ޗައިނާގެ ބަދިގެފަރާތުގައި އެމެރިކާއަކީ ބާރެއްނެތް ސުޕަރޕަވަރ

Loading

Facebook
Twitter
WhatsApp

ކިއުންތެރިންނަށް މި ގެނެސްދެނީ ދަ ނިއު ޔޯރކް ޓައިމްސް ގައި ޝާއިއު ކޮށްފައިވާ ރިޕޯރޓެކެވެ. މީގައި ސަންދާނުން ދެކޭގޮތް ނުވަތަ ސަންދާނުގެ ރައުޔެއް ހާމަކޮށްފައެއް ނުވާނެއެވެ. ސަންދާނުގެ ކިއުންތެރިން މިކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.
ޔޫކްރެއިން އަދި ގައްޒާއާއި މާދުރުގައި ދުނިޔޭގެ އެންމެ މުއްސަނދި ކަމަށްބުނާ 7 ގައުމުގެ ވެރިން އިޓަލީގައި ބައްދަލުކޮށް އެގައުމުތަކަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާބެހޭގޮތުން މަޝްވަރާ ކުރަމުން އެބަ ގެންދެއެވެ.


އޭގެތެރޭގައި އޭޝިޔާއާއި ޕެސިފިކް ސަރަހައްދަށްވެސް އެމެރިކާގެ ނުފޫޒާއި ބާރު ކުރިއަށްއޮތް އެތައް ސަތޭކަ އަހަރަކަށް ތަންފީޒުކުރެވެމުން ދިއުންވެސް ހިމެނިފައިވެއެވެ. އެހެންނަމަވެސް އެ ނުފޫޒާއި ބާރު ހިންގުމަކީ ކުރެވިދާނެކަން އެމެރިކާއަށްވެސް އަންދާޒާކުރެވޭހެން ހީ ނުވާކަހަލައެވެ. “ ކަލޭމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އަހަރެންމެނަށް އިތުބާރު ކުރާށެވެ.
އަހަރެމެންނަކީ ސުޕަރ ޕަވަރ އޭ “ ބުނަން އެމެރިކާއިން ފަހަތުފަޔަށް ބުރަވާހެން ހީވެއެވެ. އެ ސަރަހައްދު މާބޮޑެވެ. ޗައިނާގެ ބާރު މާ ގަދަވެއްޖެއެވެ.


ޗައިނާއަކީ އެމެރިކާއަށް ގޮންޖެހުމަކަށް ވެއްޖެއެވެ. ނަތީޖާއަކަށް މިވީ އެމެރިކާގެ ބަސްމަގު ބަދަލު ކޮށްލުމެވެ. “ ކަލޭމެންގެ މިލިޓްރީއާއި ޓެކްނޯލޮޖީ ޒަމާނާއެއްގޮތަށް އަހަރެމެން ބަދަލުކޮށްދޭނަމެވެ ”.
މާޒީގައި އަހަރެމެންގެ ތަޖްރިބާކާރުން ބުނަމުންގެންދިޔައީ އިންޑޯ-ޕެސިފިކްގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި އަހަރެމެންގެ މިލިޓްރީ މަގާމުތައް ގާއިމްކުރެވޭނެއެވެ. މިއަދު އަހަރެމެންނަށް ފެންނަނީ އެހެން މަންޒަރެކެވެ. ސިންގަޕޯރުގައި އޮތް ޑިފެންސް ކޮންފަރެންސެއްގައި ވާހަކަދައްކަމުން ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ވިދާޅުވިއެވެ.


މި ޒަމާނުގައި އެމެރިކާގެ އެހީއާއިއެކު ގިނަގައުމުތަކުން ގެންދަނީ އެ ގައުމުތަކުގެ ފުއްދުންތެރިކަމުގައި ތަފާތު ގިނަ ލަނޑުދަނޑުތަކެއްކާމިޔާބު ކުރަމުންނެވެ. ފުރަތަމަ ފަހަރަށް އެމެރިކާއިން މިގެންދަނީ އޮސްޓްރޭލިޔާއާއިއެކު ނިއުކްލިއަރުން ދުއްވާ ސަބްމެރިން ތައްޔާރު ކުރަމުންނެވެ.
ހަމައެއާއެކު ދެކުނު ކޮރެއާގެ ނިއުކްލިއަރ މަޝްރޫއުގައިވެސް ބައިވެރި ވަމުންނެވެ. އިންޑިއާއާއިއެކު ފައިޓަރޖެޓް އިންޖީނު އުފައްދަމުންނެވެ. ޕެސިފިކްގެ ކުދި ޖަޒީރާ ގައުމުތަކުގެ މެރިޓައިމް ފާރަލުންތައް ރާވައި ހިންގާ ދެމުންނެވެ. ޖަޕާނުން ހަނގުރާމައިގެ މައިދާންތަކުގައި ހަމަލާދިނުމުގެ ގާބިލުކަން އިތުރު ކޮށްދެމުންނެވެ.


ފަރުދާގެ ފުރަގަހުގައި ތިބެގެން އެމެރިކާގެ ތަޖްރިބާކާރުންގ ެންދަނީ އެކުވެރި ގައުމުތަކުގެ މުއާސަލާތީ ގުޅުންތައް ރައްކާތެރި ކޮށްދެމުންނެވެ. ދެކޮޅުވެރިކަން އުފެދިގެން އުޅޭ ޙާލަތުތަކުގައި ބައިވެރިންނަށް ބޭނުންވާނެ ތަމްރީނާއި ހަތިޔާރު ފޯރުކޮށްދެމުންނެވެ. އަދި އެ ޙާލަތުގައި ހޮސްޕިޓަލްތަކަށް ބޭނުންވާ ލޭ ފޯރުކޮށް ދެމުންނެވެ.
އެމެރިކާއިން ފޯރުކޮށްދޭ މިބާވަތުގެ ގިނަ އެހީތަކުގެ އަލީގައި ދިރާސާކުރާއިރު ޗައިނާގެ ބާރުގަދަ ކުރަމުން ގެންދާ މިލިޓްރީގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުން ތިބެނީ އިންތިހާއަށް ކަންބޮޑުވެފައެވެ. ޗައިނާއިން ތައިވާނަށް ދެމުންގެންދާ އިންޒާރާއި އިންޑިއާއާއި ގުޅޭ ސަރަހައްދުން ބިންފޭރުމާއި ދެކުނު ޗައިނާ ސީގެ ބޮޑު ސަރަހައްދެއް ޗައިނާގެ ބާރުގެ ދަށަށް ގެންދިއުން މިސާލެއްގެ ގޮތުގައި އައުސްޓިން ފާހަގަ ކުރެއްވިއެވެ.


ގައުމުތަކުން މިހާރު ބޭނުންވަނީ ހަތިޔާރު ގަތުމުގައި ޗައިނާގެ މައްޗަށް އެމެރިކާ އިޚްތިޔާރު ކުރަންހެއްޔެވެ. ނުވަތަ ކޮންމެ ގައުމަކުންވެސް ބޭނުންވަނީ ބާރުގަދަ ގައުމުތަކުން ވީއްލިގެންތިބެ އެބައެއްގެ އަމިއްލަ ފައިމައްޗަށް ތެދުވަން ހެއްޔެވެ؟
މިއީ ވެސް އައުސްޓިން ގެ ވާހަކަފުޅުގައި ކުރެއްވި ސުވާލެކެވެ.
ދިފާއީ ވަޒީރު ލޯއިޑް އައުސްޓިންގެ ވާހަކަފުޅާ ގުޅިގެން އެ ބައްދަލުވުމުގައި އެކި ގައުމުތަކުން ބައިވެރިވެ ވަޑައިގެންނެވި ސަތޭކައަށްވުރެން ގިނަ މަންދޫބުން ގެ ވިސްނުންފުޅު ހާމަކުރެއްވުމުގައި ވިދާޅުވެފައިވަނީ ހަމަކަށަވަރުންވެސް އިންޑޯ-ޕެސިކް ސަރަހައްދުގައި މިހާތަނަށް އެމެރިކާއިން ކުޅެމުންގެންދިޔަ ބާރުގަދަ ރޯލު ކުރިއަށް އޮތްތަނުގައި އެގޮތަށް ކުރިއަށް ނުދާނެކަމަށެވެ.

ސިޔާސީ މަގާމުތަކަށް ކޮންމެފަދަ ބޭފުޅުން ހޮވި ވަޑައިގަތަސް އިރާގާއި އަފްޣާނިސްތާނު ފަދަ ގައުމުތަކުގައި ގައި ކުރެވިގެންދިޔަ ހަނގުރާމަތަކަށް ރިޢާޔަތްކޮށް އެގައުމުތަކަށް މެދުވެރި ކޮށްފާމިއޮތް ނިކަމެތިކަން ހަނދާން ނައްތައެއް ނުލައްވާނެއެވެ. ކުރިއަށް އޮތް މުސްތަގްބަލްގައި އިންތިޚާބުކުރެވޭ އެއްވެސް ލީޑަރކު ގައުމުގައި އުފެދޭ ދެކޮޅުވެރިކަން ހައްލުކުރުމަށްޓަކައި ބާރުގަދަ ގައުމުތަކަށް އެފުރުސަތު ނުދޭނެއެވެ.
ނަތީޖާ ފެނި ކަށަވަރު ވެފާ އޮތީމައެވެ. އަދި މިވިސްނުމުގައި ޗައިނާގެ ނުފޫޒާއި އިގްތިސާދީ ހަންފެތުރުމާއި ކުރިއަރަމުންދާ އުފެއްދުމާއި މިބާވަތުގެ ހުރިހާ ކަމަކަށްވެސް އެބޭފުޅުން ރިޢާޔަތް ކުރައްވާނެއެވެ.
އެމެރިކާގެ ސިޔާސަތުވެސް މިރޮނގުން ބަދަލުކުރަމުން ގެންދާތަން އެބަ ފެނެއެވެ. މީގެ ކުރިން އެމެރިކާއިން ގެންގުޅުނު ގޮތް ދޫނުކުރުމުގެ ސިޔާސަތުވެސް ކޮންވެސްވަރަކަށް ބަދަލުވަމުން ދާތަން އެބަ ފެނެއެވެ. އެމެރިކާއަކީ ދުނިޔޭގެ ސަލާމަތާ ރައްކާތެރިކުގެ ކިއްލާކަމަށް ދުނިޔޭގެ ލީޑަރުން މިހާރު ގަބޫލެއް ނުކުރައްވައެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔޭގެ އިގްތިސާދުގައި އެމެރިކާއިން ކުޅެމުންއައި ރޯލު މިހާރު އޭގެ ދެބައިކުޅަ އެއްބަޔަށްވުރެންވެސް ކުޑަ ވެއްޖެއެވެ.
އޭޝިޔާގެ ބައެއް ގައުމުތަކުގެ އަމިއްލަ އިގްތިސާދީ ފުދުންތެރިކަމާއި އަދި ޗައިނާގެ އިގްތިސާދު ދުނިޔޭގެ ބާޒާރުގައި %35 ހިއްސާ ކުރުމަކީ އެމެރިކާގެ އިގްތިސާދީ ބާރު ކެނޑެމުންދިއުމުގެ ހަގީގަތެވެ.

ޗައިނާއިން ދުނިޔޭގެ ބާޒާރުގައި ކުރާ %35 ގެ ހިއްސާއަކީ މިހާރު އެމެރިކާއިން ދުނިޔޭގެ އިގްތިސާދީ ބާޒާރުގައި އަދާކުރަމުންގެންދާ ޙިއްސާގެ ތިންގުނަ އިތުރު މިންވަރެކެވެ. ޗައިނާގެ އިތުރުން އިންޑިއާ ޖަޕާން ދެކުނު ކޮރެއާގެ އިގްތިސާދީ ފުދުންތެރިކަންވެސް ފާހަގަކުރަން ޖެހެއެވެ.
މިލިޓްރީގޮތުން އެމެރިކާއަކީ އަދިވެސް ނަންބަރު 1 ކަމުގައި ބުނެވިދާނެއެވެ. އެކަމަކު އިންޑޯ-ޕެސިފިކަށް އަމާޒުކޮށްގެން ޗައިނާއިން ބާރުގަދަކުރަމުންގެންދާ މިލިޓްރީއާ ދޭތެރޭ ވިސްނާލަން ޖެހެއެވެ.
ޗައިނާގެ ކަނޑު ސިފައިންގެ އުޅަނދުފަހަރު އެމެރިކާއަށް ވުރެން ގިނަ ކޮށްފިއެވެ. ހައިޕަރސޯނިކް ހަތިޔާރުގެ ގޮތުން ޗައިނާ އުޅެނީ އެމެރިކާއަށްވުރެން މާ ކުރީގައެވެ. އަދި މިލިޓްރީގެ އުފެއްދުންތަކަށް އެތައް ފެކްޓްރީތަކެއް ޗައިނާގައި ތައްޔާރުކޮށްފާއެބަހުއްޓެވެ.
ސިޔާސީގޮތުން ބަލާއިރުވެސް އެމެރިކާގެ ޑިމޮކްރެސީ މިހާރު ތަފާތު ވެއްޖެ ކަމުގައި ބުނަންޖެހެއެވެ. ރައީސް ތަސްދީގު ކުރައްވަންޖެހޭ ގާނޫނުތައް މަދުކޮށްފިއެވެ.
ކޮންމެ އަހަރެއްގެ ބަޖެޓަށް އިދިކޮޅު ޕާރޓީގެ ފިއްތުން ބޮޑުވެ ކޮންމެހެންސަރުކާރުން އެހީފޯރުކޮށދޭން ބޭނުންވާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުވައި ރައީސް ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ކުރު ކޮށްލައްވައި އެނބުރި ގައުމަށް ވަޑައިގަންނަވަންޖެހޭ ހިސާބަށް ދުއްވާލައިފިއެވެ.
ރިޕަބްލިކަނުން ދެކޭ ގޮތުގައި އެމެރިކާއަކީ މުޅިދުނިޔޭގެ ދޮންބަފާ ކަމުގައިވާކަށް ނުޖެހެއެވެ. ހަމަ އެއާއެކު އޭޝިޔާގައި ބަދަލުވަމުންދާ ޕަވަރ ޑައިނަމިކްސް ގައި އެމެރިކާއިން އަދާކުރަންޖެހޭނެ މިންވަރަކާބެހޭގޮތުން ދެ ޕާރޓީގެ ދެމެދުގައި ކުރެވެމުންދާ ބަހުސްތައްވެސް އެއްބަސްވުމަކަށް އަންނަން ޖެހެއެވެ.
މިއީ ހަމައެކަނި މިހާރަކު އުފެދިގެންއުޅޭ ހާލަތެއް ނޫނެވެ. ރައީސް ބަރަކް އޮބާމާގެ ރިޔާސަތުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ކަމުގައި ހުންނެވި ޖެނެރަލް ޖޭމްސް އެލް. ޖޯންސް ބުނެފައިވަނީ މި ދެބަސްވުންތައް އުފެދިގެން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ.
އޮބާމާގެ ރިޔާސަތުގައި އޭޝިޔާ އެމެރިކާގެ ކޮޅަށް ލަންބާލާނެކަމަށްވީ ވައުދުތައް ދިޔަތަނަކަށް ދިޔައީއެވެ. ޓްރަމްޕުގެ ރިޔާސަތުގައި ޓްރާންސް-ޕެސިފިކް މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލުމުން ބައެއް ގައުމުތަކުން ގަބޫލުކުރަން މަޖުބޫރުވީ އެމެރިކާއަށް ބެއިޖިންގ އާ އެއްފެންވަރުގައި ހިފާއްޓާނުލެވޭނެކަން ގަބޫލުކުރީ ކަމަށެވެ.
ސަބަބަކީ ޗައިނާއަކީ އިންޑޯ-ޕެސިފިކް ވިޔަފާރީގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައި ބަލާގަނެފައިވާކަމެވެ. އަދި އޭޝިޔާގެ ގިނަ ގައުމުތަކަކުން އެމީހުން ބޭނުންވާތަކެތި އުފައްދަން ފެށުމާއެކު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ވަރުގަދަ ގުޅުމެއްވެސް ގާއިމް ކޮށްފައިވާތީއެވެ.
އެހެންނަމަވެސް އެމެރިކާގެ ދިފާއީ ޓެކްނޯލޮޖީއަށް މިހާރުވެސް އޭޝިޔާގެ ބައެއް ގައުމުތަކުން ބޭނުން ވެއެވެ. ހަމަމިއާއެކު އޭޝިޔާގެ ގިނަ ގައުމުތަކަކުން އެމީހުންގެ ދިފާއުވެސް އަމިއްލައަށް ރާވައި ހިންގުމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭކަންވެސް ދަނީ ހާމަވަމުންނެވެ. ދާދި ފަހުން ސިންގަޕޯރުގައިއޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފިލިޕީންސްގެ ރައީސް ފަރޑިނާންޑް މާރކޯސް ޖޫނިއަރ ބުނެފައިވެއެވެ.
އެމެރިކާއިން ފިލިޕީންސްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށްވުރެން އަހަރެމެންގެ ކަންތައް އަހަރެމެން ކުރާގޮތަށް އޮތުން މާރަނގަޅުވާނެއެވެ. އެމެރިކާއަކީ ދިފާއީގޮތުން ފިލޕީންސަށް ވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ.
ފަހަކަށް އައިސް ޖަޕާނުން ނަގާފައިވަނީ މާކުރު ޔޫ-ޓާރނެކެވެ. މިލިޓްރީ ބަޖެޓް އިތުރު ކުރުމާއި އޮސްޓްރޭލިއާ އާއި އަދި އެހެން ގައުމުތަކާއި އެކު ދިފާއީ އެއްބަސްވުންތައް އެކުލަވާލުން ހިމެނެއެވެ. ޓޯކިޔޯއިން މިހާރު ބޭނުންވަނީ ސަރަހައްދުގެ ސަލާމަތާ ރައްކާތެރި ކަމުގައި އިސް ދައުރެއް އަދާކުރާށެވެ. އުސޫލެއްގެ ގޮތުން އެމެރިކާއިން ޓޯކިޔޯޗގެ މި ފިޔަވަޅުތަކަށް މަރުޙަބާ ކިޔަމުންގެންދިޔަކަމުގައިވިޔަސް އެމެރިކާއިން ހިތްހަމަޖެހެއެކޭ ނުބުނެވޭނެއެވެ. މިދިޔައަހަރު އެމެރިކާގެ އެއާރފޯސްއާ ގުޅިގެން ޖަޕާނުން ގުއާމްގައި ބޭއްވި ތަމްރީނު ޕްރޮގްރާމެއްގައި ޖަޕާނުގެ ކޮމާންޑަރ ބެނެފައިވަނީ “ އަހަރެމެންގެ އަވަށްޓެރިން ބޭނުންވަނީ މި ސަރަހައްދުގައި އަހަރެމެން އަދާކުރަމުން ގެންދާ ދައުރު މިހާރަށްވުރެން ފުޅާކުރާށެވެ ”.
އެހެން ޢިބާރާތަކުން ބުނާނަމަ އެމެރިކާއިން އަދާކުރަމުންގެންދާ ދައުރަށް މުސްތަގްބަލްގައި ޖާގައެއް ނެތެވެ. މިއަދުގެ އެމެރިކާއެކޭ މީގެ ތިރީހަކަށް އަހަރު ކުރީގެ އެމެރިކާއެކޭ އެއްވެސް ތަފާތެއް ނެތެވެ. އެމެރިކާގެ ރައީސަކަށް ކޮންމެ ބޭފުޅަކު ވަޑައިގަތަސް އެމެރިކާ އަކަށް މިސަރަހައްދުގައި މުސްތަގްބަލެއް ނެތެވެ.
ދުނިޔޭގެ ލީޑަރުންގެ މި ޝައްކު އެމެރިކާގެ ލީޑައުންނަށްވެސް އެނގެއެވެ. އެކަމަކު އެމެރިކާގެ ބައެއްލީޑަރުންގެ ބޯހަރުކަމުން އެ ހަގީގަތް ގަބޫލުކުރަން ބޭނުން ނުވަނީއެވެ. މިވާހަކަތައް އަޑުއިވުމުން ދެލޮލަށް ލުބޯހުތް އެޅުން އިހްސާސް ކުރަންޖެހުނަސް މައިތިރިވުމުގެ ވިސްނުމެއް އެބޭފުޅުން ނުގެންގުޅެއެވެ.
ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ ބާރު ކެނޑެމުންދާ މިންވަރު އެންމެ ރަނގަޅަށް އެނގިގެންދަނީ ފަހަކަށް އައިސް ޕެންޓަގަން އަދި ޚާރިޖީ ވުޒާރާގެ ބަސްމަގު މައިތިރި ވަމުން ދާކަން ފާހަގަކުރެވިފައި ވާތީއެވެ. މިދިޔަ އަހަރު ސެޕްޓެމްބަރ މަހުގެ ތެރޭގައި ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ދެއްކެވި ވާހަކަ ފުޅެއްގައި ހަމައެކަނި އެއްގައުމެއްގެ ޚާރިޖީ ސިޔާސަތު މުޅިދުނިޔޭގެ މައްޗަށް ނުހިންގޭންކަން ސާފު ބަހުން ވަނީ އެއްބަސްވެފައެވެ.

މިލިޓްރީގޮތުން ބޮޑެތި ބިޔަ ލަޝްކަރުތައް ގައުމުތަކުގައި ބޭތިއްބުމަކީ ޚަރަދުގެ ގޮތުން ވިޔަސް އުފުލޭވަރުގެ ބުރައަކަށް ނުވާތީ ޗައިނާއިން ކުރިއެރުން ހުއްޓުވުމުގެ ބޭނުމުގައި އޭޝިޔާގެ ގިނަ ގައުމުތަކެއްގައި އެމެރިކާގެ މަދު ސިފައިން ތިބުން އިޚްތިޔާރުކޮށް 2019 ވަނައަހަރާހަމަޔަށް ޖެނެރަލް ޑޭވިޑް އެޗް. ބާރގަރ ނިންމި ނިންމުން ރަނގަޅުކަމަށް ފެނެއެވެ.
އެހެންނަމަވެސް ސިންގަޕޯރގެ ދިފާއީ އޮފިޝަލުންވެސް މިހާރު ބުންމުންގެންދަނީ އެ ސަރަހައްދުގެ ގައުމުތަކުގެ އެއްބައިވަންތަ ކަމުގައި ކޮންމެހެން އެމެރިކާއަށް މުހިންމު މަގާމެއް އޮތުން ބޭނުމެއް ނޫންކަމަށެވެ.


ރައީސް ޖޯ ބައިޑްންގެ ރިޔާސަތުގައި ދުރު އިރުމަތީގެ ބައެއް ގައުމުތަކަށް އާދަޔާޚިލާފަށް ހެޔޮބޮޑު ވެއްޖެއެވެ. ޖަޕާނަށް ޓޮމަހައުކް މިސައިލް ވިއެޓްނާމަށް ކޯސްޓްގާރޑް އުޅަނދުފަހަރު ޕަލާއުއަށް އެއަރޕޯރޓެއް އަދި އޭޝިޔާގެ ހުރިހާ ގައުމަކަށް މިލިޓްރީ ތަމްރީނު ފޯރުކޮށްދިނުން ފާހަގަ ކުރެވެއެވެ. މި ބޮޑު ހެޔޮ ކަމުގަ ފަހަތުގައި ފޮރުވިފާ އޮތީ ކޮން ކަމެއް ހެއްޔެވެ؟
ބައެއް ތަޖްރިބާކާރުންގެ ނަޒަރުގައި އެމެރިކާއިން މިގޮތަށް ހެޔޮބޮޑުވެގެން މިއުޅެނީ ޗައިނާ އަށް އޮޅުވާލުމުގެ ބޭނުމުގައެވެ. އެކަމަކު އޭގެ ނަތީޖާއަކަށް ވެގެންދާނީ އިތުރަށް ދެބަސްވުން އުފެދިގެން ދިއުމެވެ. ބެއިޖިންގ އިން އެމެރިކާއިން މިކުރާކަންތައް ލުއިގޮތަކަށް ނުވިސްނައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް