އެމެރިކާއިން އިސްރާއީލަށް ދިނީ ނުގޮވާ ހަތިޔާރުތަކެއް:ނަތަންޔާހޫ

Loading

Facebook
Twitter
WhatsApp

ސީ އެން އެން ގެ ޚަބަރުގައި ބުނެފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ އާންމުކޮށް ބުނަމުން ގެންދާފަދައިން އެމެރިކާއިން އިސްރާއީލަށް ދީފައިވަނީ ނުގޮވާ ހަތިޔާރު ތަކެއް ނޫންކަމަށާއި ނަތަންޔާހޫ ދޮގު ހަދަނީ ކަމަށް މިދިޔަ އަންގާރަދުވަހު ރައީސް ބައިޑްންގެ މަންދޫބު އެމޯސް ހޮކްސްޓެއިން ނަތަންޔާހޫއަށް އެފަދަ ދޮގު ނުހެދުމަށް އަންގައިފިއެވެ.

އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ނުދީ ހިފާއްޓަނީއޭ ކިޔައިގެންވެސް ނަތަންޔާހޫ ހައްދަވަނީ ދޮގުކަމަށްވެސް އެމެރިކާގެ ވަރަށް އިސް އޮފިޝަލަކު ސީ އެން އެން އަށް ކިޔާދީފިއެވެ.

ހަމަ އެބައްދަލުވުމުގައި އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު  ޖެކް ލޫ ވެސް ވަނީ ނަތަންޔާހޫ ދައްކާވާހަކަ ތެދުނޫންކަމަށް ބުނެފައެވެ. އެމެރިކާގެ ސަފީރު ބުނެފައިވަނީ މިހާރު ވަގުތީ ގޮތުން ހިފާއްޓާފައިހުރި ބިޔަ ހަތިޔާރު ޝިޕްމެންޓް ފިޔަވައި އެހެން ހުރިހާ ހަތިޔާރެއް  ކުރިންވެސް ފޮނުވަމުންދާ ގޮތަށް އިސްރާއީލަށް ފޮނުވަމުން ގެންދާ ކަމަށެވެ.                                                          

ހޮކްސްޓެއިން އާއި ނަތަންޔާހޫގެ ވާހަކަ އެންމެ ފުރަތަމަ ރިޕޯރޓް ކޮށްފައިވަނީ އެގްޒިއޯސް އިންނެވެ.

އެބައްދަލު ކުރެއްވުމުގައި އެމެރިކާ ސަރުކާރާއި އިސްރާއީލާއި ދޭތެރޭ ފަހަކަށް އައިސް އުފެދިފައިވާ ހިތްހަމަނުޖެހުން ހާމަވެގެން ދިޔައެވެ. އެމެރިކާގެ އެހެން އޮފިޝަލަކު ސީ އެން އެން އަށް ކިޔާދީފައިވަނީ ނަތަންޔާހޫގެ ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ގައްޒާ ހަނގުރާމަ ފެށުމަށްފަހު ބައިޑްން ސަރުކާރާމެދު ނަތަންޔާހޫ ހިތް ހަމަނުޖެހިގެން ކޮޅުދޮށިން ދިން ފުރަތަމަ ފަހަރެއްވެސް ނޫނެވެ.

އެކަމަކު މިފަހަރުގެ ދެބަސްވުން އުފެދިފައިމިވަނީ އިސްރާއީލާއި ހިޒްބުއްލާ އާއި ދެމެދުވެސް ޙަމަލާތައް ބަދަލުވަމުންދާ ދުވަސްވަރެއް ގައެވެ. ރައީސް ބައިޑްން އާއި ނަތަންޔާހޫވެސް ހުންނަނީ އެކަމާ ވަރަށްބޮޑަށް ފިކުރުބޮޑުވެފައެވެ.                    

މި ކަންބޮޑުވުންތަކާއި ހުރެ މިދިޔަ ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފާއޮތް އެމެރިކާއާއި އިސްރާއީލުގެ ސްޓްރާޓީޖިކް ކޮންސަލްޓޭޓިވް ގްރޫޕުގެ ބައްދަލުވުންވެސް ވަނީ ފަސްކޮށްފައެވެ.

އެ ބައްދަލު ވުމުގައި އެންމެ މުހިންމު އެޖެންޑާއަކަށް ކަޑައަޅާފައި އޮތީ އީރާނުގެ މައްސަލަކަމަށް އެމެރިކާގެ ވަރަށް އިސް އޮފިޝަލަކު ސީ އެން އެން އަށް ވަނީ މަޢުލޫމާތު ދީފައެވެ. އެ ބައްދަލުވުން ފަސްކުރެވުނީ ނަތަންޔާހޫ ދެއްކި ވާހަކާ ގުޅިގެންކަމަށް އެ އޮފިޝަލް ސީ އެން އެން އަށް ކިޔާދިން ވާހަކަތައް ބައިޑްން އެޑްމިނިސްޓރޭޝަނުން ދޮގުކުރެއެވެ.      

އެމެރިކާ ސަރުކާރާއި އަދި މަޢުލޫމާތު އެނގޭ އިސް އޮފިޝަލުންގެ ވާހަކަތައް ދިމާނުވިޔަސް ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވާ ބައްދަލުވުން މޭޒުމަތިން ނަގާފައިވަނީ ނަތަންޔާހޫ އަށް ވަރުގަދަ މެސެޖެއް ދިނުމަށް ކަމުގައި އެހެން އޮފިޝަލަކު ކިޔާދިނެވެ

އެމެރިކާގެ މި ފިޔަވަޅަކީ މީގެ ކުރިން އިސްރާއީލް- ފަލަސްތީނު ހަނގުރާމައާއި ގުޅޭގޮތުން ޔޫ. އެން.ގައި ނެގި ވޯޓުގައި އެމެރިކާއިން ހަނުހުރުމުން އިސްރާއީލުގެ ބޮޑާ ބޮޑުވަޒީރު އެމެރިކާއަށް ކުރަން އޮތް ދަތުރު ކެންސަލް ކޮށްލުމުން އެމެރިކާއިން ކަންތައްކުރާނީ އެމެރިކާ ބޭނުންވާ ގޮތަކަށޭ ބުނެ ރައްދު ދިނުން ކަހަލަ ކަމެކެވެ.                                 

މި ބައްދަލު ވުމާއި ބެހޭގޮތުން ވައިޓްހައުސްގެ އޮފިޝަލަކު އެންމެ ފަހުން ސީ އެން އެން އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އަލުން އެ ބައްދަލުވުން ބޭއްވުމާއި ބެހޭގޮތުން ވިސްނަމުން ގެންދާ ކަމަށާއި މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވެއެވެ. އަދި އިސްރާއީލުގެ ކަމާބެހޭ އޮފިޝަލުންނާއި އެކު މިނޫން އެހެން ބައްދަލުވުންތައް އިންތިޒާމްކުރެވިފައި ގޮތަށް ބޭއްވެމުން ދާކަމަށާއި ނަތަންޔާހޫ އެކިޔާއެއްޗެއް ފަހުމް ނުވާ ކަމަށެވެ. އެހެންނަމަވެސް އެއީކީ އެ ބައްދަލުވުން މިވަގުތު ނުބާއްވަން މެދުވެރިވި ސަބަބު ކަމުގައި ބުނާކަށް ނެތީމެވެ.             

ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ އެކްސްއަށް ފޮނުވާފައިވާ ވީޑިއޯ އެއްގައި މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ އެމެރިކާއިން ދިނީ ނުގޮވާ ހަތިޔާރު ތަކެއް ކަމަށާއި އިތުރު ހަތިޔާރު ދިނުމުން މަނާވެގެންފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ޙައްލުވެގެން ދާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަޢުދުވެފައިވާ ކަމަށެވެ. ބްލިންކަން އަށް މި ސުވާލު ދެންނެވުމުން ވިދާޅުވެފައިވަނީ ނަތަންޔާހޫއާއި އެކު ދެކެވިފައިވާ ޑިޕްލޯމެޓިކް ވާހަކަތައް ތަކުރާރު ނުކުރައްވާނެ ކަމަށެވެ.

އެހެންނަމަވެސް އިސްރާއީލުގެ ދިފާއަށްޓަކައި ފޯރުކޮށްދޭންޖެހޭ ކޮންމެ އެހީއެއް އެމެރިކާއިން ފޯރުކޮށް ދޭނެއެވެ. އަދި އިސްރާއީލަށް ފޮނުވަން ހަމަޖެހިފައިވާ ހެވީ ބޮމުގެ ޝިޕްމެންޓެއް ނުފޮނުވާގޮތަށް ހިފާއްޓަފައިވާ ކަމަށްވެސް ވިދާޅުވިއެވެ                              

ބްލިންކަން އިތުރަށް ވިދާޅުވެފައިވަނީ އެމެރިކާއިން ޙައްލުކުރަންޖެހޭ ތަފާތު މައްސަލަތައް ކަނޑައެޅިފައި އޮންނަ ހަމަތަކާއި އުސޫލުގެ ތެރެއިން ހިނގަމުންދާނެއެވެ. ބައެއް ކަންތަކަށް ވަގުތު ނަގާނެއެވެ. ބައެއް ކަންތައް އިސްރާއީލުން ބޭނުން ނުވާގޮތަށްވެސް ނިމިގެންދާނޭ ކަމަށެވެ.                                 

Loading

2 Responses

  1. ތި ދެބައި މީހުންގެ ތެރެއަކު ތެދުހާނެ އެއްބަޔަކުވެސް ނެއް ތީހުސް ދޮގުވެރިން

  2. ނަތަންޔަހޫ އަކީ އެމެރިކާގެ އުފެއްދުމެއް އަދި ޓެރެރިސްޓް ނަމްބަރ
    1އިޒްރޭލަށްވުރެވެސް ބޮޑަށް އަސްލު ރުޅިގަދަވާންވީ އެމެރިކާގެ ސަރުކާރުދެކެއެވެ. އެހެނަސް އެމީހުން ކޯޓް ފަޓްލޫނުލައިގެން އައިސް ބައްދަލުކުރީމާ ދިވެހި ރައްޔަތުންގެ ޚާދިމުން ތިބެނީ 32 ދަތް ދިލުވައިގެން ވަރަށް ބޮޑޭ ވެފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް