މުޅި އޮޑީގައި އަދުރޭގެ ދެފައި, ދަރިފުޅު ސަމާހާ ވެސް މެލޭޝިޔާ އެމްބަސީއަށް

Loading

Facebook
Twitter
WhatsApp

ަރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ދަރިފުޅު އައިޝަތު ސަމާހާ މެލޭޝިޔާ އެމްބަސީގެ މަގާމަކަށް ހަމަޖައްސައިފިއެވެ.

ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުން އައިޝަތު ސަމާހާ މެލޭޝިޔާ އެމްބަސީގެ މަގާމަކަށް ހަމަޖެއްސީ މިދިޔަ މަހުގައެވެ. އޭނާއާއެކު އޭނާގެ ގާތް ރަޙްމަތްތެރިއަކަށް ވެސް ވަނީ މެލޭޝިޔާ އެމްބަސީގެ މަގާމެއް ދީފައެވެ.

ދާދިފަހުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ވެސް އާ ޑެޕިއުޓީ މިނިސްޓަރެއް އައްޔަން ކުރައްވައިފައެވެ.

އެ މަގާމަށް އައްޔަން ކުރެއްވީ ޢަބްދުއްރަޙީމްގެ އެެއްބަނޑު އެއްބަފާ ބޭބެ, މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޢަބްދުﷲ ގެ ކުރީގެ އަނބިކަނބަލުން ފަޒްނާ ޖަލީލެވެ.

މިއީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކުރަން ނިންމަވާފައިވާކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ފަހުން ސިޔާސީ މަގާމުތަކަށް އައްޔަންކުރައްވައިފައިވާ ބޭފުޅުންނެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޢަބްދުއްރަޙީމްގެ އާއިލާގެ ބޭފުޅުންގެ ތެރޭގައި އެމަނިކުފާނުގެ ދަރިފުޅު ޓޫރިޒަމް މިނިސްޓަރު ފައިޞަލް އިބްރާހިމާއި ދަރިފުޅު މަރިޔަމް ސާޖިދާ ވެސް ހިމެނެއެވެ. ސާޖިދާއަކީ ސްޓެލްކޯގެ ބޯޑު މެންބަރެކެވެ. އަދި އޭނާގެ ފިރިމީހާ ފެލިދޫ ދާއިރާގެ އެމްޕީ އާދަމް ޒާހިރަކީ ވެސް
ސްޓެލްކޯގެ ބޯޑު މެންބަރެކެވެ.

މީގެއިތުރުން އަދުރޭގެ ޅީ ދަރިފުޅު އަޙްމަދު ހިޝާމް ވަޖީހް ހުންނެވީ މިނިސްޓަރު އެޓް ޕްރެޒިޑެންޓް އޮފީސް ފޯ ލީގަލް އެފެއާޒްގެ މަގާމުގައެވެ.

Loading

4 Responses

  1. ސިޔާސީ މަގާމެއް ނޫނެއްނު . އެއަށް ކިޔާނީ އާއިލީ މަގާމު ތައް .. މިފެންނަނީ ބޮޑު ބިޔަބޮޑެތި އާއިލާ އޮތުމުގެ ފައިދާ އަދި ދުވަސްކޮޅަކުން އަޑުއިވޭނެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އަދުރެމެޓިކްސް ގެ ދޮށީއަބި އައްޔަނު ކުރި ހަބަރު ވެސް..

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް