީ މުޖާހިދުންގެ ގިނަ ޙަމަލާތަކެއް އެ ސަރަޙައްދުން ދަތުރު ކުރާ ބޯޓުފަހަރަށް އަރައި ބޮޑެތި ގެއްލުތަކެއް ދީފައި ވެއެވެ.
ޑްވައިޓް ޑީ. އައިޒެންހާވަރގެ ބަދަލުގައި ޔޫ އެސް އެސް ތިއޮޑޯރ ރޫޒަވެލްޓް މިހާރު ދަތުރު ކުރަމުން ގެންދަނީ ރެޑް ސީއަށެވެ.