ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ޑޮލަރު ވިއްކާ އަދަދު ވަރަށް ބޮޑަށް ކުޑަކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ވިއްކުމުގައި ގެންގުޅޭ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ މީގެ ކުރިން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކި ނަމަވެސް ދެން ޑޮލަރު ވިއްކާނީ އެ ދަރިވަރަކު ހުންނަ ގައުމަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދިނުމަށް ކަނޑައަޅާފައިވާ ސްޓައިޕެންޑަށް ވާ ފައިސާ ކަމަށެވެ.

އެގޮތުން މިހާރު ދަރިވަރުންނަށް އެކަން އަންގާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ސްޓައިޕެންޑުގެ ގޮތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބޭރުގެ އެކި ގައުމުތަކަށް ކަނޑައަޅާފައިވަނީ އެކި އަދަދުތަކެވެ.

މެލޭޝިއާ: 416 ޑޮލަރު.

އިންޑިއާ: 440 ޑޮލަރު.

ބަންގްލަދޭޝް: 400 ޑޮލަރު.

ތައިލެންޑު: 598 ޑޮލަރު.

ނޭޕާލް: 415 ޑޮލަރު.

ފިލިޕީންސް: 450 ޑޮލަރު.

ރަޝިޔާ: 615 ޑޮލަރު.

މިއީ މަހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަދުތަކެވެ. މި ބަދަލުތަކާއެކު ގިނަ ދަރިވަރުންތަކަކަށް މަހެއްގެ މައްޗަށް ވިއްކަމުން އައި ޑޮލަރުގެ އަދަދު, ދެބައި ކުޅަ އެއް ބަޔަށް ކުޑަވެގެންދާނެއެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ ސްޓައިޕެންޑުގެ ގޮތުގައި އެކި ގައުމުތަކަށް މިނިސްޓްރީން ކަނޑައަޅާފައިވާ އަދަދު ެއެ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ޑޮލަރު ނެގޭނެ އަދަދު 1،200 އިތުރުކުރުމަށް މިދިޔަ ޑިސެމްބަރުގައި ސަރުކާރުން ވަނީ ވައުދުވެފައެވެ. ނަމަވެސް އަދިވެސް އެ ވައުދު ފުއްދައިފައެއް ނުވެއެވެ.

ބޭންކުތަކުން ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓު އުވައިލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް