ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Loading

Facebook
Twitter
WhatsApp

ކ.ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގީ ތިލަފުށީގައި ހުރި ”ރާއްޖެ ލޮޖިސްޓިކްސް“ ގުދަނުގައެވެ.

އެމްއެންޑީއެފްއިން ދެންމެ ބުނީ މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ މިއަދު 14:35 ހާއިރު ކަމަށާއި މި ހާދިސާގެ ރިޕޯޓް މިއަދު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ގުދަނުގައި ރޯވި އަލިފާން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވުނީ މިއަދު 15:35 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި ގުދަނުގައި ހުރި ހާޑްވެއަރ ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް