ރާއްޖޭގެ ދެކުނުން 680 މޭލުގައި ހުރި ކޯބަލްޓް ފަރުބަދަ ތަހުލީލު ކުރަން އިންޑިއާއިން ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

އިންޑިޔާއާއި 840 މޭލު ދުރުގައި ކަނޑު އަޑީގައި ހުރި ކޯބަލްޓް ފަރުބަދަ ތަހުލީލު ކުރަން އިންޑިއާއިން ހުށަހަޅައިފިއެވެ.

މި ފަރުބަދަ ހުންނަނީ ރާއްޖޭގެ ދެކުނުން 680 މޭލު ދުރުމިނުގައެވެ.

މި ފަރުބަދަ ތަހުލީލުކުރަން އިންޑިއާއިން ވަނީ އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓީ (އައިއެސްއޭ) އަށް ހުއްދައަށް އެދި ހުށަހަޅާފައެވެ.

އެކަން ހާމަކޮށް އެ އިދާރާއިން ބުނީ ހުއްދަ އަށް އެދި 500,000 އެމެރިކާ ޑޮލްރުގެ ޑިޕޮސިޓެއް އިންޑިޔާ އިން ދައްކާފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ ’އަފަނަސީ ނިކިޓިން‘ ނަމުން ނަން ދީފައިވާ އެ ސީ މައުންޓް ނުވަތަ ފަރުބަދައެއް ގޮތަށް އުފުލިފައިވާ ސަރަހައްދު ބަލައި ދިރާސާ ކުރުމުގެ ހުއްދަ އިންޑިއާއަށް ދިނުމުގެ ކުރިން އެ ސަރަހައްދުގެ އިހުތިޞާޞް ފުށޫ އަރާ އިތުރު ގައުމަކާ ވާހަކަ ދައްކަންޖެހޭ ކަމަށެވެ.

މި ފަރުބަދަ ދިރާސާ ކުރަން އިންޑިއާއިން ހުށަހެޅީ 15 އަހަރުގެ މުއްދަތަކަށެވެ.

މި މުއްދަތުގެ ތެރޭގައި ޖިއޯފިޒިކަލް, ޖިއޮލޮޖިކަލް, ބައޮލޮޖިކަލް, އޯޝަންގަރެފިކް އާއި ތިމާވެށްޓާ ގުޅުން ހުރި ތަހުލީލުތައް ކުރަން ވަނީ ހުށަހަޅާފައެވެ.

އިލެކްޓްރިކް ވެހިކަލް ތަކާއި ގްރީން އެނާޖީއަށް ބޭނުންވާ މުހިންމު މައުދަނެއް ކަމަށް ވާ ކޯބަލްޓާއި ނިކެލް އަދި މެންގަނީޒް އާއި ކޮޕާ ހިމެނޭ މި ފަރުބަދަ އަކީ 1158 މޭލަށް ފެތުރިފައިވާ ބޮޑު ފަރުބަދައެކެވެ.

Loading

2 Responses

  1. ތިޔަ ފަރުބަދައިގެ ފިފްޓީ ޕަސެންޓަކީ ދިވެހިންގެ ބައެއް އަދި އަނެއްބައި ލަންކާ އަށް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް