މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ ނަމުގައި ހަދާފައިވާ ފޭކް ފޭސްބުކް އައިިޑީއަކުން އެކި މީސްމީހުންނަށް މެސެޖުކުރަމުންދާތީ ސަމާލުވުމަށް އެ ކުންފުނިން މިއަދު އެދިއްޖެއެވެ.
އެމްޕީއެލްއިން މިކަމަށް އެދުނީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.
އެ ކުންފުނިން ބުނީ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމްގެ ނަމުގައި ފޭކް ފޭސްބުކް އެކައުންޓެއް ހަދައި، އެ އެކައުންޓް މެދުވެރިކޮށް އެކި ފަރާތްތަކަށް މެސެޖު ކުރަމުންދާ ކަމަށެވެ.
“ވީމާ މިކަމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އެދެން.“ ޕޯސްޓުގައި އެދިފައިވެއެވެ.

އެމްޕީއެލްގެ ސީއީއޯގެ ނަމުގައި ފޭކް އައިިޑީއެއް ހަދައި އެކި ފަރާތްތަކަށް މެސެޖުކުރަމުންދާއިރު ފަހަކަށް އައިސް މަކަރާއި ހީލަތުގެ މިފަދަ މައްސަލަތައް ވަނީ އިތުރުވެފައެވެ.
ފޮޓޯ: އެމްޕީއެލް