މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް އާ ޑެޕިއުޓީ މިނިސްޓަރެއް އައްޔަން ކުރައްވައިފިއެވެ.
“ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރެއްވީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ ފަޒުނާ ޖަލީލެވެ.
ނަމަވެސް މިކަމާ ގުޅޭ މައުލޫމާތެއް ރައީސް އޮފީހަކުން އަދި ހާމައެއް ނުކުރެއެވެ. ސިޔާސީ މަގާމުތައް ގިނަވެގެން ފާޑުކިޔުން އަމާޒުވި ފަހުން ރައީސް އޮފީހުގެ ވެބްސައިޓަކަށް ވެސް އެފަދަ މައުލޫމާތެއް މިހާރު އާންމެއް ނުކުރެއެވެ.
ފަޒުނާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އެެއްބަނޑު އެއްބަފާ ބޭބެ, މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޢަބްދުﷲ ގެ ކުރީގެ އަނބިކަނބަލުންނެވެ.
ފަޒުނާ މި މަގާމަށް އައްޔަން ކުރައްވާފައި މިވަނީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މިވަގުތު އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ބުނާ ވަގުތެެއްގައެވެ.
2 Responses
Dan lalala
ޓެކުސް ފައިސާ ދަވާލަނީ މޮޔައިޒް އާއި ރޫމާނީއެދުރު