ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަނީ ޖޭއެސްސީ އިސްލާހުކޮށް, މެންބަރުންގެ އަދަދު ހިފަހައްޓަން: ސަރުކާރު

Loading

Facebook
Twitter
WhatsApp

ގާނޫނުއަސާސީ އިސްލާހުކުރުމާގުޅޭ ބިލެއް ހުށަހަޅަން ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ އޮނިގަނޑު ބަދަލުކޮށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ މިއަހަރުގެ ދެވަނަ ދައުރުގައި 37 ބިލެއް ފޮނުއްވަން ސަރުކާރުން ވަނީ ނިންމާފައެވެ.

އެ ބިލުތަކުގެތެރޭގައި ގާނޫނުއަސާސީ އިސްލާހުކުރުމާގުޅޭ ބިލެއް ހިމެނެއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ އެ ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ އޮނިގަނޑު ބަދަލުކޮށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުން ހިމެނޭ ކަމަށެވެ.

މީގެއިތުރުން ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިތުރު އިސްލާހުތަކާ ގުޅޭ ގޮތުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ހީނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް