ބުރިޖު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބިދޭސީއަކު މަރުވި މައްސަލަ ބަލަނީ

Loading

Facebook
Twitter
WhatsApp

ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބިދޭސީއަކު މަރުވި މައްސަލަ ބަލަން ފަށައިފިއެވެ.

މި ބިދޭސީ މީހާ މަރުވީ މިދިޔަ ހޯމަ ދުވަހުގެރޭގައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިދިޔަ ހޯމަދުވަހުގެރޭ ތިލަމާލެ ބުރިޖު ސައިޓުގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ރައްޔިތެއް ނިޔާވެފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިނިސްޓްރީން ބުނީ ސިނަމާލެ ބްރިޖު މަރާމާތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހަކު މަރުވި ކަމަށް ބައެއް ނޫސްތަކުގައި ޝާއިއު ކޮށްފައިވާ ޚަބަރުތަކަކީ ސައްހަ ނޫން ޚަބަރުތަކެއް ކަމަށެވެ.

އެ މީހާއަކީ ތިލަ މާލެ ބުރިޖްގެ މަސައްކަތުގައި އުޅުނު މީހެއް ކަމަށް ފުލުހުން ވެސް މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ.

އެ މީހާ ބުރިޖުގެ މަސައްކަތުގައި އުޅެނިކޮށް ހޮސްޕިޓަލަށް ގެންދިޔައީ އޭނާ އަނބުރައިގަނެގެން ވެއްޓުމުންނެވެ. ޓްރީޓޮޕް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފޮޓޯ: މިހާރު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް