ގައުމަށް އަމާންކަން ލިބޭނީ އަމިއްލަ މަސްލަހަތުގެ ބަދަލުގައި ދީނާއި ވަތަނުގެ މަސްލަހަތު އިސްކޮށްގެން: ޢީދުގެ ޚުޠުބާ

Loading

Facebook
Twitter
WhatsApp

ގައުމަކަށް އަމާންކަން ލިބޭނީ އަމިއްލަ މަސްލަހަތުގެ ބަދަލުގައި ދީނާއި ވަތަނުގެ މަސްލަހަތު އިސްކޮށްގެން ކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނެފައިވަނީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އެ ގައުމުގެ އަހުލުވެރިންނަކީ މާތްރަސްކަލާނގެ އެއްކައުވަންތަކޮށް އާޚިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުން ކަމަށެވެ. އަދި އެކަލާނގެއަށް ބިރުވެތިވެ އެކަލާނގެއަށް ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނެކަން ގަބޫލުކުރާ ބައެއްގެ މެދުގައި ފަސާދަތައް މަދުވާނެކަމަށް ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ގައުމަަކަށް ލިބޭނެ ބޮޑު އަނެއް ނިއުމަތަކީ އެ ގައުމަކީ އަމާންކަން ލިބިފައިވާ ގައުމަކަށްވުމާއި އެ ގައުމުގެ އަހުލުވެރިންނަކީ އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށްވުންކަން ފާހަގަކޮށް ޚުޠުބާގައި ވަނީ އެ ކަންކަން އެބަޔަކަށް ހާސިލުވާނެ ގޮތް ބުނެދީފައެވެ.

“މި ކަންކަން އެބަޔަކަށް ހާސިލުވާނީ ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަވެ އެއްބައިވަންތަ ބަޔަކަށްވެގެންނެވެ. ޚިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިހުތިރާމުކޮށް އަމިއްލަ މަސްލަހަތުގެ ބަދަލުގައި ދީނާއި ވަތަނުގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. މި މަތިވެރި ދުވަހުގައި, އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަން އިސްލާމްކަންމަތީ ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އަޒުމު ކަނޑައަޅަމާ ހިންގަވާށެވެ! ދޭދޭ ގުޅުންތައް ވަރުގަދަ ކުރުމަށްޓަކައި އަތުކުރި އޮޅައިލުމަށް ހިންގަވާށެވެ!

ޚުޠުބާގައި ވަނީ އިސްލާމްދީނުގެ ސަބަބުން މީސްތަކުންނަށް އިއްޒަތް ދެއްވިކަން ފާހަގަކޮށްފައެވެ. ނަމަވެސް މިއަދު މުސްލިމުން ވަނީ ވަރަށް ނިކަމެތިވެފައިކަން ވެސް ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން މި މަތިވެރި ދުވަހު އިސްލާމީ އުންމަތް ބިނާކުރުމަށް އަޒުމު ކަނޑައެޅުމަށް ޚުޠުބާގައި ގޮވާލައިފައިވެއެވެ.

ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް