އިސްލާމްދީނަށް ފުރައްސާރަކޮށް 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ

Loading

Facebook
Twitter
WhatsApp

އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލްމީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް ޕޯސްޓު ކޮށްފައިވަނީ ޢާއިޝަތު ނަޒްހާގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ.

“ހިލަގަނޑެއް ވަށައިގެން ބުރުޖަހާފައި އެޔަށް ބެންޑްވެ ބޮސްދިނުން އޯކޭ. އެކަމަކު ޔޯގާ ހަރާމް“ ހައްޖުގެ އަޅުކަމަށް ފުރައްސާރަކޮށް ކޮށްފައިވާ ޕޯސްޓުގައި ވެއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިސްލާމްދީނަށް ފުރައްސާރަކޮށް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއް އެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ޕޯސްޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް