ދަރުބާރުގޭ ކައިރީގައި ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެ ފަރުވާދެނީ

Loading

Facebook
Twitter
WhatsApp

ދަރުބާރުގޭ ކައިރީގައި މިރޭ މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދަރުބާރުގޭ ކައިރީގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓް ލިބުނީ މިރޭ 22:30 ހާއިރު ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި މީހަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މެސެޖުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް