އަމިއްލަ ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މައާފުވާ މިންވަރު 10,000 ރުފިޔާއަށް މަތިކުރަނީ

Loading

Facebook
Twitter
WhatsApp

އަންނަ މަހުން ފެށިގެން ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މައާފުވާ މިންވަރު 6,000 ރުފިޔާއިން 10,000 ރުފިޔާ އަށް މަތިކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުގެ ދަށުން ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ތަކެތި
ދޫކުރުމުގައި ކަސްޓަމްސްއިން އަމަލުކުރާނެ ގޮތުގެ އުސޫލުގައެވެ.

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމުގެ އުސޫލުގައިވާ ގޮތުން އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތިން ޑިއުޓީ މައާފުކޮށް ދޫކުރެވޭނީ ކަސްޓަމްސްއިން ކަނޑައަޅާ އެފްއޯބީ އަގުން 10,000 ރުފިޔާގެ ތަކެއްޗެވެ. ނަމަވެސް ބިދޭސީންގެ ނަމުގައި ގެންނަ ތަކެތި އެ އެލަވަންސްގެ ދަށުން ދޫނުކުރެވޭނެއެވެ.

އުސޫލުގައިވާ ގޮތުން ނުވަތަ ޝިޕްމެންޓުގެ ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ ީ އެފްއޯބީ އަގު 10,000 ރުފިޔާ އަށްވުރެ ބޮޑުނަމަ އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންވާނެ ކަމަށެވެ. އަދި އެމުދަލުން ޑިއުޓީ ނަގާނީ، ޑިއުޓީދައްކަން
ކަސްޓަމްސްއިން ކަނޑައަޅާ އެފްއޯބީ އަގުން 10,000 ރުފިޔާ
އުނިކުރުމަށްފަހު ބާކީ އަންނަ އަދަދުންނެވެ. އެލަވަންސް ދިނުމުގެ ބޭނުމަށް، ޝިޕްމެންޓުގެ ގޮތުގައި ބަލާނީ ކޮންމެ ހައުސް އެއަރވޭބިލް ނުވަތަ ހައުސްބީއެލްއެއް
ވަކީންނެވެ. ނަމަވެސް އެއް މެނިފެސްޓްގެދަށުން އެކަކުގެ ނަމުގައި ގެންނަ ތަކެއްޗާއި އެއް މާސްޓަރ އެއަރވޭބިލް ނުވަތަ މާސްޓަރ ބީއެލްގެ ދަށުން ގެންނަ ތަފާތު ހައުސްއެއަރވޭބިލް ނުވަތަ ހައުސްބީއެލް ތަކުގައި އެކެއްގެ ނަމުގައި ޝިޕްމަންޓްތައް ގެނެސްފައިހުންނަ ހާލަތުގައި، މި އުސޫލުގެ ދަށުން އެލަވަންސް ދިނުމުގައި ބަލާނީ އެއް ޝިޕްމަންޓެއްގެ ގޮތުގައެވެ. ޕޯސްޓްގެ މަގުން ގެނެވޭ ތަކެއްޗަށް އެލަވަންސް ދިނުމުގައި ޝިޕްމެންޓުގެ ގޮތުގައި ބަލާނީ ކޮންމެ ޓްރެކިންގ ނަންބަރެއް ވަކީންނެވެ.

ނަމަވެސް އެއް ޕޯސްޓް ބޭގެއްގައި އެކަކުގެ ނަމުގައި
ގެނެސްފައި ހުންނަ ތަކެތި ބަލާނީ އެއް ޝިޕްމެންޓްގެ ގޮތުގައެވެ. މުދަލުގެ ނުވަތަ ޝިޕްމެންޓުގެ ކަސްޓަމްސްއިން ކަނޑައަޅާ އެފްއޯބީ އަގު 10,000 ރުފިޔާ އަށްވުރެ ކުޑަނަމަވެސް، އެތަކެތީގެ ބާވަތާއި އަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ އަމިއްލަ ކުދި ކުދި ބޭނުންތަކަށް
ދޫކުރެވޭ ވަރަށްވުރެ ގިނަ ތަކެތި ކަމަށްވާނަމަ ގުޑްސް ޑިކްލަރޭޝަން ހުށަހަޅައި ޑިއުޓީ ދައްކަންވާނެ ކަމަށް އުސޫލުގައިވެއެވެ.

އުސޫލުގައިވާ ގޮތުން އަމިއްލަ ފަރުދުންގެ ބޭނުމަށް، ޑޮކްޓަރެއްގެ ބޭސްސިޓީއާއެކު، ގިނަވެގެން 6 މަސްދުވަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް، އެތަކެތީގެ އަގަށް ރިއާޔަތްކުރުމެއް ނެތި ދޫކުރެވޭނެއެވެ.

ވިޔަފާރި މުދަލުގެ ގޮތުގައި ނުބެލެވޭ ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ޑިއުޓީ މައާފުކޮށް ދޫކުރެވޭނެއެވެ.

ކޮމާޝަލް ވެލިއު ނުހުންނަ ލިޔުންތަކާއި އެކަކު އަނެކަކަށް ފޮނުވާ ޑޮކިއުމެންޓްސް، ޕޯސްޓްކާޑް، ނުވަތަ އިލެކްޓްރޯނިކް މީޑިޔާގައި ހުންނަ އެކި ބާވަތުގެ ލިޔެކިއުމާއި
ޑޮކިއުމެންޓް ފަދަ ތަކެތި.

އާންމުކޮށް ހިލޭ ބެހުމަށް ގެންނަ އެކި ބާވަތްތަކުގެ ލީފްލެޓް، ބްރޯޝަރ، ޕޯސްޓަރ ފަދަ ތަކެތި.

ވިޔަފާރި ސާމްޕަލް ގޮތުގައި ގެނެވޭ ތަކެތި. މިގޮތުން އެއްޗެއްގެ އަގު 50 ޑޮލަރަށްވުރެ ބޮޑުނަމަ، އެއެއްޗެއް ހުންނަންވާނީ އާންމުކޮށް ވިއްކުމަށް ބޭނުން ނުކުރެވޭ ގޮތަށް، އެއީ ސާމްޕަލްކަން ދޭހަވާ ގޮތަށް ފާހަގަ ޖަހައި ނުވަތަ އެނޫންވެސް
ގޮތަކުން އެއަށް ބަދަލުގެނެވިފައި.

1.ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަ ތަކެތީގެ ތެރެއިން ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންނުޖެހޭ ތަކެތި:

ބޭނުންކުރަން ގެންގުޅޭ އެކަށީގެންވާ އަދަދެއްގެ ގަހަނާއާއި އަތުކުރީ ގަޑިއާއި ގަލަންފަދަ ތަކެތި.

ބޭނުންކުރަން ގެންގުޅޭ ޕޯޓަބަލް މިއުޒިކް އިންސްޓްރޫމެންޓްސް، ޕޯޓަބަލް ސައުންޑް ރިޕްރޮޑަކްޝަން ޑިވައިސް، ޕޯޓަބަލް ރޭޑިޔޯ، ޓީވީ، ކަލްކިއުލޭޓަރ، ކެމެރާ، ފޯނު، ލެޕްޓޮޕް، ޕޯޓަބަލް އޯޑިއޯ / ވީޑިއޯ ޕްލޭޔަރ ފަދަ ތަކެތި.

އެކަށީގެންވާ އަދަދަކަށް ޓޮއިލަޓްރީޒް (ސައިބޯނި، ޝޭމްޕޫ، ސެންޓުފަދަ ތަކެތި)

ބޭނުންކުރަން ގެންގުޅޭ ބޭބީ ކެރިއޭޖް، ސްޓްރޯލަރ، ވީލް ޗެއަރ އަދި ސަރފްބޯޑް، ބޮޑީބޯޑް، ސްނޯކްލިންގ މާސްކް/ފިންސް، ފަދަ ސްޕޯޓިންގ އިކްއިޕްމެންޓްސް.

ކިޔަން ގެންގުޅޭ ފޮތް، ނޫސް، މަޖައްލާ ފަދަ ތަކެތި.

2.ޑިއުޓީ އިނާޔަތް ދިނުމުން އިސްތިސްނާވާ ތަކެތި:

ދުންފަތް ނުވަތަ ނިކޮޓިންގ އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި، އީ-ސިގިރެޓާއި، ޝީޝާ އަދި ފްލެވަރޑް ސިގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެތި.

ޕްލާސްޓިކް ކޮތަޅާއި ސިންގަލް ޔޫސް ޕްލާސްޓިކް ގޮތުގައި ގިންތިކުރެވޭ ތަކެތި.

އެނާޖީ ޑްރިންކް.

މޮޓޯސައިކަލާއި އޮޓޯސައިކަލް.

އެއްގަމުގައި ދުއްވާ 4 ފުރޮޅުލީ އުޅަނދުފަހަރު.

ކަނޑުގައި ދުއްވާ އުޅަނދުފަހަރު.

އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ސްޕެއަރޕާޓްސް.

މީގެއިތުރުން ޝިޕްމެންޓްގައި ހިމެނޭތަކެއްޗަކީ ޑިއުޓީ އިނާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އަމިއްލަ ބޭނުން ފިޔަވައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އެތަކެތި ބޭނުންކުރާ ފަރާތެއްކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވޭ ފަރާތްތަކުން ގެންނަ ތަކެއްޗާއި, މުދަލުގެ ނުވަތަ ޝިޕްމެންޓުގެ ޖުމްލަ ކަސްޓަމްސްއިން ކަނޑއަޅާ އެފްއޯބީ އަގު 10,000 ރުފިޔާއަށްވުރެ ކުޑަ ނަމަވެސް މުދަލުގެ ބާވަތާއި އަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ ވިޔަފާރި މުދަލުގެ ގޮތުގައި ކަސްޓަމްސްއަށް ގަބޫލުކުރެވޭ ތަކެތި ހިމެނެއެވެ.

ފޮޓޯ: ވަގުތު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް