ހިޒްބުއްލާއާއެކު ފުރިހަމަ މާނައިގައި ކުރާ ހަނގުރާމައަކުން ފިލާނެތަނެއް ނުލިބޭނެ

Loading

Facebook
Twitter
WhatsApp

ޙިޒްބުއްލާ އާއެކު ފުރިހަމަ ހަނގުރާމައެއް އިސްރާއީލުން ފަށައިފިނަމަ ފިލަން ވަންނާނެ ތަނެއް ނުހޯދޭނެ ކަމަށް ސައްޔިދު ޙަސަން ނަސްރުލާ ވިދާޅުވެ އިންޒާރު ދެއްވައިފިއެވެ.

އަދި އެ އިންޒާރުގައި ސައިޕްރަސްއިން އިސްރާއީލުގެ ބޭނުމަށް އެގައުމުގެ އެއަރޕޯރޓް ހުޅުވާދީފިނަމަ ނަތީޖާ ވަރަށް ހިތިވާނެކަމަށްވެސް ވިދާޅުފައިވެއެވެ.

އަހަރެމެން މިތިބީ މާކުރިއްސުރެންވެސް ދުޝްމިނުންނާއި އެކު ފުރިހަމަ މާނައިގާ ކުރެވޭ ހަނގުރާމަ އަކަށް ތައްޔާރު ވެގެންކަން އެމީހުންނަށް އެނގޭނެއެވެ. އަހަރެމެންގެ ރޮކެޓްތަކުގެ ލޮލަށް އިސްރާއީލުގެ ހުރިހާތަނެއް ފެންނާނެއެވެ. ފިލަން އޮންނާނެ ތަނެއް ނުލިބޭނެއެވެ.

 ސައްޔިދު ހަސަން ނަސްރުﷲ މިހެން ވިދާޅުވެފައިވަނީ ޓެލިވިޒަން މެދުވެރިކޮށް އިއްޔެ ދެއްކެވި ވާހަކަފުޅު ގައެވެ. އިސްރާއީލުން އަހަރެމެންގެ ޙަމަލާތައް އެއްގަމާ ވަޔާ އަދި ކަނޑުގެ މަގުން އަންނަތަން ދެކޭނެއެވެ. އެކްސިސް އޮފް ރެޒިސްޓެންސްގެ ސިފައިން އިސްރާއީލުގެ އުތުރުން ގަލީލީ ސަރަހައްދަށް ވަންނަތަން ދެކޭނެއެވެ.                                               

އިސްރާއީލާ ދެކޮޅު ޙިޒްބު ﷲ އަކީ ޙަމާސްގެ ބައިވެރިއެކެވެ. މިހާރުވެސް ދޭތެރޭ ދޭތެރޭން ޙިޒްބު ﷲ އިން ގެންދަނީ ޙަމާސް އަށް އެހީތެރިވުމުގެ ގޮތުން އިސްރާއީލަށް ޙަމަލާތައްދީ ދުއްތުރާ ކުރަމުންނެވެ.                  

ޙިޒްބު ﷲ އަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ބުނެފައިވަނީ ލެބަނަން އާއިއެކެ ހަނގުރާމަ   އަކަށް ދާން ޖެހިދާނެތީ މިހާރު އެކަމަށް އޮތީ ހުއްދަ ލިބިފައެވެ.  އަދި ޙިޒްބު ﷲ ގެ ދުވަސް ދުއްވާލާނެ ކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ކަޓްޒް ވަނީ އިންޒާރު ދީފައެވެ.                                        

ނަސްރު ﷲ ގެ ވާހަކަފުޅުގައި އެ ޖަމާޢަތުން އިސްރާއީލުގެ އެއަރޕޯރޓް ތަކަށް ޙަމަލާ ދީފިނަމަ ސައިޕްރަސްގެ އެއާރޕޯރޓް އިސްރާއީލަށް ހުޅުވައި ނެދޭނެކަން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސައިޕްރަސްއިން އެގޮތަށް އަމަލުކޮށްފިނަމަ އެކްސިސް އޮފް ރެޒިސްޓެންސުން ދެކެވޭނީ ސައިޕްރަސް އިން އިސްރާއީލާ އެއްކޮޅަށް މި ހަނގުރާމައިގާ ބައިވެރިވީ ކަމުގައެވެ. އެއަށްފަހު އަހަރެމެން ކަންތައް ކުރާނެގޮތް ސައިޕްރަސް އަށް ބުނެދޭކަށް ނުޖެހޭނެއެވެ.                                                             

ސައިޕްރަސްއަކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމެކެވެ. އަދި އެގައުމުން ލެބަނަން އާއި އިސްރާއީލާއި އެކުވެސް ރަނގަޅު ގުޅުމެއް އޮވެއެވެ. ސައިޕްރަސް އޮންނަނީ އިސްރާއީލާއި ލެބަނަން ކައިރީގައެވެ.

ސައިޕްރަސްއަކީވެސް ކުރިން އިނގިރޭސީންގެ ހަންމުށީގެ ބާރުގެ ދަށުގައި ގެންގުޅުނު ގައުމެކެވެ. 1960 ވަނަ އަހަރު އެ ގައުމަށް މިނިވަންކަން ދިން ނަމަވެސް މިހާރުވެސް އެ ގައުމު 2 ސަރަހައްދެއްގައި އިނގިރޭސީންގެ މިލިޓްރީ ބޭސް ހުރެއެވެ.                                                       

ޙަސަން ނަސްރު ﷲ ގެ އިންޒާރު އައިސްފައި މިވަނީ 2022 ވަނަ އަހަރު އިސްރާއީލާއި ލެބަނަންގެ ކަނޑުގެ ބޯޑަރ ކަނޑައެޅުމުގައި އެމެރިކާގެ ފަރާތުން އިސް ދައުރެއް އަދާކުރެއްވި އެމޯސް ހޮކްސްޓެއިން ލެބަނަން އަށް ވަޑައިގެން ދެފަރާތުގެ ޙަމަލާތަކާހުރެ މިހާރު ހޫނުވަމުންދާ ސަރަހައްދު ފިނިކުރުމަށް ބާރު އަޅުއްވައި މަޝްވަރާ ކުރެއްވިތާ 2 ދުވަސް ފަހުންނެވެ. ލެބަނަންއަށް ވަޑައިގަތުމުގެ ކުރިން ހޮކްސްޓެއިން ވަނީ އިސްރާއީލަށްވެސް ވަޑައިގެންފައެވެ.                                                           

އިސްރާއިލުން ދެމުން ގެންދާ އިންޒާރާއި އެމެރިކާގެ މީޑިއޭޓަރ ދައްކަވާ ވާހަކައަކީ އަހަރެމެންނަށް އާ ވާހަކަ ތަކެއް ނޫނެވެ. އެވާހަކަތައް އިވުމަކުން އަހަރެމެން ހީބިހި ނަގައިގެން ނުދެއެވެ. ޙަސަން ނަސްރު ﷲ ވިދާޅުވިއެވެ.

މިދިޔަ އަންގާރަދުވަހު ޙިޒްބު ﷲ އިން ވަނީ ޓެލިވިޒަން މެދުވެރިކޮށް އިސްރާއީލުގެ ހައިފާ ބަނދަރުގައި ހަރަކާތްތެރިވަމުންގެންދާ އިސްރާއީލުގެ ސެންސިޓިވް މިލިޓްރީ އަދި ދިފާއީ ހަރަކާތްތަކާއި ހަކަތައާއި ގުޅުން ހުރި ވަސީލަތްތަކަކާއި އަދި މުހިންމު އިމާރާތް ތަކެއްގެ 9 މިނިޓްގެ ވީޑިއޯ ކްލިޕެއްވެސް ހާމަކޮށްފައެވެ.

ޙަސަން ނަސްރު ﷲ ވިދާޅުވެފައިވަނީ އެ ހަރަކާތްތައް ވީޑިއޯ ކޮށްފައި އެވަނީ ޑްރޯން ބޭނުންކޮށްގެން ކަމަށެވެ. ބައެއް މީޑިއާތަކުން އެކަން މާނަކޮށްފައިވަނީ “ ކަލޭމެންގެ ހުރިހާ ހަރަކާތެއް ހިނގަނީ އަހަރެމެންގެ  ލޯމަތިގައޭ “ ބުނުން ކަމުގައެވެ.                                                           

ހަސަން ނަސްރު ﷲ ގެ އިންޒާރުގައި އަދިވެސް ވިދާޅުވެފައި ވެއެވެ. އަހަރެމެން އަތުގައި ތަފާތު ވައްތަރުގެ ގިނަ ހަތިޔާރު އެބަ ހުއްޓެވެ. ވަގުތު ޖެހެންދެން ބޭނުންނުކޮށް ބަހައްޓާފައި ހުރީއެވެ. މީގެ ކުރިން އަހަރެމެންގެ ލަޝްކަރުގައި އެއްލައްކަ ހަނގުރާމަވެރިން ތިބިއިރު މިހާރުގެ އަދަދު ކަލޭމެންނަށް އަންދާޒާކުރަންވެސް ނޭގޭނެއެވެ.

ޙިޒްބު ﷲ އާއި އިސްރާއީލުން އިސްރާއީލުގެ އުތުރު ސަރަހައްދުގައި ޙަމަލާތައް ބަދަލު ކުރަމުން ގެންދިއުމަކީ އަބަދު ހިނގަހިނގާ ހުންނަ ޙަރަކާތެކެވެ. އެ ޙަމލާތަކުގައި ދެފަރާތަށްވެސް އެކިވަރުގެ ގެއްލުން ލިބެމުންދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް