ޔޫކްރެއިން ސިފައިންގެ އިސް މަގާމުތަކުގައި މުނާފިގު ވިސްނުން މޫލާފައި

Loading

Facebook
Twitter
WhatsApp

ޔޫކްރެއިންގެ ރައީސް ޒެލެންސްކީގެ އޮފީހަށް ޙަވާލާދީ ދަ ޓެލިގްރާފުގެ މިއަދު ސުރުޚީތަކުން އެންމެ ފާހަގަކުރެވޭ އެއް ޚަބަރަކީ އެ ގައުމުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ޖޮއިންޓް އާރމްޑް ފޯސަސްގެ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ޔޫރީ ސޮޑޯލް ވަޒީފާއިން ވަކި ކުރެއްވައި އޭނާގެ ބަދަލުގައި އެމަގާމަށް ބްރިގޭޑިއަރ ޖެނެރަލް އެންޑްރީ ނާޓޯވް އައްޔަން ކުރި ޚަބަރެވެ.

ރައީސް ޒެލެންސްކީގެ އޮފީހުން ބުނެފައިވަނީ ރަޝިޔާގެ އެއްވެސް ޖެނެރަލެއްގެ އޯޑަރ ރަޝިޔާ ސިފައިން ތަންފީޒުކުރުމުގެ ސަބަބުން މަރު ނުވާވަރަށް ޔޫރީ ސޮޑޯލް ޔޫކްރެއިންގެ ސިފައިން މަރާފައިވާ ކަމަށެވެ.                                    

ރައީސް އޮފީހާ ހަމަޔަށް މިކަންތައް ފަޅާއަރުވާލި ކަމަށް ރައީސް ޒެލެންސްކީ ކޮންމެ ރެއަކު ދެއްވާ ނިއުސް ބްރީފިންގައި ވިދާޅުވެފައި ވަނީ ސޮޑޯލްގެ ލީޑަރޝިޕާއި ދޭތެރޭ ޝައްކުކުރެވޭ ކަމަށްބުނެ އެކަން ތަޙްގީގު ކޮށްދިނުމަށް އެދި ސްޓޭޓް ބިއުރޯ އޮފް އިންވެސްޓީގޭޝަނަށް ހުށައަޅަން ފެންނަކަމަށް އަޒޯވް ބްރިގޭޑުގެ ޗީފް އޮފް ސްޓާފް ބޮހްދާން ކްރޮޓޭވިޗް ރައީސަށް ދެންނެވުމާ ގުޅިގެންނެވެ.                       

ރަޝިޔާގެ އެއްވެސް ޖެނެރަލެއްގެ އޯޑަރ ރަޝިޔާ ސިފައިން ތަންފީޒުކުރުމުގެ ސަބަބުން މަރު ނުވާވަރަށް އަހަރެމެންގެ ޖޮއިންޓް އާރމްޑް ފޯސަސްގެ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ޔޫރީ ސޮޑޯލް އަހަރެމެންގެ ސިފައިން މަރާފައިވާތީ އެކަން ބަލާ ތަހްގީގުކުރަން ޖެހޭކަމަށް ސްޓޭޓް ބިއުރޯ އޮފް އިންވެސްޓީގޭޝަންގައި ލިއުމަކުން އަހަރެން ދެންނެވީމެވެ. ދަ ޓެލެގްރާމް މެސޭޖިންގ އެޕްގައި ބޮހްދާން ކްރޮޓޭވިޗް ލިއެފައި ވެއެވެ.          

ބައެއްފަހަރު ދުނިޔޭގެ ކުރިމަތީގައި އަހަރެމެންނަކީ ކޮންފަދަ “ ސްކަމްބޭގް “ ގައުމަށް ބޭވަފާތެރި ބައެއްކަމުގައި އަހަރެން ހިތަށް އަރައެވެ. އަހަރެމެންގެ މިލިޓްރީގެ އެންމެ އިސް ކޮމާންޑަރުން ކަންތައްކުރާ ގޮތަކީ މިހިރީއެވެ. މިލިޓްރީގެ ގިނަ އިސްބޭފުޅުންނަށް މި ބުނާ ލެފްޓިނެންޓް ޖެނެރަލްގެ ހަރަކާތްތައް އެނގޭނެއެވެ. އެކަމަކު އޭނާގެ މަގާމުގެ ހައިސިއްޔަތަށް ބަލާފައި އެ ވާހަކަ ދައްކަން ނުކެރެނީއެވެ.                           

މިދިޔަ ފެބްރުއަރީ މަހު ލެފްޓިނެންޓް ޖެނެރަލް ޔޫރީ ސޮޑޯލް ޖޮއިންޓް އާރމްޑް ފޯސަސްގެ ކޮމާންޑަރ އަށް ވަޒީފާގެ ކުރިއެރުން ލިބުމުގެ ކުރިން އޭނާ ހުރީ ޔޫކްރެއިން ކަނޑު ސިފައިންގެ ކޮމާންޑަރަކަށެވެ. އެދުވަސްވަރު ނިޕްރޯ ކޯރު ހުރަސްކޮށް ރަޝިޔާއިން ހިފާފައިވާ ސަރަހައްދަކަށް “ އަމިއްލައަށް މަރުވާނެ ޖަމާއަތެއް “ ފޮނުވަން އަމުރުކޮށްފައިވާ ކަމަށް ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް ޔޫކްރެއިން ކަނޑު ސިފައިންގެ މީހަކު ސަރުކާރަށް ވަނީ މައުލޫމާތު ދީފައިކަންވެސް ދަ ޓެލިގްރާފަށް އެނގިފައި ވެއެވެ.                           

ބޮހްދާން ކްރޮޓޭވިޗް ހާމަކޮށްފައިވާ ފަދައިން ޔޫކްރެއިން ސިފައިންގެ ތެރޭގައި މުނާފިގު ވިސްނުން އަށަގެންފައިވަނީ ކަންބޮޑުވާ މިންވަރަކަށެވެ. މީގެ ކުރިން ޔޫކްރެއިންގެ އާރމްޑް ފޯސަސްގެ ކޮމާންޑަރ-އިން-ޗީފްގެ މައްސަލަތަކެއް ފެންމަތިވެ އޭނާވެސް ވަނީމަގާމުން ދުރުކޮށްފައެވެ.

އޭގެކުރިން ދިފާއީ ވަޒީރުގެ މައްސަލަތަކެއްގައި އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އޭނާ ވަޒީފާއިން ވަކިކޮށް ރުސްތަމް އުމަރޯވް އެ މަގާމަށް އައްޔަން ކުރުމުންވެސް “ ޔަހޫދީ ދީނުގެ ރައީސަކު އޭނާގެ އެންމެ ބާރުގަދަ ވަޒީރު ކަމަށް މުސްލިމަކު އައްޔަން ކުރީތީވެ “ ފާޑު ކިއުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެއެވެ.                                                

ރައީސް ޒެލެންސްކީ އަކީ ޔަހޫދީއެއް ކަމުގައި ވިޔަސް އެގައުމުގައި ދިރިއުޅޭ މުސްލިމް އާބާދީ އާއިއެކު ވަރަށްގާތް ގުޅުމެއް ގެންގުޅުއްވާ ކަމަށް މީޑިއާތަކުން ހާމަކުރަމުން ގެންދެއެވެ.

މިދިޔަ ރޯދަމަހުގެ ބައެއް ރޯދަވީއްލުންތަކުގައި ބައިވެރިވެ ވަޑައިގެން އެގައުމުގެ އެންމެ ޝަރަފްވެރި ބައެއް މުސްލިމް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔުކްރެއިންގެ މިލިޓްރީ ކޮމާންޑަރ ( 1648 ން 1657 ށް) ބޮހްދާން ޒިނޯވީ މައިޚާއިލޯވިޗް ޚްމެލްނީސްޓްސްކީގެ ހަނދާން އާކުރައްވައި މުސްލިމް ކޮމިއުނިޓީގެ ބައެއް އިސްބޭފުޅުންނަށް ޝަރަފްގެ ލިއުން ދެއްވިއެވެ.

އެ ބައްދަލުވުން ތަކުގައިވެސް ރައީސްގެ އެންމެ އަރިހުގައި ތިއްބެވީ ޑިފެންސް މިނިސްޓަރ ރުސްތަމް އުމަރޯވް އާއި ބޮހްދާން ކްރޮޓޭވިޗް އެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް